ޓީޗިން ޓިއުބްގެ އޮފިޝަލުންނާއި، އެންބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ކުދިން.
02 ޑިސެމްބަރ 2017 - 15:40
އޯލެވެލް އާއި އޭލެވެލް ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓިއުޝަނުގެ ބަދަލުގައި އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދިނުމަށް އައިލެންޑާސް އިން ތައާރަފް ކޮށްފައިވާ ވެބްސައިޓް، ޓީޗިން ޓިއުބްގެ އެންބެސެޑަރުން ހަމަޖައްސައިފި އެވެ.
އައިލެންޑާސް އިން ބުނީ، ޓީޗިން ޓިއުބުގެ އެންބެސެޑަރުންނަށް ހަމަޖައްސާފައިވަނީ މާލޭގެ އަށް ސްކޫލެއްގެ ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހިމެނޭ ގޮތަށް 13 ކުދިން ކަމަށެވެ. އަދި އެ ކުދިންނަކީ މި އަހަރު އޯލެވެލް އިމްތިހާނު ފުރިހަމަ ކުރި ކުދިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އައިލެންޑާސް އިން ބުނިގޮތުގައި އެންބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ކުދިން ގޭގެއަށް ގޮސް، ޓީޗިން ޓިއުބްގެ ތަޖުރިބާތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދޭނެ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ބިލަބޮންގް ހައި ސްކޫލް ހިންގަމުން އަންނަ އައިލެންޑާސްގެ ޓީޗިން ޓިއުބަކީ މިހާރު ރާއްޖޭގެ އިތުރުން ބޭރުގެ އެތައް ހާސް ދަރިވަރުންތަކެއް ވެސް ބޭނުންކުރާ ވެބްސައިޓެކެވެ.
އަބަދުވެސް ކޮންޓެންޓް އާކުރަމުން އަންނަ ޓީޗިން ޓިއުބުން ވަނީ ފޭސްބުކް ލައިވް މެދުވެރިކޮށް ވެސް ޓިއުޝަން ކުލާސްތައް ނަގައިދީފަ އެވެ. އެގޮތުން އެ ކުލާސްތައް ކުރިއަށް ގެންދިޔައީ ހުރިހާ ކުދިންނަށް ވެސް ހުޅުވާލެވިގެން، ހިލޭ ބައިވެރިވެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނިޔަ
03 December 2017
ވަރަށް ރަނގަޅު ފުރުޞަތެއް އަތޮޅުތަކުގެ އަދި ރާއްޖެއިން ބޭރުންވެސް ކިޔެވުމުގެ ފުރުޞަތު ފަސޭހަކަމާއެކު ޝުކުރިއްޔާ އައިލެންޑާސް އެޑިޔުކޭޝަން
ހަސަން
02 December 2017
މިހާރު މިދޭ ޓިޔުޝަން އަކީ ބޮޑު ވިޔަފާރިޔެއް ... ޕްރޮގްރާމް ކޮއްފަ ދޫކޮއްލީމަ އޯލެވެލް އިން އޭ ލިބޭ ދަރިވަރު އޭ ލެވެލްގަ އަމިއްލަ ސިނކުޑި ބޭމުން ކުރަން ޖެހުނީމަ އެކުދިންނަށް ވަރަށް އުނދަގޫވެ ލިބޭ ނަތީޖާ ދައްވޭ ... އަމިއްލަ ސިކުނޑި ބޭނުން ކުރަން ހުރިހާ އުމުރެއްގައި ދަސްކޮއްދޭން ޖެހޭ ... މަތީ ތައުލީމާ ކުރިމަތުލާއިރުއާއި ދިރިއުޅެން ނިކުންނަ އިރު މިބުނި ކުދިންގެ ސެލްފް ކޮންފިޑެންސް ހުރޭ އަދި ދިރިއުޅުމުގައި ދިމާވާ އުނދަގޫތަށް ފަސޭހައިން ހައްލުކުރޭ.