ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖުގައި މެމްބަރު މައުރޫފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
12 ޑިސެމްބަރ 2025 - 09:44
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖު ރޫޅާލުމުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ދޫކޮށްލަން އެ ޕާޓީން ގޮވާލައިފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި، ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ މައުރޫފާ އެކު އެހެން ދެ މީހަކު ވެސް ހައްޔަރުކުރި އެވެ.
އެކަން ކުށްވެރިކޮށް އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މީހުން ހައްޔަރުކުރި ކުރުން ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީން ބުނީ، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާއިރު، މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ފުލުހުން ހުއްޓުވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
"އެހެންކަމުން މަސްވެރިން ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ވެސް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ،" ބަޔާނުގައި އެމްޑީޕީން ބުންޏެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނި ގޮތުގައި، މެމްބަރު މައުރޫފް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށެވެ. އަދި މަސްވެރިންގެ އިހުތިޖާޖު ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށް، އެ އިހުތިޖާޖުގައި މަސްވެރިން ބޭނުންކުރި ބައެއް ދޯނިތައް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައީ ސަރުކާރުގެ "ދޯހަޅި ސިޔާސަތުތަކަށް" ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.
ބޮޑުކަންނެލީގެ މަސްވެރިން މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ކުރި އިހުތިޖާޖު ފުލުހުން ރޫޅާލީ އިއްޔެގެ މެންދުރުފަހު އެވެ. އޭގެ ފަހުން ފުލުހުންގެ އޮފިޝަލް ރޭ ވިދާޅުވީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ.
މާލޭގެ ރަސްމީ ފަލާމާ ދިމާލުން މާލޭގެ އުތުރުފަރާތަށް އެ ދޯނިފަހަރު ވައްދަން މަސްވެރިން މަސައްކަތްކުރުުމުން ފުލުހުންނާއި ސިފައިން ގުޅިގެން އެކަން ހުއްޓުވާފައިވާއިރު، ފުލުހުންގެ އޮފިޝަލް ވިދާޅުވީ، މާލެ ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ދަތި ނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އިޖާބަނުދީ، އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މި އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅު ހަދައި، މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސްއަޅަން މަސައްކަތްކޮށް މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތް ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައި ވަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށައި ހަ މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު، މާލެ އޭރިޔާގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯ އިން މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
12 December 2025
އެމްޑީޕީގެ 5 އަހަރު ނިމިގެން ދިޔައިރު ކަންނެލި މަސްވެރިންނަށް އެއްވެސް ކަމެއްކޮށްނުދެވުނު ، ވީއިރު އެއްވެސް ލަދެއްނެތި އެމްޑީޕީ އިން މުޒާހުރާ ކުރާ މަސްވެރިންނާއި ބައިވެރި ވުމަކީ ، ވަރަށް ގޮތެއްފޮތެއްނެތް ހަޑި އަމަލެއް
މިކސައ
12 December 2025
މެމްބަރު މައުރޫފު ހުރެގެން އެއަރޕޯޓަށް ދާންތިބި މީހުންނާއި އެއަރޕޯޓުން އައި މީހުންނަށް ނެރުން ވަންނަން ހުރަސް އެެޅުމަކީ ޓެރަރިޒަމްގެ އަމަލެއް، އަދަބު ލިބެންޖެހޭވަރުގެ ކުށެއް، މަޖިލީހުގެ ތަޅުމުގައި އުޅޭގޮތަށް އާއްމު ތަންތާ އުޅެވިގެންނުވާނެ، އެހެން މީހުންގެ ހައްގުވެސް އޮވޭ،
ހަންދަރު
12 December 2025
މެމްބަރު މައުރޫފު ހައްޔަރުކުރީ އެމްޑީޕީގެ ސިޔާސަތާ ޚިލާފު މުޒާހަރާއަކުން. އެމްޑީޕީގެ ސިޔާސަތަކީ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ނުވަނުން. އެކަމަކު މައުރޫފުމެން ގްރީން ޒޯނުގައި މުޒާހަރާކުރީ ސަރުކާރުގެ މަސްކުންފުނިން ބޮޑުކަންނެލީގެ ވިޔަފާރި ތެރެއަށް ވަނުމަށް ގޮވާލަން.
ވާނި
12 December 2025
ދޫކުރާނެކަމެއްނެތް.
ކުރި
12 December 2025
ކަންނެލި ގަންނަ ނަމަ ރިހާކުރާއި ތަރުކާރީ އާއި އަދި ކާއްޓާއި ކުރުބާ އަޅާ މީހުން ވެސް މުޒާހަރާ އަށް ނުކުމެ ސަރުކާރަށް މަޖުބޫރު ކޮއްގެން އެބަޔަކު ބޭނުންވާ އަގެއްގަ ގަންނަން ޖެހޭނެ. މިއީ އެމްޑީޕީ އިން ސަރުކާރު ޖަވާބު ދަރީ ކުރުވާ ގޮތް. އަދިވެސް ރައްޔެތުން ހޭއަރާ މިސިޔާސީ މީހުންގެ އަވާގަޖެހި ގައުމު މިދަނީ ހަލާކުވެގެން އަމަން އަމާންކަން ގެއްލި އިގްތިސާދު ފުޑުފުޑުވެގެން. އެމްޑީޕީއިން ގައުމު ހަލާކު ކުރަމުން އެގެންދަނީ.
ދާއިން
12 December 2025
ބިދޭސީންނަށް ލާރި ދީގެން މީނަ މުޒާހަރާ ކުރި މައްސަ ބަލަން ވާނެ
ކުރި
12 December 2025
އެއްގޮތަކަށްވެސް ދޫކޮއްގެން ނުވާނެ. ސަރުކާރަށް މަޖުބޫރު ކޮށްގެން މަސްގަތުމާ ތަރުކާރީ ގަތުމާ މިއީ ކޮން ގައުމަކުން ކޮން ގޮތަކަށް ކުރާނެ ކަމެއްބާ؟ އަދި ގަތަސް ގަންނަވެސް މިޖެހެނީ އެބަޔަކު ބޭނުންވާ އަގެއްގަ. މިއީ ގައުމުގަ ފިތުނަފަސާދަ އުފައްދާ ގައުމުގެ އިގްތިސާދު މުގުރާލަން ރާވައިގެން އެމްޑީޕީއިން ހިންގާ ކުޅިގަޑެއް. ގައުމާ ރައްޔިތުންނާ ދޭތެރޭ ވިސްނާ ބަޔަކު މިކަހަލަ ކަމަކަށް ތަރުހީބެއް ނުދޭނެ. ބޮޑު ކަންނެލި ގަންނަން އަމިއްލަ ވިޔަފާރި ވެރިން އެބަތިބި.
ޞުންދުރަ
12 December 2025
މިގައުމައް ވަރައްހެޔޮ ނުއެދޭ މީހެއްގޮތުގަ ފާހަގަ ވަމުންދާ މީހެއް. ގަވާއިދާ ހިލާފައް ރާއްޖޭގަ އުޅޭ ބޭރުމީހުންނައް ސަބުސިޓި ހޯދަން މުޒާހަރާ ކޮއް ދައުލަތުގެ މުދަލައް ގެއްލުންދީ އާއްމު މީހުންނައް އުދަގޫ ކޮއް ވިޔާފަރި ހުރަސް އެޅި.
ފުށްތަކުރާ
12 December 2025
މަސްވަރިންނޭ ކިޔައިގެން ބޮޑެތި ދޯނިތަކުގައި ނިކުމެ މީހުން ކުރާ ދަތުރުތަކަށް ހުރަސްއެޅޭގޮތަށް އަދި ވަދެނިކުންނަށް ތިބޭ ނެރުތައް ބަންދުކޮށް އެހެންމީހުނަށް އުދަގޫކޮށް އުޅެގެންނުވާނެ. މިކަމެއް ކުރާބަޔަކު ހުއްޓުވަންޖެހޭ އެއީ މެންބަރަކަށްސް ރައީސަކަސް ފަޑިޔާރަކަސް ދުލެއް ދޭކަށް ނުޖެހޭނެ. ރައްޔިތުންގެ ލާރިން ނުޖެހޭނެ ވަކިބަޔަކަށް ފައިދާހުރިގޮތަކަށް ކަންތައް ހަމަޖައްސަދޭކަށް.