ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
12 މާޗް 2018 - 14:24
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަންގެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލް ބަލައިގަންނަން ފާސްވުމާ އެކު، ބިލް ދިރާސާ ކުރަން މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
އެންޓި ޑިފެކްޝަންގެ ބިލްގެ އިތުރުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް މިއަދުގެ ޖަލްސާގައި ވަނީ 36 މެމްބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގެންފަ އެވެ. އެ ބިލް ވެސް ދިރާސާ ކުރަން ރިޔާސަތުން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށެވެ.
މި ދެ ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި މިއަދުގެ ޖަލްސާ އަށް ވެސް އެ މެމްބަރުން ވަޑައެއް ނުގަންނަވަ އެވެ.
އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.
މި ބިލްގެ ބަހުސްގައި ޕީޕީއެމްގެ މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި އެއް ކަމަކީ ބިލްގެ މަގްސަދު ހާސިލް ކުރުމަށް ހަދަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޫކޮށްފައި އޮތުމުންނެވެ. އެހެންވެ، ބިލްގައި ބުނާ އެ މާއްދާ އުވާލަން ޖެހޭ ކަމަށް ވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ގޮވާލެއްވި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފްގެ މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ. ގާނޫނުއަސާސީގެ 154 ވަނަ މާއްދާ އޮންނަ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލީހުންނެވެ.
މި ބިލަށް ބަހުސް ކުރެއްވި ޕީޕީއެމް/އެމްޑީއޭގެ ހުރިހާ މެމްބަރުންހެން ވަނީ ވީހާ ވެސް އަވަހަކަށް އެ ބިލް ފާސް ކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިން
12 March 2018
ތިޔައީ ކަމެއް އިސްލާހް ކުރަން ލައިގެން އުޅޭބިލެއް ނޫނޭ ތިޔައީ ޕީޕީ ދޫކޮށް 12މެމްބަރުން ދިޔައިމަ ޖަޒުބާތުގަ ޖެހިގެން ލައިގެން ހާވާހަޑިޔެކޭ 06
ބޮންދު
12 March 2018
މަޅިގަޑުހަދާފަ ކަރުގަ ބައްދާފަ ދަމަން ރައީސާ ޙަވާލުކުރައްވާ.
ފެނޭތޭ
12 March 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ޑާޑާޑާޑާ
12 March 2018
އެންޓި ޑިފެކްޝަން ބިލް ބަލައިގަނެ، ކޮމިޓީ އަށް ފޮނުވައިފި ނަމަ އެއީ މަމެން އުފާ ކުރަން ޖެހޭނެ ކަމެކޭ މަމެން ބޭނުންވަނީ ވެސް ސަރުކާރުން އެބިލް ޑިޒައިން ކޮށްފައިވާ ގޮތަށް އެބިލް ކޮމެޓީގެ މަރުހަލާ އިން ވެސް މިއަދުން މިއަދަށް ނިންމާލާ މިއަދު ނުވަތަ މިރޭ ވެސް ޚާއްސަ ޖަލްސާ އެއް ބާއްވައިގެން އަވަހަށް އެންޓި ޑިފެކްޝަން ބިލް ފާސް ކުރުމޭ އެއިރަށޭ މިރާއްޖޭގެ ސިޔާސީ މައިދާނުގައި އެމެން ޖައްސާ ކޮރަޕްޓް ގޭމްސް ތަކަށް ހުއްޓުން އަންނާނީ އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ. ހޫއާރ ދޭ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...
ރުޅި
12 March 2018
މަ ވަރަށް އުފާވޭ އަމިއްލައަށް އަމިއްލަ ބާރުތައް ކަފުންކޮށް މީހެއްގެ އަޅަކަށް ވާތީ، މިހާރު ތިޔައީ އެއްކަލަ ހަންބޯ އިއްޒަތްތެރި މަޖިލީހެއްނޫނޭ. ތިޔައީ މިހާރު އާރެއް ބާރެއްނެތް ތަނެއް. އަދި ތިޔަ ބިލް ފާސްވުމުން އިތުރަށް ނިކަމެތިވާނެ. ޔާމީން ގަދަ. މަނަމަ އަދި މިވެރިންލައްވާ މުސާރަވެސް ކުޑަކުރުވާނަން. ރައީސަށް ކޮންދެރައެއް އެމަނިކުފާނު ދެން މަޖިލީހަކަށް ވާދަނުކުރައްވާނެވިއްޔަ. އޭރުން ދައުލަތަށް ޚަރަދުކުޑަވެ އެއިރެއްގެ ހުންނަ ވެރިއަކު ބޭނުންގޮތަކަށް ވެރިކަން ކޮށްލެވޭނެ. މަޖިލީހުގެ ބާރު ދުއްވާލުމުން. ގަދަ