11 ނޮވެމްބަރ 2025 - 12:04
ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހްމަދު، އޭނާގެ 100 ވަނަ މެރަތަން ފުރިހަމަ ކޮށްފި އެވެ.
މިދިޔަ މަހު ބާލިން، މެރަތަންގައި ނަސްރު ވަނީ އޭނާގެ 100 ވަނަ މެރަތަން ފުރިހަމަކޮށްފަ އެވެ.
އޭނާގެ ލިސްޓުން 100 ހަމަވެއްޖެ އެވެ. އެކަމަކު ރާއްޖޭގައި ބޭއްވި މެރަތަން ރޭސްތަކުގެތެރެއިން އެއްވެސް ރޭހެއް އެޕްރޫވެއް ނުވެ އެވެ. އެއީ 12 ރޭހެވެ.
"ރާއްޖޭގައި ބާއްވާ މެރަތަން ރޭސް އިންޓަނޭޝަނަލް މިންގަނޑަށް ނުފެތޭތީ، އެ އެޕްރޫވް ނުވަނީ،" ނަސްރު ބުންޏެވެ.
އޭނާގެ މަރަތަން ރޭސްތައް އެޕްރޫވް ކުރަން، ނަސްރު ވަނީ އެތުލެޓިކްސް އެސޯސިއޭޝަނާ ހަވާލުކޮށްފަ އެވެ. އޭނާ ބުނީ އެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރަމުންދާ ކަމަށެވެ.
އެކަމަކު ރާއްޖޭގައި ވާދަކުރި 12 ރޭސް ވެސް އެޕްރޫވް ނުވާ ކަމަށް ދިގުރާސްތާ ދުވުންތެރިންނަށް ކޯޗު ވެސް ކޮށްދޭ ނަސްރު ބުންޏެވެ.
"ރާއްޖޭގައި މެރަތަން ރޭސްތައް ބާއްވަނީ އަމިއްލަ ފަރާތްތަކުން. އެ ފަރާތްތަކުން އެބަޖެހޭ ކުރިއަށް އޮތް ތަނުގައި މެރަތަން ރޭސް ބާއްވާކަމަށްވާނަމަ އިންޓަނޭޝަނަލް މިންގަނޑުތައް ފުރިހަމަކުރަން،" ނަސްރު ބުންޏެވެ.
"އޭރު ރާއްޖޭގައި ބާއްވާ މެރަތަން ވެސް އެޕްރޫވް ލިބޭނީ."
ނަސްރު، އެންމެ ފުރަތަމަ މެރަތަންއެއްގައި ވާދަކުރީ 1999 ގައި މާލޭގައި ބޭއްވި އެމްޓީޓީސީސީ މެރަތަންގަ އެވެ. އެކަމަކު އެ މެރަތަން ވެސް އެޕްރޫވެއް ނުވެ އެވެ.
ނަސްރު ބުނީ އެޕްރޫވް އަދަދު 100 އަށް ގެންދިއުމަކީ އޭނާގެ އުއްމީދު ކަމަށެވެ.
"އެންމެ ބޮޑު އުއްމީދަކީ ސިފައިންގެ ހިދުމަތުން އަޅުގަނޑު ރިޓަޔާކުރުމުގެ ކުރިން، ފުރުސަތު ލިބިއްޖެއްޔާ އެ ޓާގެޓް ހާސިލު ކުރުން،" ނަސްރު ބުންޏެވެ.
އެ ޓާގެޓް ހަމަކުރަން 12 ރޭހުގައި އޭނާ އަދި ވާދަކުރަން ޖެހޭނެ އެވެ. އަންނަ މަހު މެލޭޝިއާގައި ބާއްވާ މެރަތަންގައި ވެސް އޭނާ ވަނީ ވާދަކުރަން ނިންމައިފަ އެވެ.
މެރަތަން ކެރިއާގައި ނަސްރުގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ވާދަކޮށް އެ ހުރިހާ މެރެތަންއެއް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. އޭނާގެ އެންމެ ކާމިޔާބު މެރަތަންއަކީ 2020 ގައި އިންޑިއާގައި ބޭއްވި ހިންދުސްތާން މެރަތަން އެވެ. އެ ރޭހުން އޭނާ ވަނީ އެއްވަނަ ހޯދާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިސީޒާ
12 November 2025
ރަގަޅުވާހަކައެއް ތީ ނަސްރު އެމްއެންޑީއެފްގައި އުޅެމުން ތިކަން ވާނީ ، އެހެން ވަޒީފާއެއްގައި އުޅެމުން ތިކަމެއް ނުވާނެ ދޯ!
ލަޔާގަތު މުހުސިން
11 November 2025
ބައެއް ފަރާތްތަކުންރޭސް ބާއްވަނީ މުއްސަނދިވާން ދުނިޔޭގެ އެހެންތަންތަނުގަ ރޭސް ބާއްވާއިރު އެގައުމުގެ ކޮންމެވެސް ފާރާތަކަށް ޗެރެޓީގެގޮތުގަ އެއްޗެއްދޭނެ މީއެހެންވެސް އޮތކަމެއްނޫން އަދިވެސް މިއުޅެނީ އެންމެފަހުން ދުވިރޭސްގެ ލާރިކޮޅު ނުލިބިގެން
ދޮހޮއްތު
11 November 2025
ވަރައް ރަނގަޅު ވާހަކައެއް .. ރާއްޖޭގެ މެރެތަންތަކައް އިންޓަނެޝަނަލް އެޕުރޫވަލް ލިބުމުން ބޭރުގެ ގިނަދުވުން ތެރިން ބައިވެރިވާނެ. ލާމު އޮތޮޅުން ނޫނީ އައްޑޫގެ ކައުނިސްލް ތަކުން އެބޮޑެތި ރައްރަށުގައި މިކަން ކޮއްދިނަމަ ފަތުރުވެރިން ދޯޅުވާނެ
ސައިނީސް
12 November 2025
ރަގަޅުވާނެ ހުޅުމާލެ ފޭސް2 އިން ގިރާވަރަށް ގުޅުނީމާ އެޕްރޫމް ވާނެ ކެއްކޮލާ
ސުދޭސް
11 November 2025
މިވެސް އެއްކަލަ ބޭކާރު އެމްއެންޑީއެފްގަ ބޮޑު މުސާރަ ކާލައިގެން 24ގަޑިއިރު މެރެތަން ދުވަން އުޅޭ މީހެން…. ދެން އެންމެން ގޮވާ މިވެނި އަހަރަކު ގައުމަށް ހިދުމަތް ކުރިއޭ….ހުސް ކުޅިވަރާ ޑްރާމާ ކުޅެންތިބޭ ބައެއް…ދެން އެކަމު މިމީހުންގެ އަނބި ދަރިންނާއި މައިން ބަފައިން އުޅޭ އެހެންމީހުންނަށް ވިސަނަދޭން މިމީހުންގެ މޮޅުކަން….
ޔޫކޭ
12 November 2025
މީނާއަކީ އެމްއެންޑިއެފްއިން މެރެތަން ދުވަން ނަގާފަ ހުރިމީހެއް، މެރެތެންގެ ބައްޕަ
ކަލޭ
12 November 2025
ކަލެއަށް ނޭގޭ ވާހަކަ ނުދައްކާ. ނަސްރު ކުރާ މަސައްކަތް ކަލެއަށް ކިޔައިދޭކަށް ނުޖެހޭ. ޢެހެން ނޫނަސް ކަލެއަށް ކީއް.