އެޗްއާރުސީއެމްގެ ބައެއް މެމްބަރުންނާ، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ބައްދަލު ކުރައްވަނީ: ސިޔާސީ އިސް ބައެއް ބޭފުޅުން މި ވަގުތު ޖަލުގައި އެބަތިއްބެވި
28 ފެބުރުއަރީ 2018 - 22:33
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައިފި އެވެ.
އެޗްއާރުސީއެމުން ބުނީ ޖަލުގެ ހާލަތާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މިއަދު މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާފައިވާ ގައިދީންގެ ހާލަތު ބަލައި، އެ މީހުން ބަންދުކޮށްފައިވާ ތަނުގެ ހާލަތު ވެސް ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ދޫނިދޫ ޖަލުގައި ސިޔާސީ ގިނަ އިސް ބޭފުޅުން ހައްޔަރުކޮށްފައި ތިބިއިރު އެ ބޭފުޅުންނާ ގުޅޭ ގިނަ މައްސަލަތަކެއް، މި ފަހަކުން އެޗްއާރުސީއެމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް، ސަރުކާރުން އިއްޔެ އިސްތިއުފާ ދެއްވި ދުންޔާ މައުމޫން ވަނީ އެ ކޮމިޝަނާ ހިއްސާ ކުރައްވާފަ އެވެ.
އަދި މި މަހު ފަހެއްގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހައްޔަރުކޮށްފައިވާ މަޖިލިސް މެމްބަރުންނާއި އެހެން ބޭފުޅުންގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ވެސް އެ މުއައްސަސާއާ ހިއްސާކޮށްފައިވާ ކަމަށް ދުންޔާ ވިދާޅުވެފައި ވެ އެވެ.
އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގާނޫނީ ވަކީލުން ވަނީ މިދިޔަ މަހު ފަހުކޮޅު އެ ކޮމިޝަނުގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
01 March 2018
ޖެނީވާއަށް ދުރުވި ފަރާތްތަކުން އިންސާނީ ހައްޤުތަކޭ ކިޔައިގެން ކިހާވަރެއްގެ ތެދުމައުލޫމާތެއް ދޭނެބާ!
ދޯރި
01 March 2018
އެޗްއާރުސީއެމް އިން ބެލުމެކޭ ފުލުހުންގޮސް ބެލުމެކޭ ތަފާތެއް ނެެތެވެ. ހަމަ އެއްބައެކެވެ. އެހެން ނޫނަސް އެޗްއާރުސީއެމް އިންވެސް އުއްމީދު ނުުކުރާ ކަހަލަ ރިޕޯޓެއް ނެރެފިނަމަ ތިބެން އެޖެހޭނީ ބަލަން ތިޔަ ތަނުން ގޮޅިއެއްގައެވެ.
45 ދުވަހަށް ދިގުދެއްމުން
01 March 2018
ކޮންކަހަލަ އެޗްއާރސީއެމް އެއްތަ؟ ސިޔާސީ ޕާރޓީތަކާ ބައްދަލްކޮށް ނުލެވޭ ދެން ޢާއްމު ރައްޔިތުންނަށް ކިހާވަރެއް ކޮށްލާނެ އެއްވެސް ޒިންމާއެއްނެތި މުސާރަ ނަގން ތިބި ބައެއް ނޫން ތީ ނިދާފަ ތިބެގެން މުސާރަ ކައިގެން ނުވާނެ ޙަލާލެއް ނޫން
ތުއްތުނާ
28 February 2018
އިސްތިހާރު ކުޅޭނީ........... ވާނުވާ ނޭނގޭ ކުޑަކުއްޖަކު ވެސް މިހާރު ނެތް.........
ފަސީ
28 February 2018
ޖަލުގެ އެޑްމިން މަސައްކަތް ހިނގާގޮތް ބެއްލެވީ، ދޮތަ؟ ތިއީ ހަމަ އެކައްޗެއް، މަޑުމަޑުން އަތްޖަހާލަ ޖަހާލަ ތިބޭނަން ވެއްޓެންދެން
ސަބްނަމް
28 February 2018
ކޮންމެވެސް ތަޙްޤީޤެއް ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ދަތުރެއ. ތިއީ. މާފޮނި ނުކަނޑާ ތިބޭ.