ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމާ ބެހޭ ގޮތުން ބަނޑޮހުގައި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ޗައިނާގެ ވަފުދު. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
30 ނޮވެމްބަރ 2017 - 14:19
ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ވާ ސިޔާސީ އެއްބަސްވުމެއް ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޗައިނާއާ އެކު ވާ މި އެއްބަސްވުމުގެ މާ ބޮޑު މައުލޫމާތެއް ރައްޔިތުންނާއި މަޖިލީހުގެ މެމްބަރުންނާ ހިއްސާ ވެސް ނުކޮށް، އަވަސް އަރުވާލައިގެން އެކަން ނިންމުމުން ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން ފެށިިގެން މަޝްވަރާ ކުރަމުން އަންނަ އެ އެއްބަސްވުމުގައި ސޮއި ކުރަން ކެބިނެޓުން އިއްޔެ ނިންމައި، އެއްބަސްވުން ދިރާސާކޮށް އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީ އަށް ފޮނުވާފަ އެވެ. އެކަމަކު 1000 ސޮފުހާގެ ހިމެނޭ އެއްބަސްވުން ކޮމެޓީން ފާސްކުރީ އެންމެ ބައި ގަޑިއިރުގެ ތެރޭގަ އެވެ.
ކުއްލި ގޮތަކަށް މަޖިލީހަށް ހުށަހަޅައި، އަދި އަވަސް އަރުވާލައިގެން މި މައްސަލައިގައި ގޮތެއް ނިންމި ކޮމެޓީގެ ބައްދަލުވުން ވެސް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.
އެމްޑީޕީން ބުނީ އެއްބަސްވުމުގައި ވަރަށް ޓެކްނިކަލް ތަފްސީލުތައް ހުރި ކަމަށާއި އެ ކަންކަން ރަނގަޅަށް ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ކަމުގައި ވިޔަފާރި ދާއިރާގެ ތަޖުރިބާކާރުންގެ މަޝްވަރާ ވެސް މުހިއްމު ވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނި ގޮތުގައި ބޮޑަށް ޗައިނާ އަށް ފައިދާވާ ގޮތަށް އޮތް މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގެއްލުން ލިބުން އެކަށީގެންވެ އެވެ. އަދި މިއީ ޗައިނާގެ ދަރަނީގެ ދަލުގައި ރާއްޖެ ވަރުގަދަ އަށް ޖެހި، ގައުމުގެ ޕްރެޝަރު ބޮޑުވެ އަދި ސަރަހައްދީ އެހެން ގައުމުތަކާ އެކު އޮތް ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ވަނީ މި އެއްބަސްވުމުގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެ އަށް ފައިދާވާ މިންވަރު ބެލުމަށް، އެކަށީގެންވާ ދިރާސާއެއް ހެދެންދެން، އެއްބަސްވުމުގައި ސޮއިނުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން، އެހެން ގައުމުތަކާއެކު ރާއްޖޭން ބާއްވާ ސިޔާސީ ގުޅުން ބަލިކަށި ވިޔަނުދިނުމަށް ވެސް އެދިފައި ވެ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއި ކުރަން ދިވެހި ސަރުކާރުން ނިންމި އިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީއަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިދާދޯ
30 November 2017
ޗައިނާ އާއި ރާއްޖެ އިގްތިސާދީ ގޮތުން ގުޅުން ގާއިމް ކުރުމުން ސަރަހައްދީ ގައުމު ތަކާއި މިކަމާއި ގުޅުން ހުންނަން ޖެހޭނެ ގޮތަކީ ކޮބައިތޯ އެވެ. މިގައުމަކީ އެއީ މިނިވަން ގައުމެކެވެ. މަމެން ނުޖެހޭނެ އިންޑިއާ ބުނާ ގޮތަށް ހަދަން އަދި އިންޑިއާ އެދޭ ގައުމަކާއި ނޫން މަމެން ގުޅުން ގަދަ އަށް ގާއިމް ކުރަން ޖެހޭނީ. މަމެންގެ ގައުމުގެ ތަރައްގީ އަށް ޗައިނާ އިން ބްރިޖް އަޅާދީ އަދި މާލެ ސަރަހައްދުގައި ފްލެޓްސް ތައް އަޅާދޭނަމަ އެއީ ދެން މަމެންނާއި އެންމެ ގާތް އެކުވެރި ގައުމެވެ. ޗައިނާ މަމެން ޕިންކީން ނާއި އެކު އޮވެއްޖެނަމަ ދެން ދުވަހަކު ވެސް މަމެންގެ ވެރިކަން ނުވެއްޓޭނެއެވެ. މަމެންނަށް ޔަގީން މިހާރު ސަރުކާރުގެ ކުންފުނި ތަކުން އިއުލާން ކޮށްފައިވާ ހުރިހާ ފްލެޓްސް ޓަވަރު ތައް އަޅަން ޗައިނާ ކުންފުނި ތަކުން ޝައުގު ވެރިކަން ފާޅު ކޮށް ޗައިނާގެ ބޭންކްސް ތަކުގެ އެހީގައި މިފްލެޓްސް ޓަވަރު ތައް އެޅިގެން ދާނެ ކަމަށް. އެއިރުން ލަންކާ ގައި މިހާރު އޮތް 15 ހާހުގެ އާބާދީ ރާއްޖެ މާލެ ސަރަހައްދަށް ގެނެވޭނެއެވެ. އެއީ ފައިދާދޯ.
ސަރުކާނު
30 November 2017
މެމްބަރުން ނަށް މުސާރަލިބޭ . އެތާ ހަޅެއްލަވާފަ ދިޔައިމް އޯކޭ ނު. އަޑުގަދަކޮށްގެން އެގްރިމަންޓް ފެންނަނަމަ ފެނުނީސް.
ކުރިއަށް ދިވެހި ޤައުމު
30 November 2017
މި ގައުމަކީ ދިވެހިންގެ ގައުމު. ޢެމްޑީޕީ އަކާ ބެހޭކަމެއް ނޫން މީކީ.. ދިވެހި ޤައުމާ އެމްޑީޕީ ބެހުން ހުއްޓާލަން ވެއްޖެ.
އަބްދުއްލާ
30 November 2017
އެމްޑީޕީން ތިޔަ ވާހަކަ ދައްކަން މާތާހިރެއްނޫން. އެމްޑީޕީން ހެދި އެއާޕޯޓް ވިއްކި އެގްރީމެންޓާ ޓާޓާ ފްލެޓް އެގްރީމެންޓާ ބޯޑަރު އެގްރީމެންޓް ހަދާފަ އޮތީވެސް ދިވެހި ދަވްލަތަށް ގެއްލުންވާ ގޮތަށް. ދިވެހިރައްޔިތުން އަތުން ގިނަފައިސާ ތަކެއްނެގުމަށް .އެއާޕޯޓް އެގްރީމެންޓް ގަ އޮތީ ދަވްލަތުން ލޯނުނަގާ ދަވްލަތުން އެފައިސާވެސް ދައްކަންޖެހޭގޮތަށް ފްލެޓް އެގްރީމެންޓް ވެސް މިފަދަ ހާލެއްގަ ދަވްލަތށް ގެއްލުން ހުރިހާ ފައިދާއެއް އެމީހުނާ ސަރުކާރުގެ އިސްމީހުނަށް ވީމާ އމްޑީޕީން ދައްކަން ތިޔައީ ތާހިރު ވާހަކައެއް ނޫން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
30 November 2017
ޗައިނާގެ ބޮޑުއާބާދީ އާއި އަމިއްލަ ޤައުމުގައި ރައްޔިތުންނަށް އިހްތިޔާރާއި އެކު ކަންކަން ކުރުމަށް އަޅާހައިވާ ހުރަސްތަކުގެ ސަބަބުން އެ ޤައުމުގައި ކިތަންމެ ގިނަ އަދަދަކަށް ފައިސާ ޖަމާކޮށް ރައްކާ ކޮށްފައި ވީ ކަމުގައި ވިޔަސް “ކޮމިއުނިސްޓް ޗައިނާ އަކީ އަދިރި ކަމުގެ ތެރޭގައި ވަޅުގަނޑަކަށް ވެއްޓިފައިވާ ދައުލަތެއް”ކަމަށް ދުނިޔޭގެ ތަހުޒީބު ހުރިހާ ދައުލަތް ތަކާއި މީހުންވެސް ޤަބޫލު ކުރޭ. އިންސާނީ ކަރާމާތަށް ވުރެން ފައިސާ މުހިންމެއް ނުވާނެ. އަދި އަމުދުން “ކަޅު އަދިރީގައި ގޮތްނޭގޭ ފައިސާ ޖަމާކޮށް ތަނަވަސްކަން ހޯދުމަކީ ފަސާދަ އަށް ވާރުތަ ކުރާނެ ކަމެއް” ކަމުން ދެފުށްފެންނަ ސާފު ގޮތުގައި ހޯދާ ފައިސާ ނޫން ފައިސާ އަކަށް މި މުސްލިމް އަދި ޑިމޮކްރެޓިކް ވެރިކަމެއް ބޭނުން ދިވެހި ދައުލަތް މަރުހަބާ ކިޔައިގެން ނުވާނެ. މިސަރުކާރުން “ޤާނޫނީއިން ފަހަނަޅާހިންގާ ކަންކަމުން” އެންމެފަހުންސަރަހައްދުގެ ރައްކާތެރިކަމަށްއަސަރުކޮށް 1.4 ބިލިޔަން ރައްޔިތުންގެ ރައްކަލާއި ހިމާހަތަށް އިންޑިޔާއިން ފިޔަވަޅު އަޅާއިރު ކިހިނެއްވާނެބާ؟