ޚަބަރު / އެމްޑީޕީ

ކެންޑިޑެސީ ބާތިލު ކުރަން ދަނީ ރާވަމުން: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ދެކުނު ކެމްޕޭން ފެށުމަށް ހިތަދޫގައި ބޭއްވި ޖަލްސާއެއް، އެމްޑީޕީ ކެންޑިޑޭޓުންނަށް ވާދަނުުކުރެވޭ ގޮތް ހަދަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެ ޕާޓީން ބުނޭ. ފޮޓޯ: އެމްޑީޕީ

އަންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލު ކުރަން ސަރުކާރުން ރާވަމުން ދާ ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނު ބަޔާނުގައި ބުނީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުގެ އިންތިޚާބު ނުބާއްވައި، އިންތިޚާބުގެ މިނިވަންކަން ގެއްލި ރައްޔިތުން އިންތިޚާބުތަކަށް ކުރާ އިތުބާރު ގެއްލޭ ގޮތަށް އިލެކްޝަންސް ކޮމިޝަނާއި ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަންކަމާ މެދު ކަންބޮޑުވާ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް އަމާޒުކޮށް ކެންޑިޑެސީ ބާތިލު ކުރުމަށް ސަރުކާރުން ރާވައިގެން ކުރާ ހުރިހާ ކަމެއް ކުށްވެރިކޮށް އެފަދަ މަކަރުވެރި ރޭވުންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ބަޔާނުގައި ގޮވާލި އެވެ.

"މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލުވާލައި ފިއްތައިގެން އިންތިހާބުތައް ފަސްކުރުން ފަދަ ކަންކަމުގެ އިތުރުން ފުލުހުން ބޭނުންކޮށްގެން ޕާޓީގެ ކެންޑިޑޭޓުން ފްރޭމްކޮށް ކެންޑިޑެސީ ގެއްލުވާލުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރަމެވެ،" އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނި ގޮތުގައި މިއީ ވާދަވެރި ކެންޑިޑޭޓުން އިންތިޚާބުގައި ބައިވެރިވުމަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައިގެން ހިންގަމުން އަންނަ ނުރައްކާތެރި ބޮޑު ޖަރީމާއެކެވެ. އަދި އިންތިޚާބު ފަސްކުރަނީ ވާދަވެރި ފަރާތްތަކުގެ ކެންޑިޑެސީ ބާތިލުކޮށް އެކަހެރި ކުރުމަށް ފަހު "ގޮނޑިކޮއްކޮ" އިންތިޚާބެއް ބޭއްވުމަށް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ދައުލަތުގެ މުހިއްމު މުއައްސަސާތަކަށް ނުފޫޒު ފޯރުވާނަމަ، އެކަމުގެ ގެއްލުން މުޅި ރާއްޖެ އަށް ލިބޭނެ ކަމަށާއި މިނިވަން މުއައްސަސާތަކަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ތަންތަން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"މިއަދު މިއީ ފްރޭމް ކުރުމާއި، ބޭއިންސާފުން ރައްޔިތުންނަށް އަނިޔާ ދޭން ތިބޭ ބަޔަކަށް ވެގެން ނުވާނެ އެވެ. އެހެންކަމުން މިފަދަ ކަންކަމުން ދުރުވެ ކެންޑިޑޭޓުންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލަމެވެ."

7 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Maldives

05 April 2017

އެވެރީންނަށް އެއުޅެންޖެހެނީ މިނިވަން އިންސާފުވެރި އިންތިހާބަކާ ކުރިމަތިލާންނުކެރިގެން.

The name is already taken The name is available. Register?

މުރާދު

05 April 2017

އެމްޑީޕީ ވެރިކަމުގައިވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމާއި ދައުލަުގެ ފައިސާއިން ކެމްޕޭން ހިންގުންފަދަ ޤާނޫނާ ޚިލާފު ކަންތައްތައް ހިންގި. ތިޔަ ގޮވަނީ ހަމަ ގުދޯގުދޯ

The name is already taken The name is available. Register?

މުހައްމަދު20

05 April 2017

އިންތިޚާބް ބާއްވަންޖެހޭ މުއްދަތު ފަހަނަޅާއި ދިއުމުން އިންތިޚާބްގެ މިނިވަންކަން ގެއްލި ކެނޑިޑޭޓުންގެ ކެނޑިޑެންސީ ބާތިލްކުރުމަށް ރާވާކަމަށް ބުނުމުން މިވާ ގޮތެއް އެބަބަލަންވެއްޖެތާ އެގޮތުން މުދަތަށް އިންތިޚާބް ނުބޭއްވުމުން ގެއްލުނީ ކޮން މިނިވަންކަމެއްތޯ ސާފްވާންޖެހޭ އޭގެ އިތުރުން ފުރަތަމަ ކައުންސިލް އިންތިޚާބް އެމްޑީޕީގެ ސަރުކާރުގަ މުއްދަތަށް ނުބޭއްވުމުން އިންތިޚާބްގެ ހުރިހާ މިނިވަންކަމަކާއި ސައްހަކަމެއް ކަށަަވރުވެފަ މިހާރު ކަށަވަރު ނުވީމަ ވާނީ އަރަތަކަށް ކެނޑިޑެންސި ބާތިލް ނުވާނެ ގޮތް ބަޔަކު ކިޔާދޭންޖެހެންނާ ވިއްކުމާއި ބުއިމުން ފުރަތަމަ ދުރުހެލިވެ ތިބުން މުހިއްމު

The name is already taken The name is available. Register?

މަތިވަޑާން

05 April 2017

ޔާމީނޫ ކިހިނެއްވާނީ މިއިންތިހާބު ނުބާއްވާ ސުޕްރީމް ކޯޓުން އެކަން ނިންމާލިއްޔާ. އޭރައް އެއޮތީ އެންމެ ފަހުބަސް ބުނެވިފަ. އޭރުން އޭރުން ހުރިހާ ރަށެއްގަވެސް ތިބޭނީ %100 ޕޕދފ (ޕީޕީ ދަރުބާރު ފެކްޝަން) ބޭފުޅުން. އެހެން ގައުމަކުން އެކަން ކުއްވެރިކުރިޔަސް ބުނެވޭނެ ތިމަންނަޔަކީ ކޯޓުތަކަށް އަތްބާނާމީހެއްނޫނޭ. ބޮލަށް ފަސޭހައެއްނު

The name is already taken The name is available. Register?

ވާނެގޮތް

05 April 2017

ލޯކަލް ކައުންސިލަރުންނަކީ އެއީ ކުށުގެ ވެށިން ސަލާމަތް ވެފައިވާ ބަޔެއް ކަން ކަށަވަރު ކުރުމަކީ އެއީ އިލެކްޝަންސް ކަމިޝަންގެ ޒިންމާ އެކެވެ. ކަން މިހެން ހުރުމުން އެމީހުންގެ ކުށުގެ ރިކޯރޑްސް ތައް ބަލާ ސްޕްރީމް ކޯޓަށް ފެންނަ ގޮތް ބެލުމަކީ އެއީ އިލެކްޝަންސް ކަމިޝަންގެ ޒިންމާ އެކެވެ. ކަން މިހެން ހުރުމުން އެމްޑީޕީން ބަޔާން ތައް ފީނި ފީންނަށް ނެރުނަސް އެއީ ކަނޑުގައި އަޅާލާ ރޮނގު ކަމަށް ހަދާލާ އަވަހަށް މިކަން ކަން ރަނގަޅަށް ކުރެވޭތޯ ބައްލަވަންވީއެވެ. ލޯކަލް ކައުންސިލަކީ އެއީ ސަރުކާރާއި ދެކޮޅު ފަރާތް ތައް ކާމިޔާބު ކޮށްގެން ރައްޔިތޔުންނަށް އެއްވެސް ފައިދާ އެއް ކުރާނޭ ކަމެއް ނޫނެވެ. އެއީ ސަރުކާރުގެ އެމްބެސެޑަރުން ކަމަށްވާއިރު ސަރުކާރުގެ ކެންޑިޑޭޓުން ހޮވުން މީ އެރަށަކަށް އެންމެ ފައިދާ ކުރާނެ ގޮތަކީ.

The name is already taken The name is available. Register?

އޮއޮއޯ

05 April 2017

ކެންޑިޑެސީ ބާތިލު ކުރަން ދަނީ ރާވަމުން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އަދި ގަރީނާ އެއް ދެއްކެން ނެތެވެ. ޕޮލިޓިކަލް ސައެންސް ތެރޭގައި ހިމެނޭ ޓޫލް އެއް އެއީ އޮޓޯ އިލެކްޓެޑް މޯޑް އަކީ. އެއީ ގާނޫނު ބުނާ ގޮތުން ކުރެވިދާނެ ކަމެކެވެ. އެގޮތަކީ އެއީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން އަމިއްލަ އަށް ނަން އަނބުރާ ގެންގޮސް އަދި އެކެންޑިޑޭޓުން ޕީޕީއެމް އަށް ތާއީދު ކުރާ ކަމަށް ފާޅު ކަން ބޮޑު ގޮތެއް ގައި ނިންމުމުން ދެން ލޯކަލް ކައުންސިލަށް ކުރިމަތި ލާފައިވަނީ ހަމަ އެކަނި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވުމުން އޮޓޯ މޯޑް ގައި އެފަދަ ހުރިހާ ކައުންސިލު ގޮނޑި ތައް ޕީޕީއެމް ކެންޑިޑޭޓުން ހޮވުނީ އެވެ.. މީ ޕޮލިޓިކަލް ސައެންސްގެ ތެރޭގައި ހިމެނޭ ޓޫލް އެކެވެ. މިބޭނުން ކުރުން އެއީ އެއްވެސް މައްސަަލަ އެއް ނޫނެވެ. އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް ދޯ. ކޮން ކުއްޖެއްތޭ ފުރަގަހަތުގައި ދެއަތް ފުރަގަހަތަށް ލައިގެން ހުރީ. އޮއޮއޯ. އިޒް އިޓް ޓްވިޓަރޭ..

The name is already taken The name is available. Register?

މުސްތޮ

05 April 2017

ހާދަ ގަޓެއް ނެތޭދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454