ޚަބަރު / އިދިކޮޅު ފަރާތްތައް

ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލުގެނައި ބިލް ބާތިލް ކުރަން ސުޕްރީމް ކޯޓަށް

އިބުރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- މިހާރު ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި ބިލާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މަގާމުން ވަކިވާ ގޮތަށް މިއަދު ފާސްކުރި ދެ ބިލް ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ގާނޫނަކަށް ވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

12 memberunge gondi gelley gothah anti-defection bill majileehun faas koffi

12 memberunge gondi gelley gothah anti-defection bill majileehun faas koffi

The most trusted news source in the Maldives

Mihaaru

12 މެމްބަރުންގެ ގޮނޑިގެއްލޭގޮތަށް ބިލް ފާސްކުރުން--

ސަރުކާރުގެ މެމްބަރުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާއެކު ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން މަގާމުން ވަކިވާނެ އެވެ.

މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެ ދެ ބިލް ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ ވަރަށް އަވަހަށް އެ މައްސަލަ ބަލައި އެ ދެ ބިލް ބާތިލް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެ ދެ ބިލަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ އިޖުރާތްތަކާ ހިލާފު ދެ ބިލް. އެހެންވެ އަޅުގަނޑުމެން އެ ބިލްތައް ބާތިލް ކުރަން އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު، ފަނޑިޔާރުންގެ ގާނޫނުގެ 154 ވަނަ މާއްދާ އާ ހިލާފު ކަމަށެވެ.

އެ މާއްދާއަކީ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނެ އުސޫލު ކަނޑައަޅާފައިވާ މާއްދާ އެވެ. އެ މާއްދާ ބުނާ ގޮތުން ފަނޑިޔާރެއްގެ މައްސަލައެއް ފުރަތަމަ ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އަށެވެ. އެ ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމުމަށްފަހު މަޖިލީހަށް ހުށަހެޅުމުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުގައި އަހާ ވޯޓުގައި ބައިވެރިވާ ތިން ބައި ކުޅަ ދެބައި މެމްބަރުންގެ ވޯޓު ދީގެންނެވެ.

ކެންޑޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުން ވަކިކުރެވޭ އުސޫލު އެގޮތަށް އޮންނަނީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ކަމަށެވެ. ނަމަވެސް މިއަދު ފާސްކުރި އިސްލާހާއެކު އެ މިނިވަންކަން ގެއްލިދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ނުހައްގުން ފަނޑިޔާރުން ވަކިކުރަން ގެނައި ބަދަލެއް. 38 މެމްބަރުން ވޯޓު ލައިގެން ކިހިނެއްތޯ ގާނޫނު އަސާސީގެ މާއްދާއެއް ބާތިލް ކުރާނީ،" ފާސްކުރި ބިލް ބާތިލް ކަން ހާމަކުރައްވަމުން އަލީ ހުސައިން ވިދާޅުވި އެވެ.

މެމްބަރު އަލީ ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--

އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.

އަލީ ހުސައިން ވިދާޅުވީ މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެ ބާރު ސިޔާސީ ޕާޓީއަކަށް ނުވަތަ އިލެކްޝަން ކޮމިޝަނަށް ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އެއީ ރިޔާސީ ނިޒާމާ ބީރައްޓެހި އުސޫލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ބިލް ބުނާގޮތުން އެގޮތަށް އަމަލުކުރާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

ބިލް ފާސްކޮށްފައި އެވަނީ އެހެން ޕާޓީތަކުން ސަރުކާރާ ގުޅުނު މެމްބަރުންގެ ގޮނޑި ނުގެއްލޭގޮތަށް އެ މުއްދަތުން ފަށާގޮތަށެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެގޮތަށް ނިންމުމުން އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމަށެވެ. އިހުލާސްތެރި ކަމެއް ހުރި ނަމަ ދައުރު ފެށުނީންސުރެ އެ އުސޫލަށް އަމަލު ކުރަން ފާސްނުކުރީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

މެމްބަރު އަނާރާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- މިހާރު ފޮޓޯ

އަނާރާ އެ ސުވާލު އުފައްދާފައިވާއިރު އެ މުއްދަތުގެ ކުރިން އިދިކޮޅު ޕާޓީތަކުން އިންތިހާބުވި މެމްބަރުން ވަނީ ޕީޕީއެމާ ގުޅިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ ޓިކެޓުގައި އިންތިހާބުވި، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހިމެނެ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނަކީ ވެސް ޕާޓީ ބަދަލު ކުރެއްވި މެމްބަރެކެވެ.

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުން ކަމަށް ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޖުލައި 13 ވަނަ ދުވަހުން ފެށިގެން ޕާޓީ ބަދަލުކުރި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނި ނަމަވެސް އިލެކްޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ސަބަބެއް ކަމަށް އަމީތު ވިދާޅުވީ ޖުލައި 13 ގެ ކުރިން އޭގެ ތެރެއިން ބައެއް މެމްބަރުން ޕީޕީއެމުން ވަކިކޮށްފައިވާއިރު އަނެއްބައި މެމްބަރުން އަމިއްލައަށް ޕާޓީން ވަކިވެފައިވުމެވެ. ކޮންމެ ގޮތެއް ހެދި ނަމަވެސް އެ 12 މެމްބަރުންގެ ތާއީދު ރައީސް އަބްދުﷲ ޔާމީނަށް ނުހޯދޭނެ ކަމަށް އަމީތު މިއަދު ވެސް ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

ރައްޔިތުން އެ ގާނޫނެއްގެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނެއް ފާސްކުރާނަމަ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެ އެވެ. އެއީ މިހާރުގެ މަޖިލީހުންގެ މެމްބަރުންގެ އަދަދަށް ބަލާނަމަ 43 މެމްބަރުންނެވެ. ނަމަވެސް މިއަދު މަޖިލީހަށް ހާޒިރުވީ 38 މެމްބަރުންނެވެ.

އިބޫ ވިދާޅުވީ ގާނޫނުން ކަނޑައަޅާ މެމްބަރުންގެ އަދަދު ހަމަނުކޮށް އެބިލް ފާސްކުރުމަކީ ވެސް ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ޕީޕީއެމްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ބައިވެރިވެވަޑައިގެންފައިނުވާތީ އިބޫ ވަނީ އެ މެމްބަރުންނަށް މަރުހަބާ ދަންނަވާފަ އެވެ.

40 ކޮމެންޓް, 94 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 2%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެމްބަރުބޭބެ

14 March 2018

މެމްބަރުންވެސް މިގޮތައް ސުލޫކީ މައްސަލަ ތަކާއި، ލަދުވެތި ކަންކަން ކުރީމަ މަޖިލިހުން އޮޓޯ އިން ބޭރުވާގޮތެއް ހަދަންވީ. ަދަބު އަހުލާގު ދައްވީމަ ވެރިންނަށް ބަސްކިޔަން ތިބެގެން ނުވާނެ. އެފަދ މީހުން ބަލައިގަންނަން އުނދަގޫ އަދި ދައްކާ ވާހަކަ ބަލައިގަނެ ހަޖަމް ކުރަންވެސް އުދަގޫ، ޒިންމާދާރު ހެޔޮލަފާ މީހުނަށް އެބަވާންޖެހޭ. މަޖިލިހުން މިކަހަލަ ގިނަ ބިލްތައް ފާސްކޮއްލަންވީ މިވަގުތު. ގައުމު އިސްލާހު ކުރަންޖެހޭ އެބަ.

The name is already taken The name is available. Register?

ހަބޭސްބޭބެ

14 March 2018

ގައުމުގެ ހައްގުގައިވެސް މިއަދު ބައެއް ކަންކަން އެބަޖެހޭ ރަގަޅުކުރަން. މީ ހަމައެކަނި އަހަރެމެންގެ ގައުމެއް ނޫން، އަހަރެމެންގެ ދަރިންގެ ދަރިންގެ ވެސް ގައުމު. އެކަން ކުރުމަށް މިއަދު މި ސަކަރާތް ހުއްޓާ ކަންކަން ރަގަޅު ކުރަންޖެހޭ. މީކީ މިއަދު ރައީސް ޔާމީން އަށް ކޮއްދޭކަމެއް ނޫން. ހަމަ އިބޫމެން ދޯ ޖަންގިޔަލޭ ކިޔައިގެން ފަޑިޔާރުންގެ ހައިބަތު ހިފަހެއްޓުމަށް ނިކުތީ، މިއަދު އެފަދަ މަގާމު ތަކުގަ ހުކުމް އިއްވަން ތިބި ބައެއްގެ ސުލޫކީ އަހުލާގީ މިންގަނޑު ގެއްލުމުން ފަޑިޔާރުކަމުން ވަކިވާނޭ ބުނުމުން އެކަމާވެސް ތި ދެކޮޅު ހައްދަވނީ. ކޮބައިތޯ ފަރުދީ ޒިންމާ؟ ކޮބައިތޯ ކަންކަން ރަގަޅު ކުރުމުގެ ރޫހް. އަރާނާރާ މެންވެސް އެބަޖެހޭ ވިސްނަން. މިއަދުވެސް ދިޔައީމަ މާދަމާ ސުވާލު ކުރެވޭނެ. ފުރަތަމަ ގައުމު ވިސްނާ

The name is already taken The name is available. Register?

ބޭރު

14 March 2018

އަހަރެންނަށް ސަސްޕެކްޓް ކުރެވޭ ގޮތުގައި މި ބިލަކީ ސްޕްރީމް ކޯޓްގައި މިހާރު ތިބި ތިން ފަޑިޔާރުންގެ ބްލެސިން ލިބިގެން ހަދާފައިވާ ގާނޫނެކެވެ. އެކަމަށް ބާރު ލިބެނީ 01 ފެބުރުވަރީގެ ހުކުމާއެކު މަޖިލީހުގެ ޖަލްސާތައް ފެށުމަށް މެމްބަރުންނަށް ދައުވަތުދީ ހުރިހާ ކަމެއްނިމިފައިވަނިކޮށް ޖަލްސާ އޮތް ދުވަހުގެ ކުރީ ރޭ ސްޕްރީމް ކޯޓުން ކުއްލިއަކަށް އަމުރެއް ނެރެ 12 މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަސްތަކެއް ކުރިމަތި ކުރުމެވެ. އަދި 12 މެމްބަރުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސައަށް ގޮތެއް ނުނިންމާ ދިގުދެއްމުމެވެ. އަދި އެޖީގެ ފަރާތުން ހުށަހެޅި 12 މެމްބަރުންގެ މައްސަލަ ދެ ދުވަހަކު ތާވަލް ކުރުމަށްފަހުވެސް ކެންސަލް ކުރުމެވެ. ދެން ކުއްލިއަކަށް ގަނޫނެއް މަޖިލީހަށް ވައްދައިގެން މި ސަކަރާތެއް ޖެހީއެވެ. ވީމާ، ސްޕްރީމް ކޯޓުން ރައީސް ޔާމީނު އުއްމީދު ނުކުރައްވާ ކަހަލަ ހުކުމެެއް ނެރުމަކީ ވަރަށް ނާދިރު ކަމެކެވެ. ކާކުތޯ އެދޭނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދާން!

The name is already taken The name is available. Register?

މާރިޔާ

14 March 2018

އިބޫ މިބިލް ރަގަޅު ދެން ލަލަލަލާ

The name is already taken The name is available. Register?

އަލިވާ

14 March 2018

ބީލް ރަގަޅު ކަމަށްބުނެ ވަގުތު ކޮޅަކަށް ހިތްހަމަ ޖައްސާލާ... ތި ބިލް އަކީ ފެށުމުގައިވެސް ބާތިލް ބިލެއް.. އެކަން ފެނިގެންދާނެ..!

The name is already taken The name is available. Register?

ޓޫވެލް

14 March 2018

އެންޓި ޑިފެކްޝަން އާއި ބެހޭ ގާނޫނަކީ އެއީ މަމެން ޕިންކީންގެ މެނިފެސްޓޯ ގައި ހިމެނިފައިވާ ކަމެކެވެ. މާ ބޮޑަށް ރަނގަޅެވެ. އެންޓި ޑިފެކްޝަން އާއި ބެހޭ ގާނޫނެއް ފާސް ވުމުން ރަށު ތެރޭގައި އުޅޭ ކިއްލި ތަޅާއިންނަށް ޕާރޓީގެ ޓިކެޓް ގައި މަޖްލީހަށް ޕާރޓީގެ މެމްބަރުން ހޮވުމުން ދެން އެމެންނަށް އެގޮނޑި އެއީ އެމެން ކަޓް ޖައްސަން އޮތް ޓޫލް އެއް ކަމަށް ބޭނުން ކުރުން ހުއްޓުވޭނެއެވެ. މާ ބޮޑަށް ރަނގަޅެވެ. މީގެ ސަބަބުން ރާއްޖޭގެ މަޖްލީސް ތެރޭން ކޮރަޕްޝަން ނެތިގެން ގޮސް ރާއްޖޭގެ ސިޔާސީ މައިދާން އަލިވަނީ އެވެ. މާ ބޮޑަށް ރަނގަޅެވެ. މޭބީ ދިސް އެންޓިޑިފެކްޝަން ބިލް އިޒް އަ މާރސްޓަރ ޕީސް ފޯރ އަސް. އޯއް އޯއް އޯއް ދިސް އިޒް ޓޫވެލް. އައި ރިމެމްބަރ ދިސް މޯމެންޓް އޯލް ޓޫވެލް ޓޫވެލް ހޭއް ހޭއް އޯލް އޯލް އޯލް ޓޫވެލް ޓޫވެލް ޓޫވެލް..

The name is already taken The name is available. Register?

ދަވޭ

14 March 2018

އެންޓި ޑިފެކްޝަން އާއި ބެހޭ ގާނޫނެއް އުފަން ކުރުމަކީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ސްޕްރީމް ކޯޓުން 2017 ވަނަ އަހަރު ނެރެފައިވާ ގަޒިއްޔާ ނަމްބަރު 17 އިން ވަރަށް ރީއްޗަށް ވަރަށް ސާފުކޮށް އޭގެ ހުކުމް އިން އެގިގެން ދެއެވެ. އަދި އެގަޒިއްޔާ ގައި އެންޓިޑިފެކްޝަން އަކީ ކޮބައި ކަމާއި އަދި އެމަސައްކަތް ކުރާ ގޮތް ވެސް ބަޔާން ކޮށް ދީފައިވެއެވެ. ގާނޫނު އަސާސީގައި އެބައޮތް ލިޔެފައި މިނިވަން ކަމުގެ ބާބު އެކަމަކު ގާނޫނަކުން އެއްވެ އުޅެވޭނެ ތަން ކަނޑައަޅާ އަދި ޑިފަމޭޝަން އާއި ބެހޭ ގާނޫނެއް ވެސް ވަނީ އެކުލަވާލާ އެއަށް ދަނީ ރާއްޖޭގެ އެންމެހާ ރައްޔިތުން އަމަލު ކުރަމުންނެވެ. ސްޕްރީމް ކޯޓުން މިއިން އެއްވެސް ގާނޫނެއް ބާތިލް ކޮށް ފައި ނެތެވެ. އެހެން ކަމުން އެންޓި ޑިފެކްޝަން އާއި ބެހޭ ގާނޫނަކީ އެއީ ގާނޫނު އަސާސީ އާއި ޚިލާފް ބިލެއް ކަމަށް ބުނެވޭނެ ޖާގަ އެއް ގޮތަކަށް ވެސް ނޯންނާނެއެވެ. ގާނޫނު އަސާސީ އަކީ ލަފްޒީ މާނާ އަށް ވުރެން ބޮޑަށް އޭގެ އިންޑެޕްތް އެނަލައިސިސް ހަދަން ޖެހޭ އެއްޗެކޭ ރިފަރެންސް ތަކާއި އެކު.

The name is already taken The name is available. Register?

ވިންޑް

14 March 2018

ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލުގެނައި ބިލް ބާތިލް ކުރަން ސުޕްރީމް ކޯޓަށް އެމްޑީޕީ އިސްވެ އޮވެ އެ ހުށައަޅަނީ އެއީ އެމްޑީޕީ ގެ ވެރިކަމުގައި ނޫންތޭ އެމެން ބޮޑު އަގު ދީގެން މަޖްލީހުގެ މެމްބަރުން ކަރުގައި ހާމުދުރު ކުލަ ހުންނަ މާފަތި އަޅުވައިގެން މެމްބަރުން ގަނެގެން މަޖްލީސް މެދުވެރިކޮށް ރާއްޖެ އިންޑިއާ އަށް ވިއްކާލަން އެމެން އުޅުނީ. އެގޮތަށް މަމެން މަސައްކަތް ނުކުރާނެ ކަން މިހާރު ރައްޔިތުންނަށް ހުންނާނީ ވަރަށް ރީއްޗަށް އަންޑަރސްޓޭންޑްވެފައޭ އެހެންވެއޭ މަމެން ޕިންކީންގެ މެނިފެސްޓޯ ގައި ލިޔެ ގެން އެއަށް ރައްޔިތުންގެ ވޯޓް ހޯދައިގެން އެއާއި އެއްގޮތަށް މަމެން އެންޓި ޑިފެކްޝަން އާއި ބެހޭ ގާނޫނެއް އުފަން މިކުރުވަނީ. އިޓްސް އަ ވިންޑް އޮފް ޗޭންޖް. ޗޭންޖް މީ ޗޭންޖް މީ ޓު ދަ ލެޓިންގް އޮފް ދަ މޯމެންޓް އޮން އަ ގްލޯރީ ނައިޓް ވެއަރ ދަ ޗިލްޑްރެން އޮފް ޓު މޯރޯ ޑްރީމް އަވޭ އިޓްސް އަ ވިންޑް އޮފް ޗޭންޖް.

The name is already taken The name is available. Register?

ބޭރު

14 March 2018

ޖޭޕީއާއި އެމްޑީޕީ އާއި އަމިއްލަ ގޮތުން ހޮވުނު މެމްބަރުން ޕީޕީއެމްއަށް ގެންގޮސްގެނެއް ނޫންތޯ މިހާރު މިހިންގާ ހުރިހާ ޖަރީމާތަކެއް ހިންގަމުން އެދަނީ! އުއްތަމަ ފަޑިޔާރާއި ސްޕްރީމް ކޯޓްގެ އިތުރު ފަޑިޔާރަކު ބޭރުކޮށް އޮޑިޓަރ ޖެނެރަލް ބޭރު ކުރި ހިސާބުން މިރާއްޖެ ހަމައިން ނެއްޓިއްޖެއެވެ. އެ ބިންގަލާއެކު ފަޑިޔާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި މިނިވަން މުއައްސަސާތަކުގައި ތިބި މީހުން އެތިބީ ކަނޑީގެ މިޔަމަށްޗަށް ގެނެސްފައެވެ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

14 March 2018

ބޭކާރު މަސައްކަތާއި ބޭކާރު ވަގުތު ނަގާލުން ހުއްޓާލުމަށް ގޮވާލަން. ތަމެން ތި ކުރައްވާ މަސައްކަތާއިގެން ކުރިއަށް ވަޑައިގަންނަވާ. ﷲ ނަސްރު ދެއްވާނެ އިރާދަ ކުރެއްވިއްޔާ. މި ޤައުމުގައި އިންސާފު ހޯދަން ދާނެ އެއްވެސް ކޯޓެއް ނުހުންނާނެ. އިންސާފަކީ މިއަދު މި ޤައުމުގެ ކޯޓު ތަކުން ލިބޭނެ އެއްޗެއްނޫން.

The name is already taken The name is available. Register?

އަތްފުނާ

14 March 2018

އިދިކޮޅު ފަރާތްތަކުން މިއަދު ފާސްކުރި ދެ ބިލް ބާތިލް ކުރަން ސްޕްރީމް ކޯޓަށް ދިއުމުން އެނގިގެންދަނީ އިދިކޮޅު ފަރާތްތަކުގެ ހުރި ނާގާބިލުކަމާއި ، ތަންދޮރު ނޭނގުމާއި އަދި ގަމާރުކަން.ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެެއް ބާތިލް ކުރުމުގެ ބާރެއްް އެއްވެސް ގައުމެއްގެ ކޯޓަކަށް ލިބިގެންނުވޭ.އެއްސަބަބަކީ ކޯޓުތައް އުފެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާތުގެ ތެރެއިން އެހެންވެ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތަކަށް ކޯޓުތައް ޖެހޭނީ ކިޔަމަންވާން.އެއަށް އަތް ފޯރުވުމުގެ ބާރެއް ކޯޓުތަކަށް ލިބިގެންނުވޭ

The name is already taken The name is available. Register?

ހަމަނޭނގުނު

14 March 2018

މިވާގޮތެެއް ހަމަނޭނގުނު، މީގެ ކުރީގަ އުޅުނު ފިލްމުކުޅުނު ގާޒީ އެއް މަޖީހުން ވަކިނުކުރެވޭތީ އެކަމާ. މިބިލު މިވީގޮތުން ރައްޔިތުން ގެ މަންދޫބުންނައް ވަކިކުރެވޭނަމަ މިއައްވުރެ ޑިމޮކޮރެޓިކް ގޮތެއް ނުފެނޭ. މިވާގޮތަކީ މިކަމުގައި ކުރިޔައް އޮތް ތާނގާ ގެއްލުން އޮތީ ގާޒީން ނާއި މެންބަރުން ނައް ވާތީ، ރައްޔިތުން ނައް އޮތީ ފައިދާ، ސަބަބަކީ ގޮނޑި ގެއްލުނީމާ އެގޮޑި އައްމމެންބަރުން ހޮވާނީ ހަމަ ރައްޔިތުން ވީމާ. މިހާރު އެސޮރު ބަންދުކުރީ އިދިކޮޅައް ވާގިވާތީ ކަމައްވީމަ އަވަހައް މިނިވަން ކުރަން ވީ. ސަރުކާރުގަވެސް އިދިކޮޅުގައި ވެސަ އިހްލާސް ތެރިކަމެއް ހުރިތަނެއް ނުފެނޭ މިހާރު، ގުޅޭ އިރައް ހުދުފޮތިކޮޅޮއް. ކޮންމެސް އެއްޗެއްކިޔާފަ އެންމެން ނެރި ސަނާގޮވާފަ އަތްޖަހާފަ. މިމީހުން ކޮޅުބަދަލު ކުރީމަ ދެން ބަވާވަރު ބަލަން ތިބެމާ ބަހީ. އަންނި އާއި ޔާމީނު އާ ގުޅުނީމަ ވާގޮތް ބަލަން ވެސް ތިބޭނީ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454