އިހުތިޖާޖްކުރި މަސްވެރިން ދަތުރުކުރި ދޯނިތައް މާލެ ކައިރީ އަޅާފައި.
11 ޑިސެމްބަރ 2025 - 20:00
ބޮޑުކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގައި، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް ހުރަސްއެޅި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މަސްވެރިންގެ ދުވަހާ ދިމާކޮށް ކުރި އިހުތިޖާޖު ފެށީ އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީންނެވެ. އެ އިހުތިޖާޖްގައި ބައިވެރިވި މަސްވެރިން މަސްދޯނިތަކުގައި މާލެ އައީ އިއްޔެ މެންދުރު ފަހު އެވެ. ރަސްމީ ފަލާމާ ދިމާލުން މާލޭގެ އުތުރުފަރާތަށް އެ ދޯނިފަހަރު ވައްދަން މަސްވެރިން މަސައްކަތްކުރުުމުން ފުލުހުންނާއި ސިފައިން ގުޅިގެން އެކަން ހުއްޓުވި އެވެ.
އޭގެ ފަހުން މަސްވެރިން ތިބީ މާލޭގެ ފަޅު ބޭރުގައި ގާތްގާތުގައި ދޯނިތައް ހުންނާނެހެން ނަގިލިލައިގެންނެވެ. ފުލުހުން އެ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށް އިހުތިޖާޖް ހުއްޓުވީ މިއަދު ހަވީރެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެ ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އިޖާބަނުދީ އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މި އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅު ހަދައި، މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސްއަޅަން މަސައްކަތްކޮށް މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެކައިރިން ދަތުރުކުރާ އުޅަނދުތަކަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ނަސޭހަތްދިނީ އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު ސަރަހައްދަކަށްވުމާ އެކު އެކަމުގެ ސަބަބުން އިއްޔެ އާއި މިއަދު ވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވުމުންނެވެ.
އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރަން ވެސް ފުލުހުން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުއްޓުމެއް ނެތި އެ އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރު ވެސް ވީ ފަހުން ފުލުހުން ވަނީ ދޯނިތަކަށް އަރައި ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަމަ
12 December 2025
ސަރުކާރުން ބުނާގޮތުން ހީވަނީ މިހާރު ރާއްޖޭގައި މުޒާހަރާ ކުރަންވީ ނިދާބޭސް ކައިގެން އެއޮތްތާކުއޮވެ އޭރުން މުޒާހަރާ ރޫޅާލަން ސަރުކާރުން ފުލުހުންނާއި، ސިފައިން ނުފޮނުވާނެ! މިފެންވަރަށް މިސަރުކާރު ވެއްޓުނީމާދެރަ!
އައިސަން
12 December 2025
އިހުތިޖާޖަށް ފުލުހުން ހުރަސްއެޅި މައްސަލަ ބަލަނީ ކާކު؟
ޗަޕް
12 December 2025
ބާނާހައި މަހެއް މިހާރު ސަރުކާރަށް ގަންނާކަށް ނުޖެހޭނެ. އެހެންވިއްޔާ ހައްދާ ހުރިހާ މޭވާއާއި ތަރުކާރީއެއްވެސް ސަރުކާރަށް ގަންނަން ޖެހޭނެ. ހަދާހައި ހެދިކާޔަކާއި އަޅާހައި ކޭކެއްވެސް ސަރުކާރަށް ގަންނަން ޖެހޭނެ. މައިގަނޑު ގޮތެއްގައި މިހުރިހާ ކަމެއްވެސް ކުރާ ބަަޔަކީ ބިދޭސީން
ގޮއްގަޑު
12 December 2025
ހުރިހާ ދޯނިތަކުގަ ތިބި ބިދޭސީން އޮޑިތަކުން ބާލަން 3 މަސްދުވަހުގެ މުހުލަތެއް ދިނުމައްފަހު ގަވާއިދު ބަދަލް ކުރޭ.
ލޭނުބޮކިއަލިހުސްގަޔާސާރާޒަމާނާ
11 December 2025
ހުރިހައިކަމެއް މަޑުޖައްސާލާފަ ވިއަސް މަސްވެރިންނަށް ތަމުރީނުދޭންޖެހޭ. ސިޔާސީމީހުން ހިންގާ ސްކޭމުތަކުގައި ނުޖެހެން،ލިންކުތަކަށް ނުފިތަން. މިހާރު މިއުޅެނީވެސް އެކަހަލަ ސިޔާސީ ސްކޭމެއްގައި ޖެހި މައިނަކަށް އެރިގެން. ބަލަ ދިވެހި ރައްޔިތުންނަކީ ހަމަހަމަބައެއް. ސަބުސިޑީދީ ވަކިއަގެއްގައި ގަންނަންޖެހޭނަަމަ ތޮއްޑޫގައި ހައްދާ ކަރާއިން ފެށިގެން ރިސޯޓުތަކުގެ ކޮޓރިތަކާއި ކުޅުދުއްފުށީ ހާލު ފޮޅިއަށް ދަންދެން ސަރުކާރުން ސަބްސިޑައިޒުކޮށް ސަރުކާރުން ގަންނަންޖެހޭ.
1828
11 December 2025
މުޒާހަރާކޮށް އިހުތިޖާޖް ކުރުމަކީ ޤއ ލިބިދީފައިވާ އަސާސީ ހައްޤަކަށްވީނަމަވެސް، އެހެން ބަޔަކަށް ދަތުރުފަތުރުކުރުމަށް ގަސްތުގައި ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ފުލުހުންނަށް މިއަދުތަ އެނގުނީ މަސްދޯނިތަކުގައު ގަވައިދާ ހިލާފަށް ބިދޭސީން އުޅޭކަން؟ އެހެންވެގެންތަ ދޯނިތަކަށް އެރީ؟ ދައްކާނެ ބަހަނާއެއް ނެތިގެން ފުލުހުން އެގޮތަށް ކަންތައްކުރީ. ފުލުހުން އަދި އިހުތިޖާޖްކުރި މަސްވެރިންވެސް ކަންތައްކުރީ ރަނގަޅަކަށްނޫން
ލާމަސީލު
11 December 2025
މާދަމާ ފަރުމަސް ބާނާމީހުން އިހުތިޖާޖު ކޮށްފާނެ ފަރުމަސް ނުގަނެގެން. ކިހިނެއް އެންމެން ބާނާ ހުރިހާމަސް އެއްވެސް ސަރުކާރަކުން ގަންނާނީ. ބުއްދީގެ ގޮތުންނާ ވިޔަފާރީގެ ގޮތުންބަލާއިރު މިއީ ޖޯކެއް. އަނެއްކާ ތެލަށް ސަބްސިޑީ ދިނީމާ ދޯނީގަ ތިބޭ ބޭރުމީހުންނަށް އެދެވުނީ ސަބްސިޑީ. އެފައިސާ އެދަނީ ގައުމުން ބޭރަށް. %100 ދިވެހިން ދޯނީގައި ނުތިބޭނަމަ ތެލަށް ސަބްސިޑީ ދިނުން ހުއްޓާލަން ޖެހޭ.
ށަބްށިޑީ
11 December 2025
މަސްވެރިންގެ ތެލަށް ސަބްސިޑީ ދެންޏާ އާމްދަނީ ހޯދަން ދުއްވާ ހުރިހާ އުޅަނދުތަކަށްވެސް ސަބްސިޑީ ދޭންޖެހޭނެ. އެމީހުންވެސް އާމްދަނީ ހޯދަން ކުރާ މަސައްކަތެއް މަސްވެރި ކަމަކީ. ސަރުކާރަށް ކޮށްދޭ ކަމެއް ނޫން ތީކީ.
ލާމަސީލު
12 December 2025
ވިޔަފާރިކުރާ މުއްސަނދި އޮޑިވެރިޔާއަށް ސަބްސިޑީގެ %50 އެބަލިބޭ. ދޯނިންލިބޭ ފައިސާ ބަހާއިރު އޮޑިވެރިޔާއަށް ދެބައިކުޅަ އެއްބައި ލިބޭނަމަ ސަބްސިޑީ އެދެވެނީ ވިޔަފާރިވެރިޔާ އަށް
މުރާސިލް
11 December 2025
ދިވެހިރާއްޖޭގައި ހައްޤުތައް އޮންނަނީ ހަމަ އެކަނި މަސްވެރިންގެ އެކަނި ހެއްޔެވެ؟ އެމްޑީޕީގެ ސަރުކާރު ނިމިގެން ދިޔައިރު މަސްވެރިން ކިރިމަހަށް 900 މިލިއަނަށްވުރެ ގިނަ ފައިސާނުދީ އޮތް އިރުވެސް ތިޔަ މަސްވެރިން އެ ފައިސާހޯދަން އައިސް މާލޭގެ މައި ނެރުމަތީގައި އިހުތިޖާޖުކުރާކަށް ނުތެޅެއެވެ. މިއަދުގެ ސަރުކާރުން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާދެމުން ދާއިރު، މަސްވެރިން ނިކުމެ ތިޔަހެން ޖެއްސުންކުރަން އެއްވެސް ފުރުސަތެއް ދީގެން ނުވާނެއެވެ.
މަބުނީ
11 December 2025
ނޫނޭ އަދި އުޅޭ ޓެކްސީޑްރައިވަރުންނޭ ކިޔާބައެއް. މިރާއްޖޭގައި އާމްދަނީ ހޯދައިގެން ދިރިއުޅެނީ އެދެބައިމީހުންއެކަނި.
ސަހަރޯއި
11 December 2025
ރަނގަޅު. ދޯނިތައް ޓޯކުރޭ. އެއާރޕޯޓް ފެރީއަށްވެސް މިމީހުން އުނދަނގޫކުރި މުޅިންވެސް.
ޑަކު
11 December 2025
ކޮބާ މައްސަލައަކީ؟