ބުޅާ ފެސިލިޓީ: އެތަން ހިންގަން ދެ ފަރާތަކުން ވަނީ ކުރިމަތިލާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
29 ޖޫން 2025 - 10:27
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ފެސިލިޓީގެ ޝެލްޓާ ބައި ހިންގަން ދެ ފަރާތަކުން ކުރިމަތިލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އޮޅުހިޔާ ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ކުރިން ނިންމީ ކައުންސިލުންނެވެ. އެކަމަކު އެތަން ހިންގުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް މިދިޔަ ޑިސެމްބަރު މަހު އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީއާ ގުޅިގެން އޮޅު ހިޔާ ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނުގެ މުއްދަތު މިމަހުގެ 12 އަށް ހަމަވެފައިވާ ކަމަށެެވެ. އެ މުއްދަތުގައި އެކަމަށް އެދި ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ބިޑް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އޮޅު ހިޔާގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ވެސް އިއުލާނުކޮށްފައިވެ އެވެ. އެކަމަށް މުވައްޒަފުން ނަގާނީ ހިންގާނެ ބަޔަކު ކަނޑައެޅުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 5،000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ އެ ފެސިލިޓީ ހިންގާނެ ބަޔަކު ހޯދަނީ އެއް އަހަރަށެވެ.
އެތަން ހިންގަން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައިވެ އެވެ. އެއީ ފެސިލިޓީއަށް ގެންގޮސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ، މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މާލެ ސަރަހައްދުގައި އުޅޭ ބުޅަލުގެ އަދަދު ގާތްގަނޑަކަށް 3،000އަށް އަރާނެ ކަމަށް ކައުންސިލުން އޭރު ވަނީ އަންދާޒާ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ ތަނަށް ގެންދިޔައީ، އެންމެ 30 ބުޅަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުޅާ ރާއްޖެ
29 June 2025
މީ ދެން ކިހާދެރަވެއްޖެކަމެއްތަ؟ 11 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބުޅާގެ އާބާދީއެއް އިތުރުކޮށް ކުރިއަށްއޮތްތަނުގައި މިޤައުމަކީ ބުޅާ ރާއްޖެކަމުގައި ހަދަން ޤާނޫނުހަދާ މަޖްލީހަށް ބިލެއް ވައްދައި އެބިލް މަޖްލީހުން ފާސްކޮށް ރައީސް މުޢިއްޒު އެ ބިލް ތަޞްދީޤުކުރާތަން ދެކެން ނިކަންބޭނުން. މިވަރުގެ ކަމެއް އަދި ނުދެކެން
ސައީދ
29 June 2025
ތި ބުޅާތައް މަރާދެނެ ބަޔަކު ހޯދުން މާ ބުއްދިވެރިއެވެ.
ޖަލީލީ
29 June 2025
އަވައްޓެރި ޗައިނާ ކުދިންނަށް ބުޅާ ކޮޅު ހަދިޔާ ކުރަންވީ
ޑރ ވާންޗޯ
29 June 2025
ތިޔަ ބުޅާތަށް މަރާހުސްކޮށްބަލަ. އަނިޔާތަކެއްނުކޮށް މަރާލުމަކީ ދީނީގޮތުން ހުއްދަނޫން ކަމަކީތަ. ތިވަރުގެ ހަރަދެއްތިކުރަނީ؟
ވާސިރު
29 June 2025
ޢާން. ހުއްދައެއްނުވާނެ. ޑޫ ޔޯ އޯން ރީސާޗް. ތިމާއައް އެކަނި ކަންކަން އިނގޭ ދިވެހިން ހެސް.
ޞިލްމް
29 June 2025
ތިވެސް ހަމަ ބަޔަކަށް ލާރިގަނޑެއް ދޭނެ ގޮތެއް ނޭގިގެން.
ހާންސް
29 June 2025
ތިއޮތީ ދައުލަތުގެ ހަރަދުގައި ބަޔަކަށް ތަނެއް ހަދައިދީފައި. ރައްޔިތުން ބޭނުންވެގެންނޭ ކިޔާފަ، އަސާސީ ބޭނުން ނުފުދިގެން އުޅޭ ބައިވަރު މީހުން އުޅޭއިރު، ދައުލަތުން ހަރަދުކޮށްގެން ކުރަން ހެޔޮވާވަރުކަމެއްނޫން ކޮށްފަ ތިއޮތީ. މާލޭގައި ބުޅާގިނަވުމުން އޭގެ ހައްލަކީ ބުޅާ ބަލަހައްޓާނެ ތަނެއް ހެދުމެއް ނޫން. ހުރިހާ ބުޅަލެއް ހަފައިގެ ގެންގޮސް ފަޅު ރަށަކަށް ލީމައި ނިމުނީ. ބުޅަލާމެދު އެހާ ހަމްދަރުދީވާ ބަޔަކު އަމިއްލަ ހަރަދުގައި އެރަށަށް ގޮސްހެދީމައި ރަނގަޅުވާނެ.
އަހުމަދޭ
29 June 2025
2،000 ބުޅަލަށް އަހަރަކު 10.8 މިލިއަން ރުފިޔާ -- މިއަށްވުރެ ސަސްޓެއިނަބަލް ގޮތެއް ހަމަ ނެތީތަ؟
ފަމްޕަރުބަރުމާ
29 June 2025
ބަޔަކަށް ލާރިގަނޑެއް ދޭން ކޮށްގެން އުޅޭ ކަމެއްތީ.