ވިޔަފާރި

ޕްރޯއޭސީން އެލްޖީގެ މިނީ ވީއާރުއެފް ސިސްޓަމް ލޯންޗުކޮށްފި

ޕްރޯއޭސީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު އާއި އެލްޖީގެ އެސިސްޓަންޓް ޑިރެކްޓަރު ޑެނިސް ޓޭން މިނީ ވީއާރުއެފް ސިސްޓަމް ލޯންޗުކޮށްދެއްވަނީ. -- ފޮޓޯ: އަމާނީ އަބްދުﷲ | މިހާރު

16 އޯގަސްޓް 2025 - 08:45

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޭސީގެ ހިދުމަތްތައް ފޯރުކޮށްދީ، އޭސީ ވިއްކާ ޕްރޯއޭސީއިން އެލްޖީ ބްރޭންޑުގެ މިނީ ވީއާރުއެފް ސިސްޓަމް ލޯންޗުކޮށްފި އެވެ.

މި އޭސީ ތައާރަފްކުރީ ރޭ، ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ލިވިންގް އެކްސްޕޯގަ އެވެ. މި ސިސްޓަމް ތައާރަފްކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު އާއި އެލްޖީގެ އެސިސްޓަންޓް ޑިރެކްޓަރު ޑެނިސް ޓޭން އެވެ.

ޕްރޯއޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަމާނީ އަބްދުﷲ | މިހާރު

މި އޭސީ ސިސްޓަމަކީ ރާއްޖޭގެ ރެޒިޑެންޝަލް އިމާރާތްތަކުގައި ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. މިއީ އިމާރާތުގައި ހިމެނޭ އިންޑޯ އޭސީ ޔުނިޓުތައް، އެއް އައުޓްޑޯ ޔުނިޓާ ގުޅައިދޭނެ ސެންޓްރަލް ސިސްޓަމެކެވެ. މިއީ އާއްމުކޮށް ހުންނަ އޭސީތަކަށް ވުރެ ކަރަންޓު ހަރަދު 50 ޕަސެންޓަށް ކުޑަކޮށްދޭނެ އޭސީ ސިސްޓަމެކެވެ. މި ސިސްޓަމުގައި ތަފާތު ޑިޒައިންތަކެއްގެ އޭސީ ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު މުއްދަތެއްގެ ރިޕްލޭސްމަންޓު ވޮރެންޓީއާ އެކު ތައާރަފްކުރި އޭސީ ސިސްޓަމެވެ.

ޕްރޯއޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު ވިދާޅުވީ މި މިއީ އެކުންފުނިން ފަސް އަހަރުގެ ވޮރިންޓީއާ އެކު ވިއްކަން ހަމަޖެހިފައިވާ ސިސްޓަމެއް ކަމަށެެވެ. އަދި މި ސިސްޓަމް ފަރުމާކުރީ އެ ކުންފުނިން ކޮމާޝަލް މަސައްކަތްތަކުގައި ބޭނުންކުރި ސިސްޓަމްތައް، ރެޒިޑެންޝަލް އިމާރާތްތަކުގައި ބޭނުންކުރެވޭނެ މިންވަރަށް ކަސްޓަމައިޒްކޮށް، ޓެސްޓުކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

އެލްޖީގެ އެސިސްޓަންޓް ޑިރެކްޓަރު ޑެނިސް ޓޭން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަމާނީ އަބްދުﷲ | މިހާރު

"އަޅުގަނޑުމެން ވާނީ ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި ރިސޯޓުތަކުގައި މި ސިސްޓަމްތައް ބަހައްޓާފައި. އެ ސިސްޓަމްތަކުގެ ކާމިޔާބީއަށް ބަލައި މި ސިސްޓަމް ކަސްޓަމައިޒްކޮށްފައި ވާނީ. މިއީ ރާއްޖެއަށް މުހިންމު އެކި ކަންތައްތައް ދެނެގަނެ، އެކަންކަމަށް ވެސް ހާއްސަކޮށްފައިވާ ސިސްޓަމެއް. މިސާލަކަށް، މީގައި ދަބަރު ޖެހުމުގެ މައްސަލަ ހައްލުކުރުމަށް އެކަމަށް ހާއްސަ ކޯޓިންއެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވީ މި އޭސީ ސިސްޓަމް ބެހެއްޓުމަށް އިމާރަތްތަކަށް ބޭނުންވާ ޓެކްނިކަލް ސާވޭގެ ހިދުމަތް ވެސް އެ ކުންފުނިން ދޭނެ ކަމަށެވެ. އެ ސާވޭ އަކީ އެ އިމާރާތަކަށް އެންމެ އެކަށީގެންވާ އޭސީ އާއި އައުޓްޑޯ ޔުނިޓު ބަހައްޓަން އެންމެ ރަނގަޅު ސަރަހައްދު ދެނެގަތުން ފަދަ މުހިންމު ކަންތައްތައް ބެލުމަށް ހަދާ ސާވޭއެއް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން އޭސީ ބަލަހައްޓައި، މެއިންޓެނެންސްގެ ހިދުމަތް ވެސް އެ ކުންފުނިން ދޭނެ އެވެ.

އެލްޖީގެ އެސިސްޓަންޓް ޑިރެކްޓާ ޑެނިސް ޓޭން ވިދާޅުވީ އެ ބްރޭންޑަކީ ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓުތަކުގައި ބޭނުންކޮށް ދިވެހިންގެ އިތުބާރު ހޯދާފައިވާ ބްރޭންޑެއް ކަމަށެވެ. އަދި އެ ބްރޭންޑުން މަސައްކަތް ކުރަނީ މިފަދަ ތަފާތު އެކި އުުފެއްދުންތައް މާކެޓަށް ނެރެ، ކަސްޓަމަރުންނަށް ބޭނުންވާ ހައްލުތައް ފަސޭހައިން ލިބޭނެ ޑިޒައިންތައް ގެނެސްދިނުން ކަމަށް ވިދާޅުވި އެވެ.

ޕްްރޯއޭސީން ތައާރަފްކުރި މިނީ ވީއާރުއެފް ސިސްޓަމާއި އެކުންފުނިން ވިއްކާ އެކި އޭސީތަކާ ގުޅޭ މައުލޫމާތު ލިވިންގް އެކްސްޕޯގެ ޕްރޯއޭސީ ސްޓޯލުން ލިބޭނެ އެވެ. އަދި އެ ސްޓޯލުގައި ކުރިއަށް ދާ ހާއްސަ ލަކީޑްރޯގައި ރަޖިސްޓްރީވެ، އެލްޖީ އޭސީއެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. އޭސީ ލިބޭ ނަސީބުވެރިއެއް ހޮވުމަށް ގުރުއަތު ނަގާނީ އެކްސްޕޯގެ އެންމެ ފަހު ދުވަހު އެވެ.

މި އެކްސްޕޯ ކުރިއަށް ދާނީ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454