ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ފުލިދޫއަށް ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
19 ސެޕްޓެމްބަރ 2025 - 22:33
މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކަމެއް ކުރުމަށް މާލެއަށް ދާންޖެހޭ ސިޔާސަތު ބަދަލުކޮށް، ކޮންމެ ރައްޔިތަކަށް ވެސް ރަށްރަށުން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފެލިދޫއަށް ރައީސް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމް ހުޅުވުމާއި އައިޑީކާޑާއި ޕާސްޕޯޓު ހިދުމަތް ފެށުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި، ރައީސް ވިދާޅުވީ ސަރުކާރުން އެފަދަ ކަންކަން ރަށްރަށުގައި ކުރަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ.
"ކުރީގައި މި ވާގޮތަކީ މާލެއަށް ހުރިހާ ކަމެއް ވެސް ބަރޯސާ ވާން ޖެހެނީ. އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީ. އެހެންވެ ކޮންމެ ރަށެއްގައި އޭޓީއެމް ވެސް މި ހަދަނީ. އޭޓީއެމް ގާއިމް ކުރުމުން 200ރ. ނުވަތަ 100ރ. ނަގަން ކުރިން ޖީބުން ހަރަދު ކުރަން އެ ޖެހުނު ޖެހުން ނިމުމަކަށް އައިސް ވަރަށް ބޮޑެތި ފަސޭހަތައް އެބަ ލިބިގެންދޭ،" ރައީސް ވިދަޅުވި އެވެ.
"މާލޭގައި އުޅޭ މީހެކޭ، އެންމެ ކުޑަ ރަށެއްގައި އުޅޭ މީހެކޭ ހަމަހަމަ ވީ އެ ހިސާބުން. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަޅުގަނޑު އަމަލީ ގޮތުން ތަންފީޒުކުރާ ފަލްސަފާއަކީ ވެސް ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެކޭ."
އައިޑީކާޑުގެ ހިދުމަތް މަދުވެގެން ކޮންމެ އަތޮޅެއްގެ އެއް ރަށުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު އަންނަ މަސް ނިމުމުގެ ކުރިން ފުއްދަވައި ނިންމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ރަށުގައި ހުރެގެން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތެއް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ ސަބަބުން ރައްޔިތުންގެ ޖީބުން ވަރަށް ބޮޑެތި ހަރަދުތަކެއް ސަލާމަތްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިޓީގައި ހަމަހަމަވާންޖެހޭ
20 September 2025
މާލެއަކީ ސިޓީއެއް، ދެެންހުރި އެއްވެސް ސިޓީއެއްގައި އެނިޒާމު އެބައޮތްބާ؟ ސިޓީއެއްވިއްޔާ މާލެ ސިޓީއިން އޮންނަ ކަންކަން ވާންޖެހޭނެ. ގޮފިތައް ހުންނަންވާނެ. އެކަމެއް އެހެނެއް ނުވޭ. މާލެ އަށް ކަންކަން ބައްކުރަންޏާ ރައްރަށުގައި މޮޅު ވައުދުތައް ނުވަމާތޯ؟ މާލެ ހަމަ ބައްކޮށްގެން ކުރިއަށްގެންދޭ. އަނދުން އަޅުވަން އުޅުއްވާ ގޮތައް ކަންކަން ކުރުމުން ކަމަކު ނުދޭ ދެއްތޯ؟ ގޯސް ނިންމުންތައް މާ ގިނަ، ރަނގަޅުވާ މަންޒަރެއް ނުފެނޭ. ފެންނަމުންދަނީ ޚުދުމުޚްތާރުކަން.
މުޑަހަންޖާ
20 September 2025
ކޮންމެ ރަށެއްގައި އޭޓީއެމެއް ބެހެއްޓީމާ "މާލޭގައި އުޅޭ މީހެކޭ، އެންމެ ކުޑަ ރަށެއްގައި އުޅޭ މީހެކޭ ހަމަހަމަ ވީ އެ ހިސާބުން". ދެން އަހަރެމެން އިތުރަށް ދައްކާނެ ވާހަކައެއްނެތް މިއަކު.
އަފްރާސިޔާބު
20 September 2025
އެއީ ރައީސް ދެއްކިއަސް ރަނގަޅުވާހަކައެއް. މިހާރު އަތޮޅު ތެރޭގެ ރަށްރަށުގައި ލިބެނީ 5ސްޓާ ފެންވަރުގެ ޚިދުމަތް. މާލެއާއި މާލެ ސަރަހައްދުން ލިބެނީ 3ސްޓާ ފެންވަރުގެ ޚިދުމަތް. ސްޓާ ގިނަވާވަރަކަށް ދެވޭ ޚިދުމަތުގެ އަގު ބޮޑުވާނެ. ދެވޭ ޚިދުމަތުގެ އަގުބޮޑުވަނީ އެކަމަށް އޮންނަ ޑިމާންޑާހެދި. ޑިމާންޑް ބޮޑުވަނީ އެތަން ތަރައްގީވެ ކުރިއެރީމާ. ރައްޔިތުން ބޭނުންވާނަމަ 9ސްޓާ އަށް ޚިދުމަތުގެ އަގުމައްޗަށް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއް.