ރައީސް ޑރ. މުހައްމަދު މުއިއްޒު--
07 ޖޫން 2025 - 14:37
ކޮންމެ ދުވަހަކު ކައި އުޅޭ ކާނާއަކީ ރައްކާތެރި ތަކެއްޗަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މިއަދު ފާހަގަކުރާ އެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ދުވަހެއްގެ ވެސް ދިރިއުޅުމާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
އެއީ އާންމު ސިއްހަތާއި އިގްތިސާދީ ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ކައި އުޅޭ ކާނާއަކީ ރައްކާތެރި އަދި ހަށިގަނޑަށް ފައިދާހުރި ކާނާއަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
On #WorldFoodSafetyDay, it is important to remember that food safety is a daily concern that affects every single one of us. It is the bedrock of public health and economic resilience. This year’s theme, "Food safety: science in action," highlights the importance of scientific… pic.twitter.com/8BskBnPZAE
— Dr Mohamed Muizzu (@MMuizzu) June 7, 2025
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރު، "ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން" އަށް އިޝާރާތް ކުރައްވައި، އެމަނިކުފާނު ވިދާޅުވީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް ސައިންޓިފިކް ދިރާސާތައް ކުރުން ވަރަށް މުހިންމު ކަމަށެވެ.
މާލޭގައި ބިދޭސީން ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ މައްސަލަތަކެއް ފެންމަތިވެފައިވެ މިދިޔަ އަހަރު ވަނީ ކާބޯތަކެއްޗާ ބެހޭ ގަވާއިދެއް އެކުލަވާލައިފަ އެވެ. އޭގެ ދަށުން ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތި ޓެސްޓު ކުރުމާއި ގޭގައި ހަދައިގެން ވިއްކާ ތަކެތީގެ ރައްކާތެރިކަން ވެސް ބަލަން ޖެހެ އެވެ.
އޭގެ ދަށުން އެ ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ދޭނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައިގެން 10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
10 June 2025
ޖޫރިމަނާއާއި ވެމްކޯގެ ފީތަކުން ރައްޔިތުންފެލާގެން ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތަކަށް ލިބެންޔާމުން ލިބޭނެ
ދސަފދ
08 June 2025
އާމްދަނީގެ ބޮޑު ބައި (80% ކުލި ދެއްކުމަށް ހަރަދުކޮއްފަ ދެން ބާކީވާއެއްޗަކުން މިޖެހެނީ 19.5 ޑޮލަރައް އިންޮޕޯޓް ކޮއްފަ ހުރި އަގު ބޮޑު ތަރުކާރީ ކެވޭނެބާ؟ އަނެއްކާ މިހާރު އާސަންދަ ލިބެނީއެއް ނޫން.
ނަ
08 June 2025
ރާއްޖެޔަށް އެދެރެކުރަމުންދާ ނަޖިސްބިސް މީ ހައްލުކުރަން ނޭގުނުކަމެއް، ދުނިޔޭގެ އެއްވެސްގައުމަކުން ފިހާރަ ތަކުގަ އެތެރެ ކުރުން މަނާ ނަޖިސް ބިސް އެތެރެކޮށްގެން އަހަރެމެނަށްކާން ދެނީސަރުކާރާގުޅިގެންނޭ ނުބުނެވޭނެތަށް. މީކިހާ ނުރައްކާތެރިކަމެއްކަން ނޭގެނީތަ. ހެލްތު މިނިސްޓްރީން އެބުނަނީ އެއްމެ ގިނައިން ށަކުވާ ލިބެނީ ނަޖިސް ބިހާ ބެހޭގޮތުންނޭ. ދެންކީއްވެގެން ހުއްޓުވަން ނޫޅެނީ
އެކޮއި
08 June 2025
ހަމައެކަނި ތިވަރުން ނުނިމޭ. ބާޒާރުން ގަންނަ ދޮންކެޔޮކޮޅާއި ފަޅޯކޮޅާއި އަނބު ކޮޅުވެސް ދޮންކޮށްފައި މިހުންނަނީ ފާޑުފާޑުގެ ކެމިކަލް ޖަހައިގެން. އަދި ނުވިތާކަށް މަސްމާރުކޭޓުން ގަންނަ މަސްކޮޅު ދޮވެފައި ހުންނަނީ ނަޖިސް ފެނުން. މިކަންތައް ދެނެހުރި ފަރާތެއް އެބަހުރިބާ؟ ހަމައެކަނި ބިދޭސީން މުޑުދާރުކޮށް ކައްކައިގެން ވިއްކާއެތިކޮޅު ކޮންޓްރޯލް ކުރިއަސް ތިބުނާ މަޤްޞަދެއް ޙާޞިލެއްނުވާނެކަން ކުޑަކުއްޖާއަށްވެސް އެނގޭނެ
ކަންއޮތްގޮތް
08 June 2025
ކިހާވަރަކައްބާ ތިކަން ކުރަނީ ހެސްކިޔާފަ ކެމިކަލް ޖަހައިގެން ތަކެތި ހައްދަނީ މިރުސް ކަނޑައިގެން ގެންނައިރު ދުވާ ބޭސްވަހުން ނޯއްދަމާނުލެވޭ އެމިރުސް ދޮވެވެސްނުލާ ހޮޓާ ތަކުގަ ކާތަކެތި ހަދަނީ ތަރުކާރީ އުފުލަނީ ގެރިހުއި އަޅާފަ ހުންނަ ގޯނީގަ މިތަކެތި ރަނގަޅަށް ނުދޮވެ އެތައްބަޔަކަށް ކެވުމުގެ ފުރުސަތު އޮވޭ
ގަނޑިއަ
07 June 2025
މިއިން ޒަމާނަކު ބައްޗު ހޮޓާގެ ބާދީގޭ މުޑުދާރުކަމުގެ ހާލަތު ބެލިތޯ؟ ދޮންކެޔޮ ކެމިކަލްބޭނުންކޮށްގެން ދޮންކުރާތީ ކޮންއިރަކު ކޮންއިލްތިމެސް ކުރިތޯ؟ ރޯޑްވޯދިނަސް ޔަގީނުން ފޭލްވާނެ ދުންބޯ ޕިކަޕްތައް މަގުަމަތީ ދެކޮޅަށް ދުއްވާއިރު ކޮންއެންގުމެއްތޯ އެންގީ؟ ސައިހޮޓާތަކުގެ ސާފުތާހިރުކަން ދޭތެރެ ދޭތެރެއިން އިންސްޕެކްޓްރި ކަމުގެ ލިއުމެއް ކަސްޓަމަރުންނަށް ފެންނަގޮތައް ނުހުންނީ ކީއްވެތޯ!!
ތަދޯ
07 June 2025
ކާނާގެ ރައްކާތެރިކަން ގާއިމް ކުރަން ސަރުކާރުން ކުރި ކަމެއް އަޅެ ބުނެދީބަލަ ދެން ތިޔާ މީހުން ހޭލުންތެރިކަން އިތުރު ކުރަން އޮންނަ ޓީވީއެމް އިން ކުރާ ކަމަކީ ހިންދީ ޑްރާމާ ތަކާއި ކޮޕީ ކެޓް ދިވެހި ފިލްމް ކުޅޭ ބަނޑުއަކިރިން ޕްރޮމޯޓް ކުރަން ހޭވައްޓާފައި އުޅެނީ ޓީވީއެމް އިން އެކަމަށް ކުރާ ޚަރަދު އަހަަރަކު ބިލިއަނަކާއި ގާތަށް ދަނީ އެފައިސާ އިން ތިލަފުށި ހިއްކާ ފައި މާލޭ ވިޔާފާރިވެރިންނަށް ދަނޑުވެރިކަން ކުރަން ކޮންމެ ކުންފުންނަކަށް 1 ހެކްޓަރުގެ ބިންދީބަލަ