ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ހަރަކާތުން ބޭއްވި އެއްވުން ފުލުހުން ރޫޅާލުމުގެ ތެރެއިން، އިދިކޮޅު ފަރާތްތަކުގެ މައި ހަރުގެ މ. ކުނޫޒްގައި އެސްއޯ ފުލުހުން މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
23 ފެބުރުއަރީ 2018 - 20:39
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ތިބި މީހުންގެ ގަޔަށް ރޭ ފުލުހުން ޕެޕާ ސްޕްރޭ ޖެހި މައްސަލަ އެ ޕާޓީން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މިއަދު ހުށަހަޅައިފި އެވެ.
އެންއައިސީއަށް މިއަދު ޖޭޕީން ފޮނުވި ސިޓީގައި ބުނީ ހުއްދަ ނުހޯދައި ރޭ ފުލުހުން ކުނޫޒަށް ވަދެ، އެތަނުގައި ތިބި މީހުންނަށް އަނިޔާކުރީ ގަސްދުގައި ކަމަށެވެ. އެގޮތުން އެ މީހުން ހިފަހައްޓައި، މޫނަށާއި ލޮލަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހީ ފޫޓެއްހާ ކައިރިން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އަދި މިއީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށް ސިފަކޮށް، މައްސަލަ ބަލައިދިނުމަށް ޖޭޕީން ވަނީ އެދިފަ އެވެ.
ކުނޫޒް ތެރޭ ޕެޕަސްޕްރޭ ޖެހުމުން އަނިޔާވި މީހަކަށް ފަރުވާ ދޭން ގެންދަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ
ފުލުހުން ރޭ ދަންވަރު ކުނޫޒު ތެރެއަށް ވަދެ، ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ތިން މީހަކަށް އަނިޔާވެފައިވެ އެވެ. އަދި ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
ހާލު ސީރިއަސްވި، އަބްދުﷲ ސަލީމް ގަޔަށް ޕެޕާ ސްޕްރޭ ޖެހުމުން ފިޓު ޖެހި ހޭނެތުނު ކަމަށާއި އެކަމަކު ފުލުހުން އޭނާ އެތަނަށް ދޫކޮށްލާފައި ދިޔައިރު، އަބްދުﷲއަށް އެހީތެރިވެދެވޭނެ ފަދަ ހާލަތެއްގައި އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ޖޭޕީން ބުންޏެވެ. އަދި އެއީ ގަސްދުގައި މީހަކަށް އެހީތެރިނުވުމުން މީހެއްގެ ފުރާނައަށް ގެއްލުން ލިބިދާނެ ފަދަ ހާލަތެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"...އިންސާނިއްޔަތަށްޓަކައި ވެސް އެހީތެރިވުމުގެ މަގްސަދު އެ ފުލުހުންގެ ކިބައިގައި ނެތް ކަމުން މިއަދު އަބްދުﷲ އެދަނީ އައިސީޔޫގައި ފުރާނައާ ހަނގުރާމަކުރަމުންނެވެ." އެންއައިސީއަށް ޖޭޕީން ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
އެ ސިޓީގައި ބުނީ ފުލުހުންނަކީ ގައުމީ މަސްލަހަތުގައި، ރައްޔިތުންނަށް ހިދުމަތްކޮށް ކުށްތަކުން ސަލާމަތްކޮށްދިނުމުގެ ޒިންމާ އަދާކުރުންމަތީ ތިބެން ޖެހޭނެ ބައެއް ކަމަށެވެ. އެކަމަކު ރޭ ފުލުހުންގެ އަމަލުތައް އެއާ ދިމާ އިދިކޮޅަށް ހުރުމުން، މި ފަދަ ފުލުހުން ހިދުމަތުގައި ތިބުމަށް އެކަށީގެންވާ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިނުވާ ކަމަށް ވެސް ޖޭޕީން ބުންޏެވެ.
އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ކުނޫޒުގެ ތެރެއަށް ވަދެ ޕެޕާ ސްޕްރޭ ޖެހީ އާދަޔާހިލާފު ގިނައިން، ވަރަށް އަނިޔާވެރިކޮށް ކަމަށް އޭރު އެތަނުގައި ތިބި މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮޅުގޭ މުޙައްމަދު
03 March 2018
އެ ސިޓީގައި ބުނީ ފުލުހުންނަކީ ގައުމީ މަސްލަހަތުގައި، ރައްޔިތުންނަށް ހިދުމަތްކޮށް ކުށްތަކުން ސަލާމަތްކޮށްދިނުމުގެ ޒިންމާ އަދާކުރުންމަތީ ތިބެން ޖެހޭނެ ބައެއް ކަމަށެވެ. އެސިޓީގައި އަދި ބުނަން ޖެހޭނެ ސަރުކާރާ ނުގާބޫލް ކޮންމެބަޔަކީ ތިމަންނަމެން ހިތަންއެރިގޮތަކަށް މަގުތަށްމަތީގަ އާއި އެހެނިހެންތަންތަނުގައި މޮޔަގެރި ތަކެއްހެން އުޅެން ޖެހޭނެބައެކޭ އެކަން ހުއްޓވައިގެން ނުވާނެއޭ
ސަމޫ
25 February 2018
ރައްޔިތުންނާ ދޭތެރޭ އަނިޔާވެރިވެގެން ކުރިން އުޅުނު ފުލުހުން މިހާރުވީ ޖަލުގަ. އަދި އެއީވެސް އެމީހުން އަމިއްލައަށް ތާށިވެގެން. ވަރަށް ވިސްނާތި އަދި ނަތީޖާއަކަށް ވަނީ މިހާރު ފުލުހުންގެ ވަޒީފާއަކީ ދެމިތިބެވޭނެ ކަމުގެ މާބޮޑު އިތުބާރެއް އޮތްތަނެއްނޫން. އިސާހިތަކު ވަޒީފާ ގެއްލި ބިކަވެދާފަދަ ހާލެއްގައި ތިބެ ރައްޔިތުންނަށް އަނިޔާވެރި ނުވޭ!
އުދުހޭ
24 February 2018
ކުނޫޒަކީ މީހެއްގެ އަމިއްލަ ގެއެއް. މީސްމީހުންގެ ގޯތިގެދޮރަށް ވަދެވޭނީ ސަރޗް ވޮރަންޓް ހޯދައިގެން.
އެކޮޅުގޭ މުޙައްމަދު
03 March 2018
ކުނޫޒަކީ މީހެއްގެ އަމިއްލަ ގެއެއް. ޖެހިގެން ހުރީ ރޔ ގެ ގެތަކެއްނޫން އެމީހުންނާއި ކުދި ދަރިންކޮޅު ނިދަން ޖެހޭނެ އެހެންވެ ޕޮލިހުންނާ ސެލިއުޓް އަރުވަން
ޕާރޕްސް
24 February 2018
ބަލި މީހުން ގޭގައި ތިބޭނަމަ ޕެޕޭ ސްޕްރޭގައި ނުޖެހޭނެ
ރާއްޖެތެރޭ މީހާ
24 February 2018
ފުލުހުން ގޮސް ޕެޕަރ ސްޕްރޭޖަހާނީ ޖަހަންޖެހިގެން ސާބަހޭ ދިވެހި ފުލުހުން .
ކިނާން
24 February 2018
މިއަދުގެ ޕޮލިސް އެމް އެމް އެން ޑީ އެފް އަށް ސެލިއުޓު ކުރަން އަޅުގަނޑު، އަޅުގަނޑު ފަދއިން އެމީހުނގެ އާއިލާ ވެސް އޮންނާނެ ދރިންވެސް ތިބޭނެ އެމް ޑީ ޕީ އިން ކުރަން ބޭނުންވާ ކަމެއް ނުކުރެވޭނެ މީ ދިވެހި ގައުމު.
ކިނާން
24 February 2018
ރައްޔިތުންނަށް އުނދަގޫ ކުރާ މީހުންނަށް ގޭގެ އެތެރޭގަ ތިއްބަސް ސޮޕްރޭކުރަންވީ ސާބަހެ ޕޮލިސް
ބަޗީ2
24 February 2018
ބަޗީ އެކައުންޓަށް ޖަމާވި މިލިއަން ޑޮލަރާ ގެއަށް ވަތް ހަލާލުނޫން ފައިސާވެސް ދައުލަތަށް ހޯދަން ގޮވާލަބަ, މިކަންކަމުން ޔާމީނެއް ކަމަކު އިސްތިސްނާއެއް ނުވާނެ, ފުލުހުން އިދިކޮޅު ފަރާތްތައް ފަހަތުން ދިޔަސް ވެރިމީގެ މައްސަލަތައްވެސް ބެލުމަކީ, ކޮށްފައިވާ ހުވަޔަށް އަމާނާތްތެރިވުން,
އައްޓަމަސް
24 February 2018
އެން.އައި.ސީގެ މެންބަރުންގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިކަން ޒިންމާދާރުކަމާއެކު މި މައްސަލަ ބަލާދީބަލަ!
ގާސިމް
24 February 2018
ފުލުހުންނަށް މުޒާހަރާ ކުރާމީހުން ފެންނަނީ ޓެރަރިސްޓް ގެ ގޮތުގައި،