އައިލެންޑާސް އާއި އެމްއޭއެޗްއާރުޕީން މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު
07 މެއި 2018 - 19:38
ޒުވާނުން މަސައްކަތްތަކަށް ތައްޔާރު ކުރުމަށް، އައިލެންޑާސް ގްރޫގެ ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އެކަޑަމީއާ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރީ އައިލެންޑާސްގެ ޗެއާމަން އަބްދުއް ރަޝީދު އާއި އެމްއޭއެޗްއާރުޕީގެ ރައީސް ހުސެއިން އަފީފް އެވެ.
ސޮއި ކުރެއްވުމަށް ފަހު އަބްދުއް ރަޝީދު ވިދާޅުވީ، މި އެއްބަސްވުމުވެ ދަށުން ވަރަށް ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އެގޮތުން ދެ ފަރާތުން ގުޅިގެން "ހިއުމަން ކެޕިޓަލް" ތަރައްގީ ކުރުމަށް ތަފާތު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިލެންޑާސް އާއި އެމްއޭއެޗްއާރުޕީގެ އިސް ވެރިން.-- ފޮޓޯ: މިހާރު
އަފީފް ވިދާޅުވީ މި އެއްބަސްވުމާ އެކު ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސްކޫލް ނިންމާފަ ކުރިއަށް ދާނެ ދާއިރާތައް ކަނޑައެޅުމުގައި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުންމީދު ކުރަނީ މީގެ ސަބަބުން ދެ ފަރާތަށް ވެސް ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިލެންޑާސް އިން ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ. އަދި ދެ ފަރާތުން ގުޅިގެން ތައުލީމީ އަދި ޔޫތު ޑިވެލޮޕްމަންޓަށް އިތުރު ކުރިއެރުންތައް ގެނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޯޒެން
08 May 2018
ޒުވާނުން މަސައްކަތްތަކަށް ތައްޔާރު ކުރުމަށް އައިލެންޑާސް އާއި އެމްއޭއެޗްއާރުޕީން އެއްބަސްވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ރާއްޖޭގެ ޒުވާނުން ނޭ ހުރިހާ މައްސަލަ ތަކަށް ހައްލު ގެންނަން ތިބި މީހުން ނަކީ އެކަމަކު ރާއްޖޭގެ ޒުވާނުން ނަކީ ވަޒީފާގައިވެސް އެއްވެސް އިތުބާރެއް ނެތް ބަޔެކޭ އަދި ކެެރިއަރ އެއްގެ ގޮތުގައި ޒުވާން ފިރިހެން ކުދިން ފިރިހެން ވަންތަ މަސައްކަތަށް ކައިރި ނުވާ ކަން އެއީ ފާހަގަ ކުރަން ޖެހޭ ކަމެކޭ. މިރާއްޖޭގައި އެބަޖެހޭ އިންޑަސްޓްރިއަލް މަސައްކަތަށް ރާއްޖޭގެ ޒުވާނުން އަހުލުވެރި ކުރުވަން އެގޮތުން ބަލާއިރު އިންޖިނިއަރިންގް އޮރިއެންޓެޑް މަސައްކަތް ތައް ކުރުމަށް ޓަކައި ދިވެހި ހުރިހާ ޒުވާނުން އެބަޖެހެއޭ އެކަމަށް ތަމްރީން ކުރަން. ދިވެހި ޒުވާން ޖީލު މިހާރު ވަރަށް ގަބޭ އެމެން ދަންނަނީ ފޭސް ބުކް އިން ޗެޓް ކުރަންއޭ އެމެންގެ ހޭލުން ތެރިކަމަކީ އެއީ ވަރަށް ކުޑަ އެއްޗެކޭ މިކަން ކަން އެބެޖެހޭ ބަދަލުވާން މިފަދަ ޕްރޮގްރާމްސް ތަކުގެ ތެރޭން. ރެސްޕެކްޓް ޓު ބިލީވް އިން އަވަރ ޑްރީމްސް