ފަލަސްތީނުގެ ސުލްހައިގެ ކޮންފަރެންސްގައި އދ. އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
31 ޖުލައި 2025 - 09:22
ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅައި، އެހެން ގައުމުތަކުން އެއްބާރުލުން ދިނުމަށް ރާއްޖެ އިން އދ. ގައި ގޮވާލައިފި އެވެ.
ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުގެ ތަގުރީރުގައި އެ ކަމަށް ގޮވައިލެއްވީ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް ފޯ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަން" ގެ ބައްދަލުވުމުގަ އެވެ.
އދ. ގެ މައި މަރުކަޒުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ނަސީރު ވަނީ ފަލަސްތީނުގައި އިޒްރޭލުން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމު ނިންމުމަކަށް ގެނެއުމަށް ޑިޕްލޮމެސީ އާއި "މަލްޓިލޭޓަރަލިޒަމް" ގެ އުސޫލުތައް އިސްކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.
"ހަމަ މިއާއެކު، އެ މަނިކުފާނު ވަނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެ، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕަލަސްޓައިން އިން ދަ ނިއާ އީސްޓް (އަންރުވާ) އިން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ފަ އެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެ އެވެ.
އަދި "އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން" ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން، ވީ މިންވަރަކުން ރާއްޖެ އިން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ވެސް އަލީ ނަސީރު ވިދާޅުވި އެވެ.. ޑިސެމްބަރު 3، 2024 ގައި އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުން ލާޒިމުކުރި މި ކޮންފަރެންސްގެ ބޭނުމަކީ "ކުއެސްޝަން އޮފް ޕަލަސްޓައިން އާއި ޓޫ ސްޓޭޓް-ސޮލިއުޝަން" އާ ގުޅިގެން އދ. އިން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒު ކުރަމަށް ބާރު އެޅުމެވެ.
މި ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓެވީ ފްރާންސާއި ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުންނެވެ.
ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގައުމުތަކުގެ މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމަށް އެމެރިކާ އަށް ވަޑައިގަންނަވަން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މަސައްކަތް ކުރެއްވި އެވެ. އެކަމަކު، ރާއްޖޭގެ އިސްލާމިކް މިނިސްޓަރަށް އެމެރިކާ އިން ވިސާ ނުދީ ހިފެހެއްޓުމުން އެ ކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
31 July 2025
ބަލަ، ހިތްވަރު ގަދަ ދިވެހީންގެ ސިފައިންގެގޭ ކުދީންކޮޅެއް، އިންޑިޔާ މީހުން ދިން މަނަވަރާއި، އިންޑިޔާ މީހުން ދިން ހެލިބޮކުޓަރާއި، އިންޑިޔާ މީހުން ދިން އަލިފާން އިންޖީނުގަ ގޮސް، ނިންމޭނެ މައްސަލަ އެކޭ އެއީ. މޭޒު ދޮށުގަ، ފިނޑިވެފަ ތިޔަ ތިބީ ކީޔައް ވެގެން؟
ރަށުމީހާ
31 July 2025
ބުރެޒިލްގެ ރެއިންފޮރެސްޓްގަ އުޅޭ މީހުންގެ ކައިރިޔަށް ތިޔަ މައްސަލަ ހުށައަޅައިގެން މާ ރަނގަޅު ނަތީޖާ ލިބޭނެ. މޮޔައިން ތިތަނަށް މައްސަލަ ހުށައަޅާނީ . 100 އަހަރުވީ ތިތަނަށް މައްސަލަ ހުށައަޅާތާ. އަލިފްދާލު ކުރާކަމެއްކަން 100 އަހަރުން އިނގޭނެ. ފަލަސްތީން ބިން އަކަފޫޓަކުން އަކަފޫޓަކުން ހިފަމުންގޮސް އެންމެ ފަހުން ބާކީ އޮތް ގާޒާ ރައްޔީތުންނާއެކު ނައްތާލަނީ
އެޑަމްސް
31 July 2025
އެމެރިކާ އާއި ޔޫރަޕް އަޑީގަ އޮވެގެން ހިންގާ ޤަތުލުއާއްމެއް ކިހިނެއް ރާއްޖެއަށް ހުއްޓުވޭނީ
އަނެއްހެން މައްސަލައެއްނޫން
31 July 2025
ފޮރިން މިނިސްޓަރުން ދާންއޮތްތަނަކަށް އިސްލާމިކު މިނިސްޓރު ދާންއުޅުނީމަ ތޯއްޗެއް.