އެމްއެޗްއޭގެ އާ މާޓު ހުޅުވީ އަލިކިލޭގެފާނު މަގުގައި.
27 މެއި 2025 - 13:32
އެމްއެޗްއޭ އިން ބެރީ ކޮންޕެނީގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި އެވެ.
ބެރީ ކޮމްޕެނީ އަކީ ތާޒާ މޭވާއިން އެކި ބުއިންތައް އުފައްދާ، ޔޫކޭގެ މަޝްހޫރު ބްރޭންޑެކެވެ. ބެރީ ކޮމްޕެނީގެ އުފެއްދުންތަކަކީ ސުޕާފްރުޓް އިން އުފައްދާފައިވާ ގުދުރަތީ ވިޓަމިންތަކާއި އެންޓިއޮކްސިޑެންޓްސް އެކުލެވޭ ބުއިންތަކެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރާ ބުއިންތަކެކެވެ. މިއީ ގުދުރަތީ ވިޓަމިންތަކާއި އެންޓިއޮކްސިޑެންޓްސް އެކުލެވޭ، އާޓިފިޝަލް ކުލަ އަދި ޕްރިޒަވޭޓިވްސް ނުހިމެނޭ ބުއިންތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިއީ އިތުބާރުކުރެވޭ، ސިއްހަތަށް ފައިދާހުރި ބުއިމެއްގެ ގޮތުގައި ބަލައިގެންފައިވާ ބުއިމެކެވެ.
އެމްއެޗްއޭއިން ބެރީ ކޮމްޕެނީގެ ގިނަ ބުއިންތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި އަސާއީ ބެރީ ޖޫސް، ބްލޫބެރީ ޖޫސް، ކްރެންބެރީ ޖޫސް، ޕޮމެގްރެނޭޓް ޖޫސް، ގޯޖީ ބެރީ ޖޫސް، ސުޕާބެރީ ޕާޕަލް ޖޫސް، ސުޕާބެރީ ރެޑް ޖޫސް، އޮރެންޖް ޖޫސް، ޕްރެސްޑް އެޕަލް ޖޫސް އަދި އެގްޒޮޓިކް ޕައިނެޕަލް ޖޫސް ހިމެނެ އެވެ.
އެމްއެޗްއޭ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ވިޔަފާރި ކުރާތާ 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ދިވެހިންގެ މެދުގައި މަގުބޫލު ޑޭޓް ކްރައުން ކަދުރާއި މެގީ ނޫޑްލްސް އާއި ހާގެންޑާޒް، ލަންޑަން ޑެއިރީ އަދި ނެސްލޭ އައިސްކްރީމާއި ފިލްބަރީ ބްރޭންޑުގެ ރޮށި, ފަރާޓާ އަދި ނާން އާއި ޑރ. އޮޓްކާގެ ފްރޯޒަން ޕިއްޒާ ފަދަ އެކި އުފެއްދުންތައް ވިއްކާ ފިހާރަ އެކެވެ. އެމްއެޗްއޭގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލެ 1 އަދި 2 ގައި ވެސް ހުރެ އެވެ.
އެމްއެޗްއޭއިން ކަސްޓަމަރުންނަށް ހާއްސަކޮށް ލޯޔަލްޓީ ޕްރޮގުރާމެއް އަންނަނީ ހިންގަމުންނެވެ. އެ ލޯޔަލްޓީ ޕްރޮގުރާމްގައި ބައިވެރިވުމަށް އެ ކުންފުނީގެ ފިހާރައަކުން ވިޔަފާރިކުރުމަށް ފަހު ކައުންޓަރަށް ފޯނު ނަމްބަރު ދިނުމުގެ ރަޖިސްޓްރީކުރާނެ އެވެ. އެކުންފުނީގެ ފިހާރައަކުން ވިޔަފާރި ކުރާއިރު، ނަމްބަރު އަނެއްކާ ވެސް ދިނުމުން އެއަށް ޕޮއިންޓު ދޭނެ އެވެ. ޕޮއިންޓު ލިބުނު ވަރު، ވިޔަފާރިކޮށް ނިމުމުން ކަސްޓަމަރަށް އެސްއެމްއެސްއަކުން ފޮނުވާނެ އެވެ. އެމްއެޗްއޭއިން ލޯޔަލްޓީ މެމްބަރުންނަށް ހާއްސަކޮށް އެކި ޕްރޮމޯޝަންތައް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy