ކ. ގުރައިދޫގައި ހުންނަ، ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓާ މީހަކު އިށީނދެލައިގެން: ގދ. ހޯނޑެއްދޫގައި، އެކަނިވެރި ބަލި މީހަކު ބަލާނެ ގޮތެއް ނެތް މައްސަލައެއް ވަނީ ފެންމަތިވެފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
07 އޮކްޓޯބަރ 2025 - 09:58
ގދ. ހޯނޑެއްދޫގައި ބަލާނެ މީހަކު ނެތި އުޅެމުން އަންނަ އުމުރުން ދުވަސްވީ މީހާއާ އެކު ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މީހާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ ރަށުގެ 64 އަހަރުގެ އަންހެނަކަށް ފަރުވާދޭން، އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިދިޔަ މަހު ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް އެތަނުގައި މަސް ދުވަހު ފަރުވާ ދިނުމަށް ފަހު ވަނީ ރަށަށް ފޮނުވާލައިފަ އެވެ.
އެކަމަކު، ދަރިއަކު ވެސް އެމީހާއަަށް އަޅާލާނެ މީހަކު ނެތެވެ. ދުނިޔޭގައި ހުރި 73 އަހަރުގެ ފިރިމީހާ ވެސް ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަނބިމީހާ ބެލުމަށް ވަނީ ނުކުޅެދިފަ އެވެ.
އެ މައްސަލާގައި ސުވާލުކުރުމުން ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ވިދާޅުވީ އެކަން މިނިސްްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން އެ މީހާއާ އެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކައުންސިލާއި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު އެ މީހާގެ ހާލަތު ބެލުމާއި އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުން،" ލަހުފާ ވިދާޅުވި އެވެ.
ހޯނޑެއްދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އަންހެން މީހާ ރަށަށް ގެންދިޔައީ ސަރުކާރުގެ ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ކަމަށެވެ.
މިނިސްޓްރީގެ އެހީގައި އޭނާ ރަށަށް ގެންދިއުމަށް ފަހު ފުރަތަމަ ބެހެއްޓީ ހެލްތު ސެންޓަރުގަ އެވެ. އެ ދުވަސްތަކުގައި ކާން ދިނީ އެތަނުގައި އުޅޭ މުވައްޒަފުންނެވެ. އެކަމަކު އެޑްމިޓްނުކުރާތީ އޭނާއަށް ދެވޭނެ ފަރުވާއެއް ނެތިގެން ގެއަށް ފޮނުވާލީ އެވެ. ކުރިން އަމިއްލައަށް ހިނގައި އުޅުނު އެ މީހާއަށް، މި ފަހުން އުޅެވެނީ އެހެން މީހުންގެ އެހީގަ އެވެ.
ކައުންސިލުން ބުނި ގޮތުގައި އެމީހާ ރަށަށް ގެންދިޔައީ ވެސް، އެ މީހާ މަރުކަޒުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހޯނޑެއްދޫ ކައުންސިލާއި ސިއްހީ މަރުކަޒުން، ހެލްތު މިނިސްޓްރީ އާއި ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގައި މިދިޔަ މަހުގެ 11 ގައި އެދިފައިވަނިކޮށެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަމިއްލައަށް ނޫޅެވޭ މީހުން ބެލެހެއްޓުމަކީ ސޯޝަލް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު އެފަދަ އެހީތެރިކަން ބޭނުންވާ މީހަކަށް އަޅާނުލައި ދޫކޮށްލުމުން ހޯނޑެއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެކަމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމްސިއްޔާ
08 October 2025
ރަނގަޅަށްވިއްޔާ ލިބޭ 5000 ރުފިޔާވެސް ކޮންމެސް މީހަކު ... ކޮންމެކަމެއް ސަރުކާރުގެ ބޮލަށް ޖެހުމަކުން ނުފުދޭނެ.
ހޭބަލި
11 October 2025
64 އަކީ 65އަކަށްވުރެ ކުޑަ އަދަދެއް
ކޮކޮރޮ
07 October 2025
ހާލު ބަލަމޭ ބުނީމަ ނޫސްވެރިންވެސް ފުއްދާލީ. ތަފުސިލެއް ނެތެއްނު. މަށަށްވެސް (ނޫސް ބަލައިގެން) އެމީހާގެ ޙަލު ބަލަމުންނޭ މިދަނީ ބުނެވިދާނެ. މަށަށްވެސް މުސާރަދީ އެެހެންވީމަ!!!
ވަރަށްހަޑި
07 October 2025
ވާ ގޮތަކީ ތިތަން ތާ ތިބެނީ ހުސް ރީތިވެގެން ކަމެއް ނުކޮށް ތިބެން ބޭނުންވާ މީހުން. މަސައްކަތް ކުރަން ތިބޭ މީހުނަށް ވުރެން މޮޅެތި ހިޔާލުފުޅުތައް ދޭ މީހުން ގިނައީ. މަސައްކަތުގެ އެއްވެސް އާޖުފާޖެއް ނުހުރޭ. ހުސް އަނގަ އިން ހިފަހައްޓަނީ. މުސާރަ ލިބޭ ވިއްޔާ. ހީވަނީ އޮފީސް ހެދީ ބަޔަކަށް މުސާރަ ދޭންހެން. ހަނދާނެއް ނުހުރޭ ވަޒީފާ ދީފަ ތިބި ވަކި ޒިންމާ އަކާ އެކީ ހިދުމަތެއް ދޭންކަމެއް. ރަގަޅު މަޖިލިސް އެއް އޮތްނަމަ މިނިސްޓަރު މިހާރު އިސްތިއުފާ ދޭނެ.
ގުދުގުދާބެއްޔާ
07 October 2025
މިކަމުގަ ވާރިސުމީހާ ޒިންމާ ކުރަން ގާނޫގައި ލިޔެފައި ލާޒިމް ކުރަންވީ! އިހްމާލު ވެއްޖެނަމަ އުގޫބާތް ކަނޑައަޅަންވީ! ވާރުތަ މުދާ ބޭނުންވީމަ އަދި ގެދޮރުހުރިނަމަ މަރުވެއްޖެނަމަ ވާރުތަވެރިޔާ ތެޅިގަންނާނެ އެތަކެތި ހޯދަން! އެކަމަކު ބަލިވެ އަޅާލާނެ މީހަކުނެތްނަމަ އެއްކަލަ ވާރުތަވެރިމީހާ ކަހާތަން ހިރުވާވެސް ނުލާނެ!
މުލްކީ
07 October 2025
މާލޭގައި ހުންނަ މިނިސްޓްރީން ގާތުން ބަލަންތޯ އެއްވެސް ވަސީލަތެއް ނެތް މާލެއާ އެތައް ސަތޭކަ މޭލެއްގެ ދުރުގައި އޮތް ރަށަކަށް ފޮނުވާލީ، ރާއްޖެތެރޭގެ ގިނަ ހެލްތު ސެންޓަރުތަކަކީ ޑިއުޓީ ޝިފްޓަށް ގިނަ ފަހަރު މުވައްޒަފުން ހަމަނުވާ ތަންތަން،