ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައި. -- ފައިލް ފޮޓޯ
17 ސެޕްޓެމްބަރ 2025 - 13:48
ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތައް ކުރިއަށް ދާތީ ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުން.
— Maldives Immigration (@ImmigrationMV) September 17, 2025
Temporary Suspension of Passport Card Services. pic.twitter.com/sBHMzw2Nx0
ރާއްޖޭގައި ޕާސްޕޯޓް ކާޑު ތައާރަފްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގަ އެވެ.
އެއީ ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ ކާޑެކެވެ. އެ މީހަކު ބޭނުންވެއްޖެ ނަމަ ކޭޝް ކާޑުތަކުގެ އިތުރުން ވަކިވަކިން ގެންގުޅޭ އައިޑީކާޑާއި ލައިސަންސް ކާޑު ވެސް ޕާސްޕޯޓު ކާޑުގައި ހިމެނެ އެވެ.
އެ ޕާސްޕޯޓް ކާޑު ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭއިރު އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ.
އީ ސާވިސް ބޭނުންކުރާ ބޭރުގެ ކޮންމެ ގައުމެއްގައި ޕާސްޕޯޓު ކާޑު ބޭނުންކުރެވުނަސް ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޕާސްޕޯޓު ވެސް ހިފައިގެން ދިއުމަށް އިމިގްރޭޝަނުން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަމާރު ލަންބަރު ވަން
17 September 2025
އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން ކޮންމެވެސް މޮޅުކަމެއްކޮއްލާފަ އަލުން ތި ހުޅުވާނެ. ހަވާވެސް އަރުވާނެ. ފޮނުއެރުވުމުގައި މިވަރެއްނެތް.
ބުލްބުލްބުލް
17 September 2025
ރައީސް ޔާމީނަކީ އިނޮވޭޓިވް މައިންޑެއް. މިއީ އަސްލު ދުނިޔޭގަވެސް ފުރަތަމަ. އަދި މިކަން ފުޅާވެސް ކުރެވިދާނެ. އެކަމު ޔާމީނު ކުރީމަ ދޯ. އެބައިންގޮތެއް، އަލުން އިފްތިތާހް ކޮށްލާ ދަރުމަވަންތަ ހޮސްޕިޓަލް ވެސް ހުޅުވިގޮތަށް.
ސުއްބުން
17 September 2025
އަސްލުވެސް... އިނޮވޭޓިވްކަމުންގެސް ދައުލަތައް ވަންނަންޖެހޭ ލާރި ނުފުށުގައި ސޮއި ކޮށްލާފައި އެސްއޯއެފަށް ކަހާލައި ލޯންޑަރީ ބުރެއް އަޅާލާފައި އަންބުރާ އައިސް އަމިއްލަ އެކައުންޓަށް ނޫނީ ދަބަސް ދަބަހުގައި އަމިއްލަ ގެއަށް ވަންނަ ކަހަލަ އީޖާދެއްވެސް އެމަނިކުފާނުގެ އިންވޭޓިވް މައިންޑުން އުފަންކުރުވި.