އެލްޖީއިން ޕްރޯ އޭސީއާ އެކު ބޭއްވި ހާއްސަ ކޮންފަރެންސް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
19 އޮކްޓޯބަރ 2025 - 11:20
ރާއްޖޭގައި އެލްޖީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއް ކަމަށްވާ އެލްޖީއިން ހާއްސަ ކޮންފަރެންސެއް ބާއްވައިފި އެވެ.
ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި އޮތް އެ ކޮންފަރެންސްގައި އެލްޖީ ކުންފުނީގެ އިސްވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ އެކި ކުންފުނިތަކުން ބައިވެރިވި އެވެ. އެ ކޮންފަރެންސަކީ ދިވެހި މާކެޓަށް އެލްޖީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތުތައް ހިއްސާކޮށް، ރާއްޖޭގައި އޭސީގެ އެކި ހިދުމަތްތައް ދޭ ފަރާތްތަކަށް އެލްޖީއާ ގުޅޭ އެކި މައުލޫމާތުތައް ހިއްސާކުރުމެވެ. އެ ކޮންފަރެންސްގައި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެލްޖީ ބްރޭންޑާއި އެ ބްރޭންޑުގެ އެކި އުފެއްދުންތަކާއި ގުޅޭ ގޮތުން ހުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި ހާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޕްރޯ އޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު އާއި އެލްޖީގެ ބައެއް އިސްވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ކޮންފަރެންސްގައި އެލްޖީ މަލްޓި ވީ އައި އޭސީ ޕްރޯ އޭސީއާ އެކު އެލްޖީއިން ރާއްޖޭގެ މާކެޓަށް ވަނީ ތައާރަފްކޮށްފަ އެވެ. އޭއި ޓެކްނޮލަޖީ ހިމެނޭ މި އޭސީއަކީ ތަނުގައި ހުރި މީހުންގެ އަދަދާއި ތަނުގެ ހިއުމިޑިޓީ އަދި ޓެމްޕަރޭޗާ ދެނެގަނެ، އެތަނަކަށް އެންމެ އެކަށީގެންވާ ފިނި ހޫނުމިން އެޖަސްޓުކޮށްދޭ އޭސީއެކެވެ. މިއީ އާއްމު އޭސީތަކަށް ވުރެ 2.6 ޑީބީއަށް އަޑު މަޑު، 12 ޕަސެންޓާ ހަމައަށް އެނާޖީ އެފިޝެންޓު އޭސީ އެކެވެ.
އެލްޖީ ކޮންފަރެންސްގައި މަލްޓި ވީ އައި އޭސީ ލޯންޗުކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އޭސީ މިހާރު ޕްރޯ އޭސީއިން ލިބެން ހުންނާނެ އެވެ. ޕްރޯ އޭސީއިން އޭސީ ވިއްކުމުގެ އިތުރުން އިންސްޓޯލްކުރުމާއި މެއިންޓެނެންސްގެ ހިދުމަތް ދެ އެވެ. މިދިޔަ ހަފްތާގައި ޕްރޯ އޭސީއިން ވަނީ އެލްޖީގެ އޭސީތަކަށް ހާއްސަކޮށް ހުޅުމާލޭގައި ފިހާރައެއް ވެސް ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy