25 އޯގަސްޓް 2025 - 18:26
ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެފްއޭއެމަށް އަންގައިފި އެވެ.
ސަސްއިން މިގޮތަށް ނިންމީ، ނިއު ރޭޑިއަންޓާ އެކު ހެދި ޑީލެއްގެ ދަށުންނެވެ.
ސަސްގެ މި ނިންމުމާ އެކު، އެއްވަނަ ޑިވިޝަނުން ހުސްވާ ޖާގަ ލިބޭނީ، ނިއު އަށެވެ. އެއީ އެންމެ ފަހުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން ބައިކޮޅަށް އެންމެ މަދުން ގޯލް ވަން ޓީމަށް ނިއު ވުމުންނެވެ.
ނިއުގެ މިހާރުގެ މެނޭޖްމެންޓާ އެކު ހެދި ޑީލެއްގެ ދަށުން ފުރުސަތު ދޫކޮށްލި ނަމަވެސް، "މިހާރު" އަށް ލިބިފައިވާ ސަސްގެ ގަރާރުގައި ބުނެފައިވާ ގޮތުން އެ ޓީމުން ދިވެހި ލީގު ނުވަތަ އެއްވަނަ ޑިވިޝަނުގެ ފުރުސަތު ދޫކޮށްލަނީ އެ ކްލަބަށް ކުރިމަތިވެފައިވާ "ހީނުކުރާފަދަ މާލީ ގޮންޖެހުންތަކުގެ ސަބަބުންނެވެ."
"ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދިވެހި ޕްރިމިއާ ލީގުން ވަކިވަނީ ހީނުކުރާ ފަދަ މާލީ މައްސަލަތަކާއި ވާދަވެރި ޓީމެއް އެކުލަވާލުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުންކަން ހިތާމައާ އެކު ދަންނަވަމެވެ. ވާދަވެރި ސްކޮޑެއް އޮތުމުގެ މުހިންމުކަމާއި މާލީ ގޮތުން ހަމައަކަށް އެޅުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިއީ އުނދަގޫ ނިންމުމެއް ނަމަވެސް، އެއީ ކްލަބް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދިއުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރަން." އެ ކްލަބުން ފާސް ކުރި ގަރާރުގައި ވެއެވެ.
އެފްއޭއެމަށް ފޮނުވި ސިޓީގައި އެ ކްލަބުން ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބުން ދެވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރު ވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މާލީ ކަންކަން ހަމައަކަށް އެޅުވުމަށާއި ދަރަނިތައް އަދާކުރުމަށް މަގުފަހި ކުރުމަށާއި ޓީމު އަލުން ބިނާކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން 2025-2026 ގެ ދެވަނަ ޑިވިޝަނުގައި ވާދަ ކުރަން އަޅުގަނޑުމެން ތައްޔާރުވާނެމެވެ. އަދި ދެވަނަ ޑިވިޝަނުގައި އަލުން ބައިވެރިވުމުގެ މަސައްކަތާއި އެކަމާ ގުޅޭ ރަސްމީ މަރުހަލާތައް ފުރިހަމަ ކުރުމަށް ދޭ އިރުޝާދާއި ދެވަނަ ޑިވިޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުގައި ވެސް އެފްއޭއެމްގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް މި ކްލަބުން އުއްމީދު ކުރަމެވެ.،" ސަސްގެ ރައީސް އިސްމާއީލް އާތިފް ސޮއިކޮށް އެފްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޅޭ
26 August 2025
ބަލަ ކަލޭމެންނަށް ކީއްތަ ކޮންމެ ގޮތަކައް އެއްވަނަ ޑިވިޝަނައް އެރިޔަސް. ނިއު ގަލޮޅުދަނޑުގަ ކުޅޭދުވަހަކުން އަހަރުން ދަނޑަށް ވަންނާނީ
ވާންޗޯ
26 August 2025
ނިއު ވަރެށް ނެތް ހަމަ
ހ.ވައިޓް ގާލް
27 August 2025
ހޫނން އެކަލަ ޓީމު ދޭބަލަ މަހަށް.
ތަރަބެ
26 August 2025
އެފްއޭގެ ރައީސަކީ ނިއުރޭޑީއަންޓުގެ ކުރީގެ ފޯވާޑް އޭނައަކީ އެޓީމުގެ ސަޕޯޓަރެއް. ދެން ކޮންކަމަކާ ހައިރާންވާންވީ
ޓަރުބޯ
26 August 2025
މަށަކީވެސް ނިއު އެނބުރި އައުމަށް ތާއީދުކުރާމީހެއް އެކަމަކު މިގޮތަކަށް ނޫން މިއީ ހުތުރުކަމެއް
ކުންޏާ
26 August 2025
އިނގިލި ތިރިކުރިއަސް އެއީ ހަމަ ރަނގަޅު ވާހަކައެއް، ސަޕޯޓުކުރުމަކީ ތަޢައްޞުބުވުމެއްނޫން. ހަގީގަތް ޖެހޭ ގަބޫލުކުރަން
އޮނަރަބްލް އަފީފު ދީދީ
25 August 2025
ދައުލަތުގެ ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބު ކ.މާލޭ މީހުން "އެމީހުންގެ ރަށުމީހުނަށް މޮޅުގޮތް ހަދަންވެގެން، ބިލިޔަން ރުފިޔާގެ ބިން ހިލޭ ބަހާފައި، އަދި ފުލެޓްތަކަށް ފައިސާ ނުދެއްކިޔަސް އެފައިސާ ހޯދަންވެސް މަސައްކަތް ނުކުރުމުގެ ސަބަބުން" ރާއްޖޭގެ ބޭންކް ތަކުން ގެދޮރު ވެރިކަމަށް ފައިސޭންސް ކުރުން ހުއްޓާލި އިރު ރާއްޖޭގެ މިފަދަ މަޝްރޫޢު ތަކަށް އެންމެ ގިނައިން ލޯނު ދޫކުރި ޗައިނާ އެގްޒިމް ބޭންކުން ވެސް ރާއްޖެއަށް ލޯނު ދޫކުރުން ހުއްޓާލައިފި.
ސަޅި ގައުމެއް
25 August 2025
މުޅި ގައުމުގައި އަޑި ނޭނގޭ ބޮޑެތި ޑީލް ހެދުމުގަ.. ކާޑެއްދޫ ޑީލް އައް ދޫނުކުރާނެ ސަސް އިން ފާސްޓް ޑިވިޝަން ދޫކޮށްލުން. އެއްގޮތް ނެތިއްޔާ ނުފޫޒާ ކޮރަޕްޝަން ޖަރީމާ ހިންގައިގެން ވެސް ނިއު ފަސްޓް ޑިވިޝަން ގައި ކުޅެވޭނެގޮތް މުބީން ހަދާނެ.
އޮނަރަބްލް އަފީފު ދީދީ
25 August 2025
ދައުލަތުގެ ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބު ކ.މާލޭ މީހުން "އެމީހުންގެ ރަށުމީހުނަށް މޮޅުގޮތް ހަދަންވެގެން، ބިލިޔަން ރުފިޔާގެ ބިން ހިލޭ ބަހާފައި، އަދި ފުލެޓްތަކަށް ފައިސާ ނުދެއްކިޔަސް އެފައިސާ ހޯދަންވެސް މަސައްކަތް ނުކުރުމުގެ ސަބަބުން" ރާއްޖޭގެ ބޭންކް ތަކުން ގެދޮރު ވެރިކަމަށް ފައިސޭންސް ކުރުން ހުއްޓާލި އިރު ރާއްޖޭގެ މިފަދަ މަޝްރޫޢު ތަކަށް އެންމެ ގިނައިން ލޯނު ދޫކުރި ޗައިނާގެ އެގްޒިމް ބޭންކުންވެސް މިހާރު ރާއްޖެއަށް ލޯނު ދޫކުރުން ހުއްޓާލައިފި.
ވާންޗޯ
26 August 2025
އޮނަރަބްލް އަފީފު ދީދީ އައް ރަށުން ގޯތި ލިބޭނެތް، ދެރެވެ ހިތާމަށް ނުކުރަވާ
ދިފްލާ
25 August 2025
ލައިންގެ އެންމެ ކުރީގައި އެއިނީ ހާދަ ރީތި މީހެކޭ
ޖިމޯ
25 August 2025
މުޅިރާއްޖެ ހަލާކުވެ ނިމިއްޖެ. ހުރިހައި ކަމެއްގައި ވެސް ކަރަޕްޝަނާއި ބާރާއި ނުފޫޒު. ފައިސާގެ ދަހިވެތިކަމުގަ ކޮށްފަ ނުކުރާނެ ކަމެއް ނެތް. ތި ޓީމަށް ދެވަނަ ޑިވިޒަންގައި ވާދަކުރުމުގެ ފުރުޞަތު ދެވިގެން ނުވާނެ. އައު ކުޅިވަރެއް ތި ފެށުނީ. ބަލަން ތިބޭތި ތިކަމުގެ ނަތީޖާ.
އަންޖުމް
27 August 2025
އަސްލު 5 އަހަރަށް ސަސްޕެންޑް ކުރަންވީ! އަދި ހިންގަން ތިބި މީހުންނަށް 5 އަހަރަށް އެއްވެސް ކްލަބެއްގެ އިސް މަޤާމެއް ފުރުން މަނާކުރަންވީ!
އޮނަރަބްލް އަފީފު ދީދީ
25 August 2025
މިއީ ކ.މާލޭގެ ފުޓްބޯޅަ އިދާރާގެ އާންމު ކަމެއް. 1972 ގެ ޤައުމީ މުބާރާތުގައި އައްޑޫ ޑީއެންސީ އާއި ކ.އަތޮޅު މާލޭގެ ބަޔަކާއި ކުޅުނު މެޗް މާލޭ ޓީމް ފަހަތައް ފައިބައި ގޯލްކުރިމަތީ އެތުރިގެން ތިބެ އެއްވަރު ކުރި. އެހިސާބުން ކުއްލިއަކަށް ޤަވާއިދުބަދަލުކޮށް މިނިސްޓްރީގެ ފަރާތުން ނިންމީ މެޗް އެއްވަރު ވީކަމަށް. ޕެނަލްޓީ ޖެހުމެއް އިތުރު ވަގުތު ކުޅުމެއް ނެތި ނިންމާލީ މާލޭ ޓީމް ބަލި ވެދާނެތީ. ތިވެސް މާތްވެގެންވާ މުޤައްދަސް ރަށްކޮޅުގެ ޓީމަކަށް ޓަކާ ކުރާ ކަމެއް.
ސަސި
25 August 2025
ކުރީ ދުވަހުގެ ޙަބަރެއްގައި "ނިއުގެ ކޯޗުކަމަށް ސުޒޭން ހަމަޖައްސަނީ"