ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ބައި އިލެކްޝަން ހުއްޓުވަން ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭ: މައުމޫން

ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މައުމޫން މިރޭ ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

28 އޯގަސްޓް 2017 - 23:58

41 comments

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުން ހުއްޓުވަން ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން އެހެން ވިދާޅުވީ، އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ރޭ ނިންމާފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލުކުރާތީ އެވެ. އެހެންވެ މައުމޫންގެ ވިސްނުންފުޅުގައި އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު ކަމެކެވެ.

ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ވިސްނުމުގައި އެ ހަތަރު ދާއިރާގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އެހެންވެ މަޑުއްވަރީ ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި ވިލިނގިލީ ދާއިރާ އާއި ދިއްދޫ ދާއިރާގެ އިތުރުން ދަނގެތީ ދާއިރާ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ބައި އިލެކްޝަން އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާން ކުރީ އެވެ.

މައުމޫން ވިދާޅުވީ ޝަރުއީ ހުކުމްތައް ތަންފީޒުނުކޮށް އެއާ ދެކޮޅު ހަދައި، ގޮންޖަހާ މީހުންނަށް ނަސޭހަތްދީ، އިންޒާރުދީގެން އަދި ވާހަކަ ދައްކައިގެން ވެސް އެއަށް ހުރުމަތްތެރިކޮށް ނުހިތައިފި ނަމަ ހިފައި ހައްޔަރުކޮށްގެން ވިޔަސް އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

"އެއާ ދިމާ އިދިކޮޅަށް ބާޔާން ނެރުއްވައި ބައި އިލެކްޝަން ކުރިއަށް ގެންދާނެ ކަމަށް [އިލެކްޝަންސް ކޮމިޝަން އިން ] އެ ވިދާޅުވީ. ސަލާމަތީ ބާރުތަކުން ޖެހޭނެ ނުކުމެ އެ ކަންތައްތައް ހުއްޓުވަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، އެ ހުކުމުގެ މުއްދަތުގައި ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުއްވަން ޖެހެ އެވެ. އެކަމަކު އެ އަށް ސަރުކާރުން އަމަލު ނުކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ މައްސަލަތަކެއް އެބަހުރި. ކޯޓްތަކުން ކުރާ ހުކުމަށް އިހުތިރާމް ކުރަންވީ ވަރަކަށް ސަރުކާރުން އިހުތިރާމެއް ނުކުރައްވައޭ. އެހެރީ ހަގީގަތްތައް ފެންނަން އަޅުގަނޑުމެންނަށް،" މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުމޫން ވިދާޅުވީ އިސްލާމީ ނިޒާމުގައި ހާކިމާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ގައުމު މިނިވަންކަންމަތީގައި ދެމެހެއްޓުމާއި އަދުލުއިންސާފު ގާއިމް ކުރުން އަދި ދީނީ ޝިއާރު ފާޅުކުރުން ކަމަށެވެ.

"އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންތައްތައް. މި ކަންތައްތައް ނުކުރައްވާ ކަމަށް ވަންޏާ އެއީކީ އިސްލާމީ ނިޒާމަކަށް ނުވާނެ. އެހެންވީމާ މިކަން އެބަޖެހޭ އަޅުގަނޑުމެން އެންމެން ދަނެގެން މަސައްކަތް ކުރަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ ވާހަކަފުޅުގައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިނިވަންކުރަން ގޮވާލައްވައިފަ އެވެ.

މައުމޫން ވިދާޅުވީ ސަރުކާރު ޖާވާބުދާރީކުރުވަން މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ސިޔާސީ ހަތަރު ލީޑަރުން އެކަނި ނޫން ކަމަށާއި ރައްޔިތުންގެ ކިބައިން ވެސް އެކަން ފެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކޮށްފައި އެވަރުން ފުދުނީކީ ނޫން. ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ދާއިރާގެ މެމްބަރު އެ މަގާމަށް އަޅުގަނޑުމެން އިންތިހާބުކޮށްފައި ދެން ގެ އަށް ގޮސް ނިދަންވީއެއް ނޫން. އަބަދު ތިބެންވީ ބަލަހައްޓައިގެން އެ ބޭފުޅުން ކަން ކުރައްވަނީ ކިހިނެއްތޯ. އެއީ ޑިމޮކްރަސީ ބިނާވެފައި އޮންނަ ގޮތަކީ. ރައްޔިތުން އަބަދު ތިބެން ޖެހޭނީ ހޭލާ،" އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިންނެވެ. އަދި މެމްބަރުން ކުރަނީ ރައްޔިތުން އެ މީހުންނާ ހަވާލުކުރާ މަސައްކަތެއް ކަމަށާއި އެއީ ރައްޔިތުންގެ ޚާދިމުން ކަމަށް ވެސް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ މެމްބަރުން ހަމަޔަކަށްށް އަޅުވަން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކިބައިން އެކަން ފެންނަމުންނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންގެ ފަރާތުން އެ މަންޒަރެއް ނުފެނޭ. ފެންނަ މަންޒަރަކީ ބައެއް ޕާޓީތަކުގެ ލީޑަރުން ނުވަތަ ޕާޓީތަކުގެ އެކްޓިވިސްޓުން ސަރުކާރު ޒިންމާދާރުކުރުވަން ވާހަކަފުޅު ދައްކަވާނެ. އެކަމަކު އެކަމުން ނުފުދޭނެ. އެއީ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫން،" މައުމޫން ވިދާޅުވި އެވެ

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ ފަރާތްތަކާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އަޅުގަނޑުމެން މިތިބެނީ އެ ބޭފުޅުން އިންތިހާބު ކުރުމަށް ފަހު ގެއަށް ގޮސް. ދެން އެ ބޭފުޅުން ބޭނުން ގޮތަކަށް ކަންތައް ކުރައްވަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ އެ ބޭފުޅުން މުއްސަނދި ކުރާކަށް ނޫން ކަމަށެވެ. ނަމަވެސް ހަގީގަތަކީ މިހާރު ބައެއް ބޭފުޅުންނަކީ ބޮޑެތި މަހުޖަނުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"ރާއްޖޭގައި ހުރިއްޔާ ހުރި ވިޔަފާރީގެ ތެރޭގައި އެ ބޭފުޅުން އުޅުއްވާނެ. އެ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ ހިދުމަތް ކޮބައިތޯ؟ އެއެއް ނުފެނޭ. އަޅުގަނޑުމެން އެ ބޭފުޅުން އިންތިހާބު ކުރީ މުއްސަނދިންނަށް ހަދާކަށް ނޫން،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާޑުވިދާޅުވަމުން މައުމޫން ވިދާޅުވި އެވެ.

41 ކޮމެންޓް, 81 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީނދޫ ގަމާރާ

29 August 2017

ރީނދޫ ގަބީލާ މީހުންނަށް ފެނޭތަ މިތާ މިހިރ ކޮމެންޓްތައް. ދެން އަހަރުމެން ކަނޑާއަޅަންވީތަ ރައްޔިތުން ތިބި ގޮތް.

The name is already taken The name is available. Register?

ކެކުރިބޭބެ

29 August 2017

2008 ގެ ރިޔާސީ އިންތިޚާބާއި ހަމަޔަށް ބޭއްވުނު އިލެކްޝަންތައް ހުއްޓުވަން ދިފާއީ ބާރުތަކުން ނުކުތުމަށް ގޮވާލިނަމަހީ އެހެނީ އޭރުގަ ކުޑަ ކާފް ބޮޑުކާފް ކިޔާ އަޑުއިވުނު މިއަދު ނުކުމެ މާފުށީޖަލަށްވެސް ވަޑައިގެންނެވިއްޖެ އެތާގަ މީހުން މަރަމުންދިޔަކަމުގެ ތުހުމަތު ކުރެވުނު ހިނދުވެސް މަނިކުފާނު ހުންނެވީ ހަނު މާލޭގެ މަގުތަށް ފުރާލާ މުޒާހަރާތަކަށް މީހުން ނުކުތުމުން މަނިކުފާނު އެމީހުން ލެއްވީ ޖަލަށް މިއަދު އަމިއްލަ މަސްލަހަތުގަ އަހަރެމެން މަގުތަކަށް ނެރެން ނޫޅުއްވާ އަހަރެމެން ކުދިންކޮޅު ގޮވައިގެން ހަވީރުފިންނަށް ދާނީ ރަސްފަންނަށް ނޫނީ ރަސްރަނި ބަގީޗާއަށް

The name is already taken The name is available. Register?

123

29 August 2017

މަނިކުފާނު ކީއްތޯވާނީ މުޒާހަރާއެއް އޯގަނައިޒްކޮށްލައްވާފަ އެންމެ ކުރީގަ ހުންނެވުން؟ އެދުވަހަކުން އަހަރަމެން ހުރިހާ އެންމެން ނިކުންނާނަން މަގުތަކަށް!

The name is already taken The name is available. Register?

ސަލާމަތް

29 August 2017

މީ ދެން ކިހާ ދެރަ ކަމެއް. އެ ދުވަހު ބުނާނެ ސަލާމަތި ބާރުތަކަށް އިތުބާރު ނުކުރާށޭ. އަނެއް ދުވަހު ބުނާނެ ހަމަ އެވަރެއް ނެތޭ. ކޮންމެސް އެއްގޮތަކަށް ނިންމަން ވެއްޖެ އެއްނު.

The name is already taken The name is available. Register?

އަލިފުތު

29 August 2017

ގައުމާއި ރައްޔިތުން ދޫކޮށް އަމިއްލަ ދަރީގެ ދިފާޢުގައި ގައުމު ފަނާކޮށްލުމަށް ކިތައްމެ ވާހަކައެއް ދެއްކިއަސް ތައައްސުބެއްނެތް ތެދު ހިތެއް އެވާހަކަ ގަބޫލެއްނުކުރާނެ. އާދޭހާއެކު ބުނެލަންއޮތީ ދިވެހި ރައްޔިތުން ހިފެހެއްޓި އަބުރާ ގަދަރާ ޢިއްޒަތް ދަމަހައްޓާ އަބުރުވެރި ޝަރަފުވެރިއެއްގެ ބަސްމޮށުން އިޚްތިޔާރު ކުރާށޭ.

The name is already taken The name is available. Register?

ހަސީނާ

29 August 2017

ލާދީނީ ވުމާއި ކައިރިވަނީ

The name is already taken The name is available. Register?

ގިރިޓީ30

29 August 2017

ވަރަށް ބޮޑަށް މާފުކުރައްވާ. އަޅުގަނޑުމެންނަށް ދަސްވެފައި އޮތީ ދިމުގުރާތީ އުސޫލުތަށް. މާގިނަ ދުވަހު ދިމުގުރާތީ އުސޫލުތަކުގައި ނިދިފައި ތިބެންޖެހުމުން އެގޮތް ދޫކޮށް ނުލެވި މިއުޅެނީ. މިހާރު އެބަ ދަސްވޭ ދިމުގުރާތީ ހަމަތަކާ ޑިމޮކުރަސީގެ ތަފާތު ވަރަށް ބޮޑުކަން.

The name is already taken The name is available. Register?

ޛސޖޖސ

29 August 2017

އޑޕ ޕޯޑިއަމުން މައުމޫން ނުފެއްނަނީ ކީއްވެތޯ؟؟؟؟؟؟

The name is already taken The name is available. Register?

ޛސހސސ

29 August 2017

އެމެރިކާގެ މިޙަރުގެ ރައީސް ޓްރަންޕްވެސް ކަންތައް ކުރައްވަނީ އެންމެއެދެވޭ ގޮތަކަށް ނޫން.....އެހެންނަމަވެސް ކުރީގެ ރައީސުން މައުމޫން ތި އުޅުއްވާ ފާޑަކަށް ނޫޅުއްވާ......ރައްޔިތުންނާއި މެދު ވިސްނަވާ........

The name is already taken The name is available. Register?

ރަދީފް

29 August 2017

މަނިކްފާނު. ތިމަންނާމެން ދިފާޢުވާންވީމަ އެމެރިކާގަ ހުންނަ ބައެއްކަންތައްތައް މިސާލެއްގެ ގޮތުން ނަގާފަ ދެން ހުރި ގިނަ ކަންތައްތަކަށް ކަނު ލޮލެއް ދީގެން ހުންނަހުރުމުން ދޭހަކޮށްދޭއެއްޗެއް ދޭހަވޭތޯ ނިކަން އިސްކޮޅު ފެންނަ ލޯގަނޑެއްގެ ކުރިމަތީގަ ހުރެ އަމިއްލަ ނަފްސާއި ސުވާލުކޮށްބަލަ. އެމެރިކާގަ މަރުގެ އަދަބުވެސްދޭ . މިދިޔަ ހުކުރުދުވަހުވެސް މީހެއްގެ މައްޗައް މަރުގެ ހުކުމް ތަންފީޒްކުރި. ވ.ވެދުން

The name is already taken The name is available. Register?

މުއްލާ_އުމަރު

29 August 2017

އެމެރިކާގެ ރައީސް ކަން ކުރައްވާ ގޮތާއި ނޫންގޮތް ޓީވީ ބަލައިގެން އިނގޭތީ މައްސަލައަކީ... ހަމަ އެކަނި ޓީވީތަކުން ތަކުން ފެންނަ މަންޒަރު ބަލައި ހެދިޔަސް،، އަދިވެސް ޓްރަމްޕްގެ އެޕްރޫވަލް ރޭޓިންގްސް ހުރީ ރަނގަޅު ފާލުގައި.. މައްސަލައަކީ އެލީޓަށް ކޮންޓްރޯލް ގެއްލޭތީވެ މީޑީއާ ޕްރޮޕެގަންޑާ ޖައްސުވަނީ..

The name is already taken The name is available. Register?

ސޮކްތެރެޕީ

29 August 2017

މައުމޫން ކިޔާއެއްޗެހި އަޑުއަހާނެ މީހަކު މިހާރު ވަރައްމަދު ތާއީދެއްނެއް.

The name is already taken The name is available. Register?

ލޮލްލޮލް

29 August 2017

ޢެހެންތަ؟ ޔާމީނު 2018ގަ އެކަނި ކުރިމަމަތިލިޔަސް އޭނަ ވާނީ ބަލި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454