އދ. ގެ ބައްދަލުވުމެއް ކުރިއަށްދަނީ.-- ފޮޓޯ: ފޮރިން މިނިސްޓްްރީ
06 ނޮވެމްބަރ 2025 - 23:57
ޖައްވާ ގުޅޭ އދ. ގެ ކޮމިޓީގެ މެންބަރުކަން ރާއްޖެ އިން ހޯދައިފި އެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ، ސުލްހަވެރިކަމާ އެކު، ބޭރު ޖައްވު ދިރާސާކޮށް، ބޭނުންކުރުމުގެ މަގުސަދުގައި ގައުމުތަކުގެ ދެމެދުގައި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރާ "ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސް" (ކޮޕުއަސް) އަށް ހޮވުމުން ރާއްޖެ އަށް ފުރުސަތުތައް ލިބޭނެ ކަމަށެވެ.
އޭގެ ތެރެއިން، އެ މަސައްކަތާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑު ބައްޓަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީ އާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ ކަންކަމުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ބޭރު ޖައްވުގައި އޮޕަރޭޓް ކުރާ އުޅަނދުތައް މެދުވެރިކޮށް، ރާއްޖެ އަށް ލިބޭ މައުލޫމާތާއި ޑޭޓާގެ އެހީގައި ދުރާލާ މޫސުމީ ބަދަލުތައް ދެނެގަތުމާއި ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް އަދި ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލްކަން ވަރުގަދަ ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާ އެކު، އިތުރު ފަސް ގައުމަކަށް ވަނީ ކޮޕުއަސްގެ މެމްބަރުކަން ލިބިފަ އެވެ. އެއީ ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕްރޮފެސަރ ސައިންސް
07 November 2025
ރާއްޖޭގެ ފުރަތަމަ ޖައްވީމަރުކަޒު އަޅާނީ ލ އަތޮޅުގަ ހިސާބު އިލްމަށް އެންމެ މޮޅުމީހަކު ހުރީ އެއަތޮޅުގަ
ސްޕޭސް ފޯސް
07 November 2025
ސޯލިހު ސަރުކާރުގއި އުފެއްދި އެޗްޑީސީިން ފަންޑުކުރާ ގޮތަށް ސްޕޭސް ފޯސްއެއް. އޭގެ ފަހުން އެޗްޑީސީގެ ނަން ވެސް ބަދަލުކުރި ވެރިކަން ނިމެން ކައިރިވެފަ އޮއްވާ. ކޮބާ އެފޯސް މިހާރު، އެ ފޯސްއަށޭ ކިޔާފައި ކައްވާލީ ކިހާ ފައިސާއެއް. ދިވެހިން ހަނދާން އެބަހުރިބާ.