މަޖީދީ މަގުގައި ހުޅުވި އެމްޔޫ ސްޓޯ ސެންޓްރަލް
25 އޯގަސްޓް 2025 - 11:23
އެމްޔޫ ސްޓޯ ސެންޓްރަލްގެ ނަމުގައި އެމްޔޫ ސްޓޯރުގެ ބޮޑު ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފި އެވެ.
އެމްޔޫ ސްޓޯރުން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑުތަކެއްގެ ޕްރޮޑަކްޓުތައް ލިބެން ހުރި އެ ފިހާރައިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިޔަފާރިކުރެވޭނެ އެވެ.
އެމްޔޫ ސްޓޯ ސެންޓްރަލް އިން މަގުބޫލު "އޮލިޓާލިއާ" ބްރޭންޑުގެ އޮލިވް އޮއިލް އާއި "ލެކްނޯ" ކިރު އަދި ޖޫހާއި އިންޑޯ މިލްކާއި "ގުޑް މޭޓް" ބްރޭންޑުގެ އޯޓް މިލްކާއި "ޕިއާލޭ" ބްރޭންޑުގެ ޕާސްތާގެ އިތުރުން ޗިކަން ނަގެޓްސް އަދި ޕަފް ޕޭސްޓްރީ ފަދަ ފްރޯޒަން ޕްރޮޑަކްޓުތައް ލިބޭނެ އެވެ.
އެމްޔޫ ސްޓޯރު ސެންޓްރަލް ފިހާރައިގެ އެތެރެ.
އެމްޔޫ ސްޓޯރުން ބުނީ އެ ފިހާރަ އަކީ ވިޔަފާރި ފުޅާކޮށް އާއްމުންނަށް ފަސޭހައިން އެކުންފުނިން ވިއްކާ އުފެއްދުންތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް ހުޅުވި ތަނެއް ކަމަށެވެ. މިއީ އެމްޔޫ ސްޓޯރުން ހުޅުވި ހަ ވަނަ ފިހާރަ އެވެ.
އެމްޔޫ ސްޓޯރުން ވިއްކާ ބައެއް އުފެއްދުންތައް.
އަލަށް ހުޅުވި ފިހާރައިގެ އިތުރުން މާލޭގައި އެމްއެމްއޭ ކައިރީގަ އާއި ކެނދިގަސް މަގުގައި އެމްޔޫ ސްޓޯރުގެ ފިހާރަ ހުރެ އެވެ. އެމްޔޫ ސްޓޯރުގެ ފިހާރަތައް ހުޅުމާލެ ރުއްގަނޑު ކައިރި އާއި ސިންތެޓިކް ޓްރެކް ކައިރި އާއި އަމިން އެވެނިއު ޓީކް ބިލްޑިންގައި ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy