ހަލީލް ވަނީ ހަމަހަމަކަމާ އެކު އދ. ގެ މެމްބަރު ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި.
ފޮރިން މިނިސްޓަރު ހަލީލް އދ. ގެ އާންމު މަޖިލިހުގެ ބައްދަލުވުމުގައި އިއްޔެ ތަގުރީރު ކުރައްވަނީ.
28 ސެޕްޓެމްބަރ 2025 - 06:38
ބާރުގަދަ ބައެއް ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނު ނުހިންގޭތީ، ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމުގެ އިންޒާރު ރާއްޖޭން އިއްޔެ ދީފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ހަމަހަމަކަމާ އެކު، އދ. ގެ މެމްބަރު ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެކަމުގެ ސާފު މިސާލެއްގެ ގޮތުގައި، ހަލީލް ނެންގެވީ، ފަލަސްތީނުގައި އެއްވެސް ޖެހިލުމެއް ނެތި އިޒްރޭލުން ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުންދާ ގަތުލުއާއްމެވެ.
މިގޮތުން، އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި، އދ.އިން ފާސްކޮށްފައިވާ އެތަކެއް ގަރާރުތަކާއި ބައިނަލްއަގުވާމީ ކޯޓުތަކުން ނެރެފައިވާ އަމުރުތަކަށް ގޮންޖަހަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
Spoke at the General Debate of #UNGA80.
— Abdulla Khaleel (@abkhaleel) September 27, 2025
In my statement, I reflected on our enduring trust in multilateralism, and the promise that sovereignty matters, borders are respected, and every country has an equal voice, and an equal say in making decisions that affects their future.… pic.twitter.com/9zOMfTnzyT
"މީގައި އެންމެ ބޮޑު ނިފާގު ކަމަކީ، މި ގަތުލުއާއްމު ހިންގުމަށް ވާގިވެރިވެ، ހަތިޔާރާއި އެހީ ފޯރުކޮށްދެމުންދަނީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެންމެ ވަރުގަދަ އަށް ވަކާލާތުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ވުޖޫދު ކުރުމުގެ ފަހަތުގައި ތިބި ގައުމުތައް ކަން،" އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ މުސްލިމުންގެ ނިކަމެތި ހާލަތު ނުފެންނަކަމަށް ހަދައި، ހުއްޓުމެއްނެތި ލާއިންސާނީ ޖަރީމާތައް ހިންގަން އިޒްރޭލަށް ފުރުސަތު ދީގެން ތިބުމަކީ، މި "ގަރުނުގެ އެންމެ ބޮޑު ލަދު"ގެ ގޮތުގައި ހަލީލް ސިފަކުރެއްވި އެވެ.
ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑުގަދަވާ ނަމަ އެއްވެސް ގައުމެއްގެ ބޯޑަރަށް ސަލާމަތެއް ނެތް ކަން މިއިން ކޮންމެ ހަމަލާއަކުން ސާފުވޭ،"--- މިނިސްޓަރު
މި ޖަރީމާތައް ހުއްޓުވަން ދުނިޔެއިން ނުކުޅެދުމުގެ ނަތީޖާއަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ގަތަރާއި ސޫރިޔާ، ޖޯޑަން، ޔަމަނު އަދި އީރާނާ ހަމައަށް ވެސް ފޯރުމެވެ.
"ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑުގަދަވާ ނަމަ އެއްވެސް ގައުމެއްގެ ބޯޑަރަށް ސަލާމަތެއް ނެތް ކަން މިއިން ކޮންމެ ހަމަލާއަކުން ސާފުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ގާނޫނުގެ ބާރު ނުހިނގާ ދުނިޔެއެއްގެ ބިރުވެރި މުސްތަގުބަލު ސިފަކޮށްދެއްވަމުން، ހަލީލް ވަނީ އދ. ގެ އޮނިގަނޑު އިސްލާހުކޮށް، ހަމަހަމަކަމާއި އިންސާފު ގާއިމުކުރަން އަވަސްވެގަތުމަށް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒުވާނީ
28 September 2025
ވަރަށް ސާފު އިޒުރޭލާއި އިނިޔާވެރި ޖައްބާރު ކަމާއި ދެކޮޅަށް އަޑުއުފުލުމާއި އަދި އެއަނިޔާވެރިކަން ދުނިޔެއަށް ހާމަކޮށް ދިނުމަށް މަސައްކަށް ކުރުމަކީ ކުރަންޖެހޭކަމެއް. އަހަރެމެން އެކަމަށް ތާއީދު ކުރަން ނުވިސްނޭ އިންސާނިއްޔަތު ކަމެއްނެތް ބަޔަކު ނޫނީ އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތަކީ ބޭކާރު ކަމަކަށް ހަދާ ކޮމެންޓެއް ނުކުރާނެ
ކަރީމު
28 September 2025
އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްތީނަށް ތާއިދުކޮށް އިންސާފަށް އަޑު އުފުލަން ދުނިޔޭގެ އެއްމެ ބޮޑު މަޖުލީހުގައި އަހަރެމެން ތަމްސީލުކުރާ ގައުމުން ބައިވެރި ވުމަކީ ފަޚުރެއް، އަދި ޝަރަފެއް. މިއީ ބޭކާރު ޚަރަދެއްނޫން. އިންސާނީ ވަންތަކަމާއި ހެޔޮޚުލްގެއް ހުރި އެކަކުވެސް ބަނޑަށް މަރުވަމުންދާ ކުޑަކުދިންނާއި، އެމީހުްނގެ ކުށެއްނެތް މައިން ބަފައިނާއި ލޯބިވާ އާއިލާ މަރަމުން ގެދޮރު ސުއްނާފަތި ކުރަމުންދާއިރު އަސަރު ނުކުރާނީ ކޮންކަހަލަ ހިތަކަށް ތޯ؟
ޑެބީ
28 September 2025
ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުގެ އިތުބާރުވެސް މިވަނީ ގެެއްލިފައި.
ކޮން
28 September 2025
މަށަކަށް ނުގެއްލޭ
ޛޖޖޖޖ
28 September 2025
މިހާރު މިއޮތް ސަރުކާރަށް %100 ޕަސެންޓް މަގޭ އިތުބާރު އެބައޮތް.
ކޮންމެ މީހަކު ވަކިން
28 September 2025
ކޮމެންޓްތަކުން އެނގިއްޖެ ފަލަސްތީނުގެ ބަނޑަށް މެރުމާ ކަތިލުން ހިމާޔަތް ކުރެވެން ނެތް ސަބަބު. ކޮންމެ މުސްލިމު ގައުމެއްގެ ރައްޔިތުން ބޭނުނީ އޭގެކުރިން އެމީހުންގެ އަމިއްލަ ސިޔާސީ ނޭނުންތަކާ މާއްދީ އެދުންތައް ފުރާފުރިހަމަވާން!! ފައިދަށުން ޕެޓްރޯލް އޮހޭ ގައުމުތަކާ ދެންތިބި ގައުމުތައްވެސް. އަމިއްލަ އެދުމުގެ ވާހަކަ ދައްކަންވެސް އެކަށޭނަ ވަގުތާ އެނޫން ވަގުތު އޮންނާނެ.
ދަގަތްފާނު
28 September 2025
ބޮޑެތި ހަރަދުކޮށްގެން ދަތުރު ހަދައިގެން އެހިސާބަށް ގޮއްސަވެސް ޒާތްޒާތުގެ ތާކުންތާކުނުޖެހޭ ވާހަކަ ދެއްކުމުގެ ބަދަލުގައި އައްޑޫ ކަރަންޓު ކެނޑޭ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ނުގެނައިމަ އަހަރެމެން މިތިބީ މާޔޫސްވެފަ.
ކަންޒީ
28 September 2025
ދަގަތްފާނު ބުނަތަ ވާހަކައެއް؟ އެއްއުއްމަތެއްގެ އަޚުންނާއި އުޚުތުންގެ ލޭކޯރު ކުށެއް ނެތި ދެމިގެން ދާއިރު އެއްކަމަށް އަސަރެއް ނުކުރޭތަ؟ އެއް،މެ ކުޑަމިނުން އިއްސާނިއްޔަތުކަން ކޮބާތޯ؟ ކުޑަކުދިންނާއި އަހަރެމެންކަހަލަ އިންސާނުން ގަސްތުގަ ބަޑަށް ޖައްސާލާ މަރަމުން ދާއިރު ކަލޭ ކަންބޮޑުވަނީ އެވާހަކަ ކުށްވެރިކޮށް ވާހަކަ ދެއްކީމަތަ؟ އިރުކޮޅަކަށް ކަރަންޓު ދިޔާމަތަ؟ ސިޔާސީ ވިޔަސް ބޮޑުވަރު
މުސްލިމުން
28 September 2025
ދަގައްފާނު ގެ ލަދުހަޔާތްކުޑަކަމާއި ގޮތެއްފޮތެއް ނެއްތާގައި އިންސާނިއްޔަތު ކަމެއްވެސް ނެއްކަން. އާރެއް ބާރެއް ނެތް މުސްލިމު އަޙުންތަކެއްގެ ފުރާނަޔަށްވުރެ ކަލެޔަށް މުހިއްމުތިޔަވީ ކަރަންޓު. ކަލޭވާ ތި ހުންނަނީ ކައިގެން ބޮއެގެން. ގެދޮރު އެބައޮތް. އާއިލާ ތިބީ ހެޔޮހާލުގަ. ޝުކުރުވެރި ވެބަލަ.
ބަބޫން.
28 September 2025
މަ ދޭނަން ކަލެއަށް ދެކޮޅު ޓިކެޓާ ހުރުމާ ކެއުމާ ދަތުރުކުރުމުގެ ހަރަދު އަދި ނިވް ޔޯކްގެ ޝޮޕިން މޯލްތަކުން ވިޔަފާރި ކުރުމުގެ ހަރަދުވެސް. އަވަހަށް އެކޮޅަށް ގޮސް ތިވާހަކަ ދައްކާފަ އާދޭ..
ށސ11
28 September 2025
ހަމަނޭންގެނީތަ ހުޅަނގުން ދުނިޔޭގައި ހަންފަތުރަން ބޭނުންކުރާ "ހަތިޔާރެއް" ކަމަށް ތިޔަބުނާ އޯޑަރ އަކީ، އަހަރެމެން އެޔަށް ތަބާވާން އަމުރުކުރާއިރު އެމެރިކާ، ހހޅަނގު އަދި އިޒުރޭލަކުން ތަބާނުވޭ
78
28 September 2025
ރާއްޖޭގަ ވެސް ވަނީ މިހެން. އެ އިރެއްގަ އޮންނަ ސަރުކާރެއްގެ ތެރޭގަ ތިބޭ ބާރު ގަދަ މީހުންގެ މައްޗަކަށް ޤާނޫނެއް ނުހިނގަ, އެހެންވެ ސަރުކާރު ތަކަށް ރައްޔިތުންގެ އިބާރު ގެއްލިއްޖެ.
އޮނަރަބްލް އަފީފު ދީދީ
28 September 2025
މަރަށް ފުރާނައަށް ބެލުމެއްނެތި ނިކުމެ 30 އަހަރުގެ ޙުދުމުޙުތާރު ވެރިކަމެއް ވައްޓާލާ ދިވެހި ރައްޔިތުން ހޯދައިގަތް މަލްޓިޕާޓީ ޑެމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި، ރާއްޖޭގައި ވެރިކަން ކުރާން ނިންމި ޔުނިޓަރީ ރިޔާސީ ނިޒާމްގެ މަތިންވެސް ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލިގެން ހިގައްޖެ. އަދި ވެރިކަމާއި ޙިވާލުވާ މީހުން ހިތު ހުރިބަދަލު ތަކެއް ގެނެސް ޤާނޫނުއަސާސީދައި ބުނެ އަމުރު ކޮށްފައި އޮތް ލާމަރުކަޒީ އިދާރީގޮތަށް ރާއްޖެހިންގުމަށް އޮތް އުސޫލުވެސް ފުޑާލައިފި.
ޑރ. ބަނާ ނާ
28 September 2025
ވާހަކަ ދައްކަންވާ ވަގުތާ ހާލަތު ނޭންގި ތިހެން އުޅޭ މީހުން ވެސް މާގިނައީ. އަދި ރަނގަޅު ކަމެއްވެސް އަމިއްލަ ޒާތީ ހާސަރުތައް ނުލާ ނުވެސް ބުނެވެނީ..
ކޮން
28 September 2025
ތިޔަ ބުނާ 30 އަހަރުގެ ކުރިން މިރާއްޖޭގަ ވެރިކަމެއް ނުކުރޭތަ؟
56755
28 September 2025
ކޮން، އޭނަ އެހުރީ ޒަމާނުގެ ވަކިހިސާބެއްގަ ތާށިވެފަ. ޢެވަގުތު ހިނގިކަންކަން އޭނާއަށް ކިޔޭނީ. އިގްނޯ ކޮށްލާ.
އަސްލީ
28 September 2025
ފުރަތަމަ ޚަލީލް މެން މި ގައުމުގައި އިންސާފް ގާއިމު ކުރަންވީ. ޚަލީލް މެންނަށް ބާރު އޮތީމާ ބޭނުންހާ ގޮތެއް މި ގައުމުގެ ރައްޔިތުނނަށް ހަދަމުން ތި ދަނީ.
ހހހހހ
28 September 2025
ކޮބައިތަ ތި ކިޔާ އިންސާފަކީ؟ އެ ބުނީމަ ނު އެގާއިމް ކުރެވޭނީ.
އިބްރާމް
28 September 2025
އަމިއްލަ ނަފްސުގެ ޢަމަލުތަކާއި، 'ބައިވެރިވެހުރި ބާރުވެރީން'ގެ ބާރާއި ނުފޫޒުން ހިންގަމުންދާ ޖަރީމާތަކާއި އެއިން ނުކުންނަމުންދާ ނަތީޖާތަކަށް ރިޢާޔަތް ކޮށްލަމާ... އެންމެ އިސްކޮށް!!!؟؟؟