ވިޔަފާރި / ޕްރޮމޯޝަނަލް ނިއުސް

ދިވެހި އިންވެސްޓްމަންޓުގެ "ނަފާ ފަންޑު" އިފްތިތާހުކޮށްފި

08 އޮކްޓޯބަރ 2025 - 18:02

ކުރު ރާސްތާގެ ރައްކާތެރި އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްގެން "ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" (ދިނަފް) ލޯންޗުކޮށްފި އެވެ.

މިއަދު ބާސެލޯ ނަސަންދުރާގައި އޮތް ހަފްލާގައި، ރާއްޖޭގެ ފުރަތަމަ ޝޯޓް-ޑިއުރޭޝަން އިންވެސްޓްމަންޓް ޕްލެޓްފޯމް "ދިނަފް"، އިފްތިތާހު ކޮށްދެއްވީ ދިވެހި އިންވެސްޓްމަންޓުގެ ޗެއާމަން އަބްދުލްވާހިދު ތައުފީގެވެ.

މި ފަންޑު ލޯންޗުކޮށްދެއްވުމަށް ފަހު ވާހިދު ވަނީ "ދިނަފް" އަކީ ރާއްޖޭގެ ކެޕިޓަލް އިންވެސްޓްމަންޓް ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުންޏަކީ އިންވެސްޓަރުންނާއި އިންވެސްޓްމަންޓު ބޭނުންވާ ފަރާތްތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ކުންފުންޏަކަށް ވާއިރު، މިއަދު ލޯންޗުކުރި ފަންޑަކީ އެ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ޝޯޓް ޓާމް އިންވެސްޓްމަންޓު ފަންޑަކުން އެންމެ ރަނގަޅު ރިޓާން ލިބޭނެ ފަންޑުކަމަށް ވިދާޅުވި އެވެ.

ދިވެހި އިންވެސްޓްމަންޓުގެ ޗެއާމަން އަބްދުލްވާހިދު ތައުފީގު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވީ މި ވަގުތު ޝޯޓް ޓާމް އިންވެސްޓްމަންޓު ފަންޑު ލޯންޗުކުރި ނަމަވެސް، މުސްތަގުބަލުގައި ލޯންގް ޓާމްކޮށް އަދި ވަކި ޕްރޮޖެކްޓުތަކަށް ހާއްސަކޮށް ފަންޑު ލޯންޗުކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ދިވެހި އިންވެސްޓްމަންޓުން މަސައްކަތް ކުރަމުން އަންނަނީ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންޝަލް ހިދުމަތްތައް ލޯންޗު ކުރުމަށް ބޭނުންވާ އިތުރު ލައިސަސްތައް ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

"ދިނަފް" އަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރިޓާން ލިބޭ ގޮތަށް އިންވެސްޓުކުރަން ލިބޭ ފުރުސަތެކެވެ. ޕްރައިވެޓް އިންވެސްޓަރުންނަށް ހުޅުވާލައި، ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކަށް ވުރެ ރަނގަޅު ރިޓާންއެއް ލިބޭ ގޮތަށް، އިންވެސްޓަރުންނަށް އިންވެސްޓުމަންޓުތައް ޑައިވާސިފައި ކުރެވޭނެހެން މީގައި ވަނީ ފަރުމާކޮށްފަ އެވެ.

މި ފަންޑުގެ ދަށުން ސްޓްރަކްޗާޑް ފައިނޭންސިން އިންސްޓްރޫމަންޓުތައް މެދުވެރިކޮށް ރަނގަޅު ރިޓާންއެއް ލިބޭނެ ގޮތަށް ރިއަލްއެސްޓޭޓް، ކޮންސްޓްރަކްޝަން، ޓޫރިޒަމް، ހޮސްޕިޓާލިޓީ، އިންފްރާސްޓްރަކްޗާ އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކަށް ފައިނޭންސިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"ދިނަފް" ލޯންޗުކުރުމަށް އޮތް ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނަސީރު ވިދާޅުވީ "ދިނަފް"އަކީ ރައްކާތެރި އިންވެސްޓްމަންޓު ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހޯދާ ދިނުމަށް ލޯންޗުކުރި ފަންޑެއް ކަމަށެވެ. އަދި ދިވެހި އިންވެސްޓްމަންޓުން މަސައްކަތް ކުރަމުން އަންނަނީ ޝަރީއާ ކައުންސިލެއް ގާއިމުކޮށް ޝަރީއާ ކޮމްޕްލަޔަންޓް ގިނަ ޕްރޮޑަކްޓުތަކެއް މާކެޓަށް ނެރުމަށް ކަމަށް ވިދާޅުވި އެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ފާހަގަކޮށްލެވޭ އިންވެސްޓްމަންޓް އެޑްވައިޒަރީ ކުންފުންޏެކެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 9%
icon inlove icon inlove 45%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454