ކުރީގެ ރައީސް މައުމޫން: އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށް އާއިލާ އާއި ވަކީލުން ބުނޭ. --ފޮޓޯ/މިހާރު
03 މެއި 2018 - 13:27
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށާއި އަވަހަށް އެކަށީގެންވާ ފަރުވާ ނުލިބިއްޖެ ނަމަ ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ދޫނިދޫގައި މައުމޫނާ ބައްދަލު ކުރެއްވުމަށް ފަހު ފައިސަލް "މިހާރު" އަށް ވިދާޅުވީ މައުމޫންގެ ހާލުކޮޅު ހުރި ގޮތުން އާއިލާއާ ދުރުގައި އެ މަނިކުފާނު މި ވަގުތު ބެހެއްޓުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. މައުމޫނަށް ކުރިމަތިވެފައިިވާ ސިއްހީ މައްސަލައިގެ ތަފްސީލް ނުދެއްވައި ވިދާޅުވީ، އެ ބައްޔާ ގުޅިގެން އެ މަނިކުފާނުގެ ފަރުވާ ކުރިއަށް ގެންދެވޭނީ އާއިލާ އަށް ކަމަށެވެ.
"މީގެ ކުރިން ވެސް އެ މަނިކުފާނަށް ސިއްހީ ގޮތުން މި މައްސަލަ ކުރިމަތިވެފައި ވަނީ. އެކަށީގެންވާ ފަރުވާ ނުލިބެއްޖެ ނަމަ، ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު،" ފައިސަލް ވިދާޅުވި އެވެ.
iyye in feshigen @maumoonagayoom ge sihhee haalathu vanee kanboduvaa minvarah dhashah gossa
— faisal_cappi (@cappi5) May 3, 2018
iyye kurimathi vi kankamaa gulhigen vetti vadaigathumuge furusathu bodu kamashaai adhi arihuga abadhuves meehaku hurumah ENT specialist vidhaalhuvi
Raees vaguthun geyah badhalu kuran jehey
މައުމޫންގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ފައިސަލް ކުރެއްވި ޓުވީޓް.
އޭނާ ވިދާޅުވި ގޮތުގައި މައުމޫނަށް ކުރިމަތިވެފައިވާ ސިއްހީ ހާލަތު، ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އިތުރުން ކޯޓަށް ވެސް މިހާރު ވާނީ އަންގައިފަ އެވެ. އެ މައްސަލައިގައި މުއައްސަސާތަކުން ސީރިއަސް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.
ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނު
03 May 2018
80އިން މައްަޗަށް ގޮސް ހުރި މީހަކު ތާކުން ކުރި ކުށަކާ ނުލާ ޖަލުގާ ބަންދުކުރާނީ ސިއްހީގިތުން ކޮންމެސް ބޮނޑިއެއް ދިނުމުގެ ނިޔަތުގާ ކަމަށް ވިސްނެނީ...
ދޮންބެއްޔާ
03 May 2018
ހަރުހިތޭ ހިލަހިތޭ ކަރުނައިން މަޑުވާނެހޭ
ޙަނާ
03 May 2018
ސިއްހީ މައްސަލަތަށް އަޅުގަނޑުވެސް ހުރޭ.
ޕޮގުބާ
03 May 2018
ވަރިހަމައޭ ކިތަށްމީހުންނަށްހޭ އަނިޔާކުރީ
ބައިރަހާ
03 May 2018
ތިމީހަކަށް މައުމޫނު އަނިޔާ ދިންތަ؟ މައުމޫނުގެ ވެރިކަމުގައި އަނިޔާލިބުނީތީ މައުމޫނު އުމުރުން 80 އަހަރުގައި އެކަމާ ބަދަލުހިފަން އަނިޔާވެރިވާން އޮންނަނީތަ؟ ތިވާހަކަ ދައްކާ މީހާވެސް ދުނިޔޭގައި ހުރިއްޔާ މުސްކުޅިވާނެ. 80 އަހަރުގައި މައުމޫނު އޭނަގެ ހާލާއިގެން އެބައުޅޭ. ޢުމުރުން 80 އަހަރުގައި ތިމީހަކަށް ޖެހޭނެ ހާލު އެނގޭތަ.