އިއްބެ، ލީގުގައި ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
22 ނޮވެމްބަރ 2025 - 23:01
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ކާމިޔާބު ކޮށްދިން ލަނޑުން އޮޑި ސްޕޯޓްސް ކްލަބުން 1-0 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފި އެވެ.
މިއީ ނިއު އަލުން މި ސީޒަންގައި އެއްވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ އިރު، އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މިއާ އެކު ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ޗެމްޕިއަން މާޒިޔާ އެވެ. ނިއު އާއި އޮޑި ވެސް ވަނީ އެއް މެޗުން ބަލިވެފަ އެވެ. އޮޑި ބަލިވީ މި ނިމުނު އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އެންމެ ފަހުން އެޓީމު ކުޅުނު މެޗުގައި މާޒިޔާ އަތުން މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭގަ އެވެ.
ލީގު ތާވަލްގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން ވެސް މޮޅުވެގެން، 24 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. އޮޑި ދެވަނައަށް ޖެހިލީ 19 ޕޮއިންޓް ހޯދައިގެންނެވެ. އަދި 17 ޕޮއިންޓް ލިބިފައިވާ ނިއު ވަނީ ތިންވަނައަށް ވެއްޓިފަ އެވެ.
މިއީ ތާރީހުގައި ވެސް މި ދެ ޓީމުގެ ރަސްމީ ފުރަތަމަ ކުރިމަތިލުމެވެ. އެންމެ ފަހުން އޮތް ދެވަނަ ޑިވިޝަންގައި ދެ ޓީމު ވާދަކުރި ނަމަވެސް ނިއު ސެމީން ކެޓުމުން ދެ ޓީމު ވާދަކުރަން ޖެހިފައެއް ނުވެ އެވެ.
މިރޭގެ މެޗުގައި ނިއުގެ ގޯލު ބެލެހެއްޓީ، އެ ޓީމުން އަލަށް ގެނައި ގޯލްކީޕަރު، ސްރީލަންކާ ގައުމީ ޓީމުގެ ކަވީޝް ފެނާންޑޯ އެވެ. މި މެޗުގެ ކުރިން ނިއު އިން އޭނާ ގެނައީ އެ ޓީމުގެ އެއް ނަމްބަރު ކީޕަރު ސާގިބް ހަނީފަށް އަނިޔާ ވުމާ ގުޅިގެންނެވެ.
މެޗުގައި އެންމެ ފުރަތަމަ ހަމަލާ އުފެއްދީ ނިއު އިންނެވެ. ނަމަވެސް ހަސަން ރާއިފް އަހުމަދު (ހަންނަ) ފުރަތަމަ ހާފުގައި ފޮނުވާލި ހަމަލާ އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ ދިފާއު ކޮށްފަ އެވެ. އަދި ހާފު ނިމެނިކޮށް އޮޑީގެ މުޒްދާން ހަސަން ފޮނުވާލި ހަމަލާއެއް ނިއުގެ ކީޕަރު ކަވީޝް ވަނީ ދިފާއު ކޮށްފަ އެވެ.
މި ހާފުގައި އޮޑީގެ ހަންގޭރީ މިޑްފީލްޑަރު ބާނަބަސް ތޮތު އަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު ރީހާން އެވެ.
އިއްބެ ލަނޑު ޖެހީ 66 ވަނަ މިނިޓުގައި، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުޒަމް ރަޝީދު ނަގައިދިން ހުރަހެއް ބޮލުން ޖަހައެވެ. މިއީ އޭނާ ލީގުގައި ޖަހައިިން ހަތަރުވަނަ ލަނޑެވެ. ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) މި މެޗުގައި ނުކުޅޭތީ އެ ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކުރީ ވެސް އިއްބެ އެވެ.
ލަނޑަށް ފަހު އޮޑިން ވަނީ ކުރިއަށް ވުރެ ބޮޑަށް ނިއުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން މުޒްދާން އާއި ކަރޯލިސް ލައުކްޒެމިސް ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް ކީޕަރު ކަވީޝް ދިފާއު ކުރި އެވެ.
މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ނިއު އަށް ނަތީޖާ އެއްވަރު ކުރަންލިބުނު ފުރުސަތުގައި ހަންނަ އަށް ރަނގަލަށް ބޯޅަ ފޮނުވާ ނުލެވި އުޅެނިކޮށް އޭނާއަށް ހުރަސް އެޅީ އަހުމަދު އައިހަމް (އައިހު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހްހްމް !،
24 November 2025
~ بِسْمِ اللهِ الرَّحْمٰنِ الرَّحِيْم ، ٱلسَّلَامُ عَلَيْكُمْ އަޅުގަނޑު މިދިވެހިރާއްޖޭގަ އިންސާނުންތަކެއް އުޅުނޯ މަހައްގޮސް މަސްނުބޭނުނީމަ ކަނޑު ނުބައި ކުރިބަޔަކު އުޅުނޭކިޔާ ހަމައެއުސޫލުން ދެޓީމް ކުޅެފަ ބަލިވީމަ ކޯޗު ގޯސްވެ ރެފްރީގޯސްވެ ކުޅުނު ދަނޑު ގޯސްވެ އެވަރުންވެސަލް އަމިއަލަ ބަލިގަބޫލު ނުކުރުން ،،، إن شاء الله ،،
ފުޓުބޯޅަފޭން
23 November 2025
ފުޓުބޯޅައޭ ކިޔާފަ ކިތަމެ އަނގަފުޅާކޮށްފަ ވާހަކަދެއްކިޔަސް ސުޒޭނަކީ ފުޓުބޯޅައިގެ އުރުއްޕެއް ވެސް އެނގޭ މީހެއް ނޫން. ސެންޓޭ އަށް ނުކުޅޭވޭ ދުވަހެއްގަ ނިއުރޭޑިއަންޓު މޮޅުނުވުމާއި ގެންނަ ތާކުން ތާކު ނުޖެހޭ ބަދަލުތަކުން އެކަނިވެސް ސުޒޭނަށް އެއްޗެއް ނޭގޭކަން ހާމަވޭ. ނިއުރޭޑިއަންޓުން ކާމިޔާބެއް ބޭނުންނަމަ ވީ އެންމެއަވަހަކަށް ސުޒޭނު ބޭރުކޮށްފަ ރަނގަޅު ބިދޭސީ ކޯޗަކާ ފޯވާޑެއް ގެންނަންވީ. ފުޓުބޯޅައަށް ހެވެއް އެދެންޏާ ސުޒޭނު ދެން ފުޓުބޯޅައާ ދުރަށް ޖެހިލަންވީ
ޞާހިބު
23 November 2025
މީ ރޭ ނިއު ހުރިހާ ސަޕޯޓަރުންހެން ދެއްކި ވާހަކަ. މޭނޭޖްމްންޓުން އަވަސް ނިންމުންތަކެއް ނިންމަންޖެހޭ އެބަ ކާމިޔާބު ސީޒަނަކަށް ހަދަން. ސްޒޭން ކޯޗް ޕްލީޒް ރިޓެއަރ…
ކިއްލި
23 November 2025
ނިއުރޭޑިއަންޓަށް ގެއްލުން ލިބެންޏާ ވަަރަށް ދެރަވޭ. އަދި ހިތަށް ވަރަށް އަސަރުކުރޭ. އެކަމަކު ހަގީގަތަކީ ނިއުރޭޑިއަންޓަށް ކުޅެލާނޭފުރުސަތެއްނުދީ އިދިކޮޅަށް ކުޅޭ ކުޅުންތެރީން ހިތްވަރުކުރުން. ނިއުރޭޑިއަންޓުން އެބަޖެހޭ ގަދަހިތްވަރާއެކު އަދިވެސް މަސައްކަތްކުރަން. އެދެނީ އަދި އެދެވެނީ ނިއުރޭޑިއަންޓަށް ބޮޑެތި ކާމިޔާބީ ލިބުން. އިރާދަކުރެއްވިއްޔާ އަދި ވާނެ. ފަސްޓް ޑިވިޝަނަށްއަރާ ފުރަތަމަ އަހަރު ހަމަ އެހެންވެސް ވެދާނެޔޭ މިހެންވެސް ވެދާނެޔޭ.
ރަދީފްއޮފިޝަލް /
23 November 2025
މެޗަށް ފަހު ކޯޗުންގެ ކޮމެންޓްސް އާޓިކަލްގަ ހިމަނާލާނަމަ ވަރަށް ފުރިހަމަވީސް.
ބޯންބެ
23 November 2025
ސުޒޭނު ދެން އިސްތިއިއުފާ ދީ ތިމަންނަ ފުޓްބޯޅަ އައް ގުރުބާން ވީ އޭކިޔާފަ
ބޮޅުއަލީ
23 November 2025
ނިއު ރޭޑިއަންޓަކަށް ތިކަމެއް ނުވާނެ ތި ސަޅި ސުޒޭނު ލައިގެން.. ނިއު އަށް އަބަދުވެސް ރަނގަޅު ވާނީ ބޭރު ކޯޗެއް ލައިގެން !
ބުލޫ
22 November 2025
ކީފަރމިސްޓޭކުން ގޯލުވަނަސް ނިއުއަކަށް އަސްލު ރަގަޅު ގޭމެއް ނުކުޅެވޭ.
ރަށްއިތުމީހާ
22 November 2025
ލިވަރފޫލަށް ދިމާވެގެން އުޅޭމަންސަލަ ނިއުއަށްވެސް ދިމާވެގެން ތިއުޅެނި. ހެސްކިޔާފަ ހަރަދު ކުރިޔަސް ޓީމް މޮޅުނުވަންޏާ ޔޯ.
ނިޔޫރޭޑް
22 November 2025
ކީޕަރު ވިކިފަ.
ސަފޯޓަރ
22 November 2025
ލިބިފައޮތް ވަގުތާއި ހާލަތަށް ބަލާއިރު ނަތިޖާ ގޯހެއް ނޫން. ބަލިވީމަ އެވާހަކަ ދެށްކޭނެ ސެންޓޭ އެއީ ފަހުވަގުތާއި ޖެހެންދެން ވެސް ދަނޑް މަތީ ބަހަށްޓަށް ޖެހޭ ކުޅުންތެރިއެއް މެދެތެރެއަށް ޖަންސާފަ ނަމަވެސް. ބަދަލުވެސް ގެނައީ ރަގަޅަށް ކުޅުނި ދެމީހުން އެއްކޮށްބާލައިފަ ވިއްޔާ