01 ޑިސެމްބަރ 2025 - 11:15
ހުޅުމާލެ 2 ގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި ބޮޑެތި ޑިސްކައުންޓުތަކަކާ އެކު، "ފައްކާ ހަފްތާ" ސޭލް ފަށައިފި އެވެ.
މިއީ ސޮނީ ސްޕޯޓްސްގެ އެކި އައުޓްލެޓްތަކުގައި އެކި ދުވަސްވަރު ބާއްވަމުން އަންނަ ސޭލެކެވެ. އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭ މި ސޭލްގައި މިފަހަރު 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ސޭލް ކުރިއަށް ދާނީ ހުޅުމާލެ, ފޭސް 2ގެ ވިނަރެސް 4 ވަނަ ޓަވަރުގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިގައި އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ މި ސޭލް އަކީ ސޮނީ ސްޕޯޓްސް އިން ވިއްކާ މަގްބޫލު، ކޮލިޓީ ރަނގަޅު ބްރޭންޑުތަކުގެ އޮތެންޓިކް ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ގަތުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި އެ ސޭލްގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ސްޕޯޓްސް ބޫޓުން ފެށިގެން ސްޕޯޓްސްވެއާ އަދި ސްޓައިލިޝް ރީތި ހެދުންތަކުން ޑިސްކައުންޓު ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ސޮނީ ސްޕޯޓްސްގައި އެޑިޑާސް، ނައިކީ، ކުއިކްސިލްވާ، ރޮކްސީ، ބިލަބޮންގް، މެންގޯ ފަދަ ގިނަ ބްރޭންޑުތަކެއްގެ ޕްރޮޑަކްޓުތައް ހުރެ އެވެ. ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12 އަށް، މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8އިން 10 އަށް ހުޅުވާފައި ހުންނާނެ އެވެ. އަދި ހުކުރު ދުވަހު ހަވީރު 4އިން 6އަށް އަދި ރޭގަނޑު 8 އިން 10އަށް ހުޅުވާފައި ހުންނާނެ އެވެ.
މީގެ ކުރިން ވެސް ސޮނީ ސްޕޯޓްސް އިން "ފައްކާ ހަފްތާ" ގެ ނަމުގައި ވަނީ ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ދީ، ސޭލް ބާއްވައިފަ އެވެ. އެ ސޭލްތަކަށް ސޮނީ ސްޕޯޓްސްގެ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy