ޣައްޒާގައި ބިމާ ހަލާކުވެފައިވާ ގާކުނޑިތައް، އައިއޭސީން ނަގަނީ.-- ފޮޓޯ: އައިއޭސީ
27 އޮކްޓޯބަރ 2025 - 12:15
ބިމާ ހަމަވެފައިވާ ޣައްޒާގެ މަގުތަކުން ގާކުނޑިތައް ނަގައި އެ ސިޓީ އަލުން އާރާސްތުކުރުމަށް ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އެހީވާން ފަށައިފި އެވެ.
އެ ޖަމިއްޔާއިން މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޣައްޒާގެ ރިކަވަރީ ފޭސް ފަށައި، ހަލާކުކޮށްލާފައިވާ ގެތަކާއި އެއްކޮށް ބިމާހަމަކޮށްފައިވާ އިމާރާތްތަކުގެ ގާކުނޑިތައް ނެގުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
އޭގެ ތަފްސީލުތައް ހިއްސާކޮށް، އައިއޭސީގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވިދާޅުވީ އެ ޖަމިއްޔާގެ 20 ޓްރަކް ޣައްޒާގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަޒްހަދު ވިދާޅުވި ގޮތުގައި އެއީ، އައިއޭސީގެ ޓީމާއި ލޯކަލް މުނިސިޕަލްޓީތަކުގެ ބެލުމުގެ ދަށުން ކުއްޔަށް ނަގާފައިވާ ތަކެއްޗެވެ.
ޣައްޒާގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ގާކުނޑިތައް ނެގުމުގެ މަސައްކަތް އައިއޭސީން ކުރަނީ. -- ފޮޓޯ: އައިއޭސީ
އެ ޖަމިއްޔާއިން މި ވަގުތު އަންނަނީ، މުނިސިޕަލްޓީން ލަފާދީފައިވާ ގޮތަށް ޣައްޒާގެ އިތުރުން ހާން ޔޫނިސްގައި ގެއްލުން ވެފައިވާ ބޮޑެތި މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސާފުކުރުމުގެ ޕްރޮޖެކްޓަށް، އަކަމީޓަރަކަށް 2.80 ޑޮލަރު ހަރަދުވާނެ ކަމަށް އައިއޭސީން ލަފާކުރެ އެވެ. އެއީ 910 ކިލޯ މީޓަރުގެ ތެރެއިން 800 ކިލޯމީޓަރުގެ މަގު ސާފުކުރުމާއި އެ ކަމުގައި ބައިވެރިވާ މީހުންގެ މުސާރަ އާއި ތެލުގެ ހަރަދު އަދި އިދާރީ ފަދަ ކަންކަމާއެކުގައި ކަމަށް އައިއޭސީން ބުންޏެވެ.
އެ ހިސާބަށް ބަލާއިރު ހަތަރު ވަރަކަށް މީޓަރު ފުޅާމިނުގެ އެ ދިގު މިނުގެ ސަރަހައްދެއް ސާފުކުރަން ގާތްގަނޑަކަށް 8 މިލިއަން ޑޮލަރު ނުވަތަ 123 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާރޭ
27 October 2025
މިވަރަށް ޣައްޒާއިން ފައިދާވި ބަޔަކު ނޫޅޭނެ. އެހެންވީމާ ސާފުކުރުމުގަ ވެސް ވާނެ ބައިވެރިވެލަން. އެހެންނޫނީ ފޮޓޯވެސ މަދުވާނެ އެއްނު. ކޮންމެކަމެއްކޮށްފަ ފޮޓޯލާފަ ވާނެ ފޮޓޯ ތިރީގަ އެކައުންޓް ނަމްބަރު ޖަހާލަން.
ފޫހި
27 October 2025
އިންސާނިއްޔަތަށް ކަމެއްކޮށްދެންޏާ ބައެއްމީހުން ވަރަށް މޭކަރާނެ. ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް އެއީ އެކަންކޮށްދޭން ދޭބަލަ. އެކަމާ ދެކޮޅަށް ކޮމެންޓް ނުކޮށް.
ކޮންތާކުން ހޯދިލާރިއަކުންތޯ
27 October 2025
ހީވާނީ މިހެން ބުނާއިރު މިވެރިން އަމިއްލައަށް ހޯދި ލާރިއަކުން ކުރާކަމެއްހެން. ދިވެހި ރައްޔިތުންގެ ލާރި ހޯދައި، އެބޭނުންމިކުރަނީ، (1) މިވެރިން އިތުރު ލާރިހޯދަން އިސްތިހާރުކުރަން، (2) އަމިއްލައަށް މުސާރަނަގަން (3) އަމިއްލައަށް ނިންމާ ގޮތަކަށް ލާރިބަހަން. މިއީ އެނގިހުރެ ބަޔަކު ލާރިދޭނެ ސަބަބެއްނޫން. މިއަށްވުރެ އޯޑިޓްކުރާ، ސީދާ އެހީވާބަޔަކަށް ލާރިދިނުން ބުއްދިވެރި
ފަޅުމަސް
27 October 2025
އެހީއޭ ކިޔާފަ ވިޔަފާރި ކުރަނީ..
އެދުރުބޭބެ
27 October 2025
ތިވަރުން ނިންމާނުލާ، ހެއްކާ އެކު ތިވާހަކަ ކުރިޔަށް ގެންދޭ..
ޖިމީ
27 October 2025
ރައްޔިތުންގެ އަތުން ޗަންދާ ނަގައިގެން 30 -40 މިލިއަން ހޯދައިގެން އޯޑިޓް ރިޕޯޓް ނެރެނީ ނެރެނީ ގަ 4 އަހަރު.