ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި އިދިކޮޅު ފަރާތްތައް ރޭ އުފާ ފާޅުކުރަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
02 ފެބުރުއަރީ 2018 - 08:59
ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ރޭ ނެރުނު އަމުރު ސަރުކާރުން ތަންފީޒު ކުރަން ދެން މަގުމަތީގައި ތިބޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ،
ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ދިރާސާ ކުރަމުންދާ ކަމަށް ބުނި ނަމަވެސް، އެއީ ދިރާސާކުރަންޖެހޭ އެއްޗެއް ނޫން ކަމަށާއި އަމުރު ވަގުތުން ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.
އެކަމަކު، ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމް ނުކޮށް، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވީ ރޭގައި އިދިކޮޅު ފަރާތްތައް ފެށި މަސައްކަތް ހުއްޓާލާނީ ކޯޓުން ނެރުނު އަމުރު ތަންފީޒުކޮށް ނިމުނީމަ ކަމަށެވެ.
"އަޅުގަނޑުމެން މިއޮތީ ސީދާ ރޯކޮށްލާފައި. މީތި ދާނީ ރޯވަމުން، ރޯވަމުން ގޮސް ރޯވާނީ. ފެށި މަސައްކަތް ނިންމާލާނީ ކޯޓުން ބުނާ ކަންކަން ސަރުކާރުން ތަންފީޒުކޮށް ނިމުނީމަ. ރައީސް ޔާމީންގެ ވެރިކަން ވެސް ނިންމައި، ބަދަލުކޮށްފައި،" އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމަކީ ގުޅިފައިވާ ޕާޓީތަކުން ކުރަމުން ދިޔަ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. އެހެންކަމުން މިކާމިޔާބީ ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މިހާރުން މިހާރަށް މާލެއަށް އެރުމަށް މަހްލޫފް ވަނީ ގޮވާލައްވައިފަ އެވެ.
މި ކާމިޔާބަކީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށްވާތީ މުޅި ރާއްޖެ މި ކާމިޔާބީގައި ބައިވެރިވާންޖެހޭ ކަމަށާއި މިކަމުގައި ބައިވެރިވާން ގިނަ ބަޔަކު މިހާރު ވެސް މާލެ އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައްޔިތުން އުފާ ފާޅުކުރަމުން ދަނިކޮށް ކަރުނަ ގޭސް ޖަހާ ބާރުގެ ބޭނުންކޮށްގެން ބަޔަކު ހައްޔަރުކުރި ފުލުހުންނަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ތާއީދުކުރާ ފުލުހުން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ގައުމީ ފުލުހުން ތިބީ ގައުމާއެކު ކަން ރައްޔިތުންނަށް ދައްކައިދިނުމަށް ވެސް މަހްލޫފް އެދިވަޑައިގެންނެވި އެވެ.
ސުޕްރީމް ކޯޓުން ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަށްދޭ
02 February 2018
ދަ ގްރޭންޑް މާލޭގެ މަގު މައްޗަކީ އެއީ ކެނެރީގެ ނަޝީދުގެ އަމިއްލަ ތަނެއް ނޫނެވެ. ނުތިބެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. މަހަށް ދާން ޖެހޭނީ ދޯ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.
ޝީޝާ
02 February 2018
އަންނި އިސްތިއުޕާ ދީފަވެސް އަނެއްދުވަހު މަގު މައްޗަށް ވަރަށްގިނަ ބަޔަކު ގޮވައިގެން ނުކުމެގޮވި ވަހީދުގެ ވެރިކަން ވައްޓާފަޔޭ ގެއަށް ވަންނާނީ ވެރިކަމެއް ނުވެއްޓުނު ގެއަށްވަންނަން ޖެހުނީ މަޙްލޫފުވެސް ތިޔަކަހަލަ ސަޅި ނުކަނޑާ ދެން އެހެންނޫނަސް އާޢްމުންނަށް ނޮހޮރުއްޕާން ކުރަން މަގުތައް ހަލަބޮލި ކުރަން އުޅޭނެ ކަމެއްނެތް
ބޭފުޅާ
02 February 2018
މާލޭގައި ގިނަވާނީ އެމްޑީޕީގެ މީހުން. އެމީހުންނަކަށް ނުހޮރުއްޕާނަކަށް ނުވޭ. އެހެންނޫނަސް ދޫކުރީމާ އެކަން ނިމޭނެ ނުހޮރުއްޕާން ވަންޏާމު ދޫކުރަން ބާރުއަޅާ
ކޮށްދީބަލަ
02 February 2018
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަންދެން މަގުމަތީގައި ތިބޭނަން ކަަމަށް ބުނުަމަކީ އެއީ ވެސް ގާނޫނާއި ޚިލާފު ކަމެކޭ ތަމެންނަށް އެވަރު ނޭގޭ ނަަމަ ދެން ތަމެންނަށް އެވަރު އިނގޭވަރު ކުރަންވީ ނުވަތަ ކުރެވިދާނެއޭ. ސްޕްރީމް ކޯޓަކީ އެއީ ސަރުކާރު ހިންގަން އޮންނަ ތަނެއް ނޫނޭ އަދި ކުށްވެރިން ދޫކުރަން އޮންނަ ތަނެއް ނޫނޭ ސްޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރި ނަމަވެސް އެފަދަ ހުކުމް ތަކުގެ ސައްހަ ކަން ބަލާފައި ނޫނީ އެފަދަ ހުކުމް ތައް ތަންފީޒު ނުކުރެވޭނެއޭ. ކާރނަލް ނާޒިމް ސިޔާސީ ލީޑަރަކަށް ވީ އެއީ ކީއްވެގެންތޭ ތަމެން މަމެންނަށް ސާ ފުކޮށް ދީފާނަންތޭ.
ޓޮމް
02 February 2018
ސާބަހޭ މަހުލޫފް
ޤައުމީ ލޭ
02 February 2018
ޙުކުމްގަ އޮތީ ސިޔާސީ މީހުން ދޫކުރާ ވާހަކަ...ވަގުންނާއި ޓެރަރިސްޓުން ދޫކުރާ ވާހަކައެއް ނޫން
ލޮޓަސް
02 February 2018
ޙާމިދާއި އަދީބަކީ ސިޔާސީ ކުއްވެރިންނެއް ނޫން
ދޮންހަސަނު
02 February 2018
ތިހެން ވެދާނެ. އެކަމު އަދީބަށް އަންނަ ކޮންމެ ހުކުމެއް ޔާމީނަށްވެސް އަންނަން ޖެހޭނެ. އަދީބު ކުރިކަމެއް ކުރީ ޔާމީން ބުނެގެން.
ތެދެއް
02 February 2018
ތިޔައީ ތެދެއް، އެކަމަކު ކޮންމެ އިންސާނަކަށްވެސް އިންސާފުލިބޭއުސޫލުން އެމީހުންގެ ތަހުގީގު އަލުންކޮށް ރަނގަޅުމަގުން ހުކުންކުރާނެކަމަށް އުއްމީދުކުރަން.