ރައީސް މިދިޔަ ފެބްރުއަރީ މަހު ކުޑަހުވަދު އަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
21 ޖުލައި 2025 - 09:16
ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހެނބަދު އާއި ހޮޅުދު އާއި ޅޮއްސާއި ކުޑަފަރި އާއި ކެނދިކުޅުދު އާއި ވެލިދު އާއި މަނަދު އާއި މަގޫދު އާއި މާޅެންދު އާއި މާފަރާއި މިލަދު އާއި ފޮއްދޫ އަދި ލަންދު އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްގީ އަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ރައީސް ފައްޓަވައި ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ފެށުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރަށްރަށުގެ ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާވައިގެން ކުރަން ނިންމާފައިވާ ބައެއް މަސައްކަތްތައް ރައީސްގެ ދަތުރުފުޅުގައި ފައްޓަވައި ދެއްވާނެ ކަމަށް ބުންޏެވެ.
"ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގައި ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާމާ މުހައްމަދު
22 July 2025
މިދިޔަ އެއްވެސް ވެރިޔެއް ނެތް ރައްޔިތުންގެ ކައިރިއަށް ގޮސް މިކަންކަން ކޮށް ހާލު ބަލާ ބޭނުންވާ ކަންކަން ބަލާފަ. މިސަރުކާރު އައިސް މިރައީސް މިދަނީ މިކަމުގައި ނަމޫނާ ދައްކަމުން
ހުސެން ޒާހިރު
22 July 2025
ރައްޔިތުންގެ ރައީސް ރައްޔިތުންގެ އަރިހަށް.
ފޭން އޮފް ސައުދާ
21 July 2025
ފ.ނިލަންދުއަށް ވަޑައިގެންދެއްވާ ނަރުދަމާ ނިޒާމާ މަގުހެދުމުގެ ނިޒާމާ އަދިވެސް ސައުދާވެ ވަޑައިގެންނެވި ވައުދުތަކުގައި ހިމެނޭ ކަންކަން ފައްޓަވައިދެއްވަން
ފޮނިޓައްޕު ހަސަނު
21 July 2025
ކުރާށެ ކެމްޕޭން ކުރާށެ ކެމްޕޭން، ރައްޔިތުންނަށްވި ވައުދާއި ހުވާ އަދި ހަނދާން އެބަހުއެޓޭ، ރައިޔިތުން ދަނީ ހަނާވަމުންނޭ، ތަކެތީގެ އަގޮދަނީ އުފުލެމުންނޭ. ޑޮލަރުގެ އަގު އުޅެނީ 21.00ރ އަށް ޑޮލަރެކޭ. 16000ރ ގެ މުސާރަ ލިބޭ މީހާ އެއިރު ރާއްޖޭން ބޭރަށް ބޭހަށް ދާން 1000ޑޮލަރު ގަންނަނީ 15،442 އަށެ ނަމަވެސް މިހާރު 21،000 އަށް ނޫނީ 1000ޑޮލަރު ނުލިބެއޭ. ކިތަންމެ ކެމްޕެއިނެެއް ކުރިޔަސް ރައްޔިުންގެ ވޯޓު ލިބުމާއި މެދު ސުވާލު އުފެދެއޭ.
ވާސް
21 July 2025
ރައްޔިތުންނޭ ނިކަން ހޭލާތި ވައުދުވާނެ ވައުދެއް ނުފުއްދާނެ ތިވަޑައިގަތީ އިންތިޚާބަށް ކަޑަޖަހަން ނަމަނަމަ ނުހެއްލޭތީ! މަވާ ސަލާމް
ނާޑުވާ
21 July 2025
3 ދުވަސްތެރޭ 13 ރަށަށް ދުވާލަކު މަދުވެގެން 4 ރަށަށް އަދި ކޮންމެ ރަށެއްގެ ކައުންސިލްއާ ކޮމިޓީ ތަކާ ބައްދަލު ކޮށްފަ އެތައް ވައުދަކާ ހުވަފެނެއް ދައްކަން ހާދަ ފާސްޓް ވާންޖެހޭނޭ ދޯ?
ދިވެހިރާއްޖެ 2.0
21 July 2025
ފަޓާނީ
އިއްޒަތު
21 July 2025
ދިވެހިން މިއުޅެނީ ވަރަށްހާލުގައި އަގަޔާއި އަތާއިދިމަލެއްނުވޭ ތަކެތީގެ އަގު އިންތިހާއަށްބޮޑު މަދުއެއްޗެއް ލިސްޓުކޮށްލާނަން. ކުކުޅުބިސްކޭހެއް ނ.އަތޮޅާއިހަމައަށް -/510 ދެކޮޅު ޕިކަޕްކުލިނުލައި ލުބޯކިލޯއެއް -/120 ބޯޓް ނާލުނުލައި އާފަލެއް ވަކިން ނ އަތޮޅު ފިހާރަތަކުން ލިބެނީ -/12 ރުފިޔާއަށް ޖުމްލަކޮށް ޒަރޫރީ ބޭނުންތަކުގައި ބޭނުންކުރާ ހުރިހާއެއްޗެއްގެއަގު އިންތިހާއަށް ބޮޑު ނުވިތާކަށް ދިވެހިން އޮންލައިންކޮށްކުރާ ވިޔަފާރިތަކުން ބެންކަށް%30 ވެސް ނަގަނީ!
ޒަތު
21 July 2025
އެވަރު ދެރަތަ؟ ޝުކުރުކޮށްގެން ތިބެންވީނުން. ޑޮރަލުގެ އަގު ރީތިވެފައި ސަޅިވި ވަރަކަށް ތިޔަ ލިސްޓުކުރި ހުރިހާއެއްޗެއްވެސް އަގު ސަޅިވެފައި ފޮނިވެފައި މީރުވާނެ. މަ މިހުންނަނީ ހަމައުފަލުން ޝުކުރުކޮށްގެން ވެރިންނަށް ކިޔަމަންވެގެން.
ދަތުރުނާމާ
21 July 2025
މަ ނުދެކެން މިހާ ދަތުރުކުރާހިތްވާ އިންސާނަކު ދުވަހަކުވެސް. ތިޔަ ދަތުރަކަށްފަހު ދެން އޮންނަަނީ އަނެއްކާވެސް ބޭރުގެ ކޮންމެވެސް ޤައުމަކަށް ދިއުން.
ބަންގަބަން
21 July 2025
އަދި މިތަންކޮޅު އިތުރުކޮށްލާ. ކުރާ ދަތުރަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭ.
ރަމަ
21 July 2025
ވަޑައިގަންނަވާނެކަމެއްނެތް އިތުރަށް ދޮގު ވަޢުދުނާމާ ކިޔާދޭކަށް މިފަހަރު ހަމަހިލާ ނުދޭނަން ތިޔަޕާރޓީގެ އެއްވެސް ކެނޑިޑޭޓަކަށްވޯޓެއް. އަހަރެމެންނަށް މަނިކުފާނު ދަސްވެ ނިމިއްޖެ މިއަށްވުރެ އަވަހަށް ރައްޔިތުންފޫހިވި ސަރުކާރެއްއަދިނާދޭ މިރާއްޖޭގެ ވެރިކަމަށް!!!!!!
ހަކީމ
21 July 2025
ދެން އަންނަ މީހާ ގެ ދޮގު ހުވާތައް އަޑު އަހާ ޖޯޝްގަ އޭނާއަށް ވޯޓް ދީ ވެރިކަމަށް އައިސް 1 އަހަރު ވީމާ އޭނާގެ އަސްލު ސިފަ ފެނި ވޯޓް ދިން މޮޔަ ހީވާނީ.... އަންނަ ގޮތަށް ދެއިރު ކާ ބޭސް ގުޅައެއް ހެން ކުރީ ސަރުކާރު ގޯސް ކޮށް ހިނގަ ހިނގާ ހުރި ޕްރޮޖެކްޓް ހުއްޓާ އާ ޕްރޮޖެކްޓް ތައް އިޢުލާން ކޮށް ޖީބަށް ބަރު ކުރުން އޮންނާނީ.