ރާއްޖެ އާއި ޗައިނީސް ޓައިޕޭގެ ކުޅުންތެރިން މެޗުގެ ކުރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ނެޓްބޯޅަ އެސޯސިއޭޝަން
03 ޖުލައި 2025 - 14:37
ޗައިނީސް ޓައިޕޭ އަތުން 51-39 ޕޮއިންޓުން މޮޅުވެ ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމުން އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް ބީ އިން ފައިނަލަށް ދަތުރުކޮށްފި އެވެ.
ހޮންކޮންގައި ކުރިއަށްދާ މުބާރާތުގައި މާދަމާ އޮންނަ ފައިނަލް މެޗުގައި ރާއްޖެ ބައްދަލުކުރާނީ ޕާކިސްތާނާ އެވެ. އެ ގައުމު ފައިނަލަށް ދިޔައީ ޖަޕާން އަތުން 64-39 ޕޮއިންޓުން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ ޕާކިސްތާން އަތުން އެކަންޏެވެ. އެހެންވެ ރާއްޖެ އަށް މިވަނީ ފައިނަލުގައި އެ ގައުމު އަތުން ބަދަލު ހިފަން ފުރުސަތު ލިބިފަ އެވެ.
މި މުބާރާތް ކުރިއަށްދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި ނުވަތަ ގްރޫޕް އޭ ގައި ހިމެނެނީ އޭޝިއާގެ ރޭންކިންގެ އެންމެ ގަދަ ފަސް ޓީމެވެ. އެ ބައިގައި ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންކޮން އެވެ.
ރާއްޖެ ހިމެނެނީ ރޭންކިންގެ ހަ ވަނަ އާއި 11 ވަނައާ ދެމެދު ހިމެނޭ ގައުމުތައް ވާދަކުރާނީ ގްރޫޕް ބީ ގަ އެވެ. މި ގްރޫޕުގައި ރާއްޖެ އާއި ޕާކިސްތާނާއި، ޖަޕާނާއި، ޗައިނީސް ޓައިޕޭގެ އިތުރުން ހިމެނެނީ ދެކުނު ކޮރެއާ އާއި ސައޫދީ އަރަބިއްޔާ އެވެ.
މި ގްރޫޕުގެ ފައިނަލް މެޗަކީ، އޭޝިއާގެ ޔޫތު ރޭންކިންގެ ހަ ވަނަ އާއި ހަތް ވަނަ ކަނޑައަޅާ މެޗެވެ. މި މެޗު އޮންނާނީ މާދަމާ ހެނދުނު ރާއްޖެ ގަޑިން 6 ޖަހާއިރެވެ.
ރާއްޖޭގެ ޓީމުގައި ފަސް ކުޅުންތެރިން ފިޔަވައި މުޅިން ހިމެނެނީ ބައިނަލްއަގްވާމީ މެޗުތަކަށް އާ ކުޅުންތެރިންނެވެ. އެހެންވެ ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ގޮވައިގެން އައިސް ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވުމުން ކޯޗު ނީޝާ ހަލީމް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.
"ނަތީޖާގެ އިތުރުން ޕާފޯމަންސާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ. ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު މި ފެންވަރުގައި ވާދަކުރަން އައިސް ރާއްޖޭން މި ނެރެނީ ވަރަށް ރަނގަޅު ނަތީޖާއެއް،" ނީޝާ ބުންޏެވެ.
މީގެ ތިން މަސް ކުރިން ތައްޔާރުވާން ފެށި ޓީމުން ވަނީ ތަޖުރިބާ ހޯދުމަށް ހޮންކޮން މުބާރާތެއްގައި މިދިޔަ ޖޫން މަހުގެ ކުރީކޮޅު ވާދަކޮށްފަ އެވެ. އެ މުބާރާތުން ރާއްޖެ ތިން ވަނަ ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެލެނިވެރިން
03 July 2025
ސާބަހޭ ދަރިން ނޭ ނަސީބެއް ނު ބާސްކެޓާއް ނުފޮނުވިކަން ސްޓާރސް އެކަޑެމީ އިން ބުނެގެން
ލޯބިކުދިން
03 July 2025
އާނ... މިހެން ވާންޖެހޭނެ. މި ފޮޓޯ ކިހާ ސަޅި.
އަޅި އަލީ
03 July 2025
ސާބަހޭ ދަރިންނޭ!
މުލޭ
03 July 2025
ތިޔަކީ މޮޅުވިޔަސް ޗެމްޕިއަންކަން ލިބޭ މެޗެއް ނޫން. ދެވަނަ ގިންތީގައި ހަވަނަ އާއި ހަތްވަނަ ރޭންކިން ކަނޑައަޅާ މެޗެއް. ސުރުޚީ ކިޔާލީމަ ހީވީ މުބާރާތެއްގެ ފައިނަލަށް ދިޔައީކަމަށް. އެކަމަކު އެހެންނެއްނޫން މިވީ.
މޮޔަ މުލޭ
03 July 2025
ތީ ދެފައި ދަމައިގެން އޮވެއޮވެ ފޫޅުދަށް ނުފެންނަ މީހެެއް. ސުރުހީ ކިޔުންކަން ވެސް ބޮޑުވަރު. އެހެން ބަޔަކު މަސައްކަތުން ވަނައެއް ހާސިލް ކުރާތީ އެއްޗެހި ކިޔާ ފެންވަރު މީހެއް ނޫން. ހިތުން މާ މޮޅު ކޮމެންޓު ކުރަން އުޅޭނެ ކަމެއް ނެތް.