ޕޮލިސްގެ ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ ހަމްދޫން (ކ)، އަދި ޖަމްޝީދު، އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: އީސީ
26 ޖޫން 2018 - 15:54
ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާ އެކު ހަރަކާތް ހިންގަން ފުރުސަތު ދިނުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާ އެކު މިއަދު މަޝްވަރާ ކޮށްފި އެވެ.
އެ ކޮމިޝަނުން ބުނީ ސިޔާސީ ހަރަކާތްތައް ހަމަހަމަ ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ފުލުހުންނާ ބައްދަލު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ހަމަޖެއްސެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ހަމްދޫނާއި އޭސީޕީ މުހައްމަދު ޖަމްޝީދެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް (ކ)، އަދި އެ ކޮމިޝަންގެ މެމްބަރު އަކްރަމް.--ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ސިޔާސީ ހަރަކާތް ހިންގުމުގެ ހަމަހަމަ ފުރުސަތު ދިނުމާ ބެހޭ ގޮތުން ފުލުހުންނާއެކު މަޝްވަރާ ކުރެއްވި އިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ސިޔާސީ ހަރަކާތްތައް ހިންގަން ޖާގަ ނުދޭކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ. އެކަމުގެ ކަންބޮޑުވުންތަކާ ހެދި އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބަށް ލަފާދޭ ގައުމީ ކޮމެޓީގެ ބައްދަލުވުންތައް ވެސް ބޮއިކޮޓްކޮށްފަ އެވެ.
Siyaasee party thakah Siyaasee harakaithah hama hama gothugai kuriyah gendhiumuge furusathu dhinumaai gulheygothun mashvaraa kurumah @PoliceMv aai eku Elections Commission'un bahdhal Kurahvaifi pic.twitter.com/j1CV0QfKKg
— Elections Commission (@ElectionsMv) June 26, 2018
އީސީގެ ޓްވީޓް
އެމްޑީޕީން މިދިޔަ ހަފުތާގައި ބާއްވަން އުޅުނު ޖަޒީރާ ދުވުމަށް ފުލުހުން ހުރަސްއަޅައި އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހައްޔަރުކުރި އެވެ. އަދި ޖަޒީރާ ޕޯސްޓަރު ހިތްޕަން އުޅުމުން، ފުލުހުން ވަނީ އެކަން ވެސް ހުއްޓުވައިފަ އެވެ. ނަމަވެސް ވެރިކަން ކުރާ ޕީޕީއެމުން ކެމްޕެއިނަށް ހިންގާ ޑޯ ޓު ޑޯ ހަރަކާތަށް ފުލުހުންގެ އެއްވެސް ހުރަހެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
28 June 2018
ޤާނޫން އަސާސީން ކަނޑައަޅާ ކަންތައް ކުރުމުގަ ކޮންމެވެސް ބަޔަކާ މަތިކޮށްފަ ހުންނާނެ ކަނތައްތައް. ތީޔޭ މައްސަލައަކީ ޤާނޫނު އަސާސީއޭ ހައްޤޭ ބުނާއަޑު އިވެނީ. ނަސީބެއްނު މަގުމަތީގަ ރޯގޯހެއް ނަހަދާ ހުންނަކަންވެސް.
ދދދދދ
27 June 2018
އަހަރެން ހީކުރީ އެހައްގު ދެނީ ޤާނޫނު އަސާސީން ކަމަށް. އަދި ކިރިއާ މި އެގުނީ އެއީ ފުލުހުން ކުރާކަމެއްކަން. މަރުހަބާ ފުލުހުންގެ ސަރުކާރަށް.
ހަސަނު
27 June 2018
ސިޔާސީ ހަރަކާތް ތަކަކީ ފުލުހުން ފުރުސަތު ދީފިނަމަ، ފުރުސަތު ދިން މިންވަރަކަށް ކުރެވޭ ކަމެއް ކަމުގާ ވާނަމަ މި ގައުމު މިއޮތީ ފުލުހުންގެ އަޅުވެތިކަމުގަ.. ކަން އޮތީވެސް ހަމަ އެހެން.. ޑީޕީޕީއެމް ކުދިންގެ ޑޯޓުޑޯ އަށް ދާއިރު އެތާ ފުލުހުން ތިބޭ އެކަމަށް ސަޕޯޓު ކުރަން ގޮސް... އެމްޑިޕީން ޕޯސްޓަރެއް ތަތްކުރިއަސް ފުލުސް ކުދިން ތިބޭ އެ ނައްޓަން ގޮސް.. ފުލުހުން އަތުގާ އޮތީ ގިށްމުށުގެ ބާރު.. މާކަ ގިނަދުވަހަކު ތިޔަހެނެއް ނޫޅެވޭނެ...
މެދުހެންވޭރު
27 June 2018
އިންޝާﷲ
ގުއިއްޒު
27 June 2018
ޔަގް އެކަންޏަށްދިނީމަ އެންމެންނަށް ދެވުނީކަމަށް ބެލެވޭ ގޮތަށް ގާނޫނެއް ފާސްކޮށްލީމާ ތިކަން ނިމުނީ. ކޮން މަޝްވަރާއެއް ވަގުތު ބޭކާރުކުރަން. ޔަގީން ޓީމަށް ވެދުން.
އަކުޑަހަސަންލިބެ
27 June 2018
މަލްޓިޕާޓީ ޑިމޮކްރސީއެއްތޯ މިހާރު މިހިނގަނީ ؟ އެހެންނޫނީ ގާނޫނު އަސާސީގެ ބާރު މިހާރު ހިނގާތޯ؟ ސަރުކާރު ހިންގާ ޕާޓީނޫން ޕާޓީއަކުން ހަރަކާތެއް ހިންގާ ކޮންމެ ފަހަރަކު ފުލުހުން ނުކުމެ ހުއްޓުވަނީ ގާނޫނީ އިމުގެ ތެރެއިންތޯ މިއީވެސް އުފެދޭ ސުވާލެއް. ފުލުހުންނަކީ ސަރުކާރު ނަގަހައްޓާފަ ގާނޫނޫ ނަގަހައްޓަން އުޒުރުވެރިވާ ބައެއްތޯ؟ ހައްތާވެސް ސުވާލު. ފުލުހުންގެ ޕްރޮފެޝަނަލްކަން ދަމަހައްޓާނީ ފުލުހުންގެ އިސްވެރިން.
ތުއްތުބޭބެ
26 June 2018
މޫނުމަތި އޮމާން ކޮށް އޮޅުވާލުމަކީ އިތުރަށް ނުބައިކަމާ ' ހީލަތްތެރިކަން ބޮޑުކަމެވެ. ތިމާގެ ހަށިގަނޑަކީ އެހެންމީހެއްގެ ހަށިގަޑުކަމަށް ބުނެފިނަމަ އެބުނަނީ ބޭރުތޮށި މިހެންހުއްޓަސް އެތެރެފުށް އޮންނާނީ އެބުނާ މީހެއްގެ ފުރިހަމަ ކޮންޓްރޯލްގައި ނުވަތަ އޭނާގެ އަޅުމީހެއްގެ ގޮތުގައި ކަމެވެ. ހަމައޭނަ ނުބުނާ ގޮތަކަށް ކަމެއް ނުކުރެވޭނެ.
އަބްދުއްލާ
26 June 2018
ކެމްޕޭނުގެ ހަރަކާތްތަކުގެތެރެއިން ގާނޫނުތަކާ ގާނޫނުއަސާސީ ހުއްދަކުރާކަންކަން ކުރެވެންޖެހޭނެ .ގާނޫނާ ހިލާފުވާ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ . ބަންދުގާހުރި މީހެއްގެ ފޮޓޯ ޖަހައިގެން އިސްތިހާރު ކުރެވޭނަމަ އޮރިޔާންފޮޓޯވެސް އިސްތިހާރު ކުރެވެންޖެހޭނެ. ގާނޫނީ ހަމަތަކުންބަލާއިރު ދެފޮޓޯ ހަމަހަމަ . ދެފަހަރު ޓެރަތިސްޓް ހުކުމަކާ ވަގު ހުކުމެއް އައިސް ހުރިމީހެއްގެ ފޮޓޯ އަދި ބަންދު މީހެއްގެ ފޮޓޯ އިސްތިހާރު ކުރެވިގެންނުވާނެ.
ގުއިއްޒު
27 June 2018
މޮޔަޔާ. މީހެއްގެ ފޮޓޯ އެބަޖަހާތަ؟
އުނބުށެން
27 June 2018
ތިއީ ހަމައެއްކަމަށް ވަންޏާ ދެން ފުލުހުން ކުށްވެރީންގެ ގޮތުގައި މީހުންގެ ފޮޓޯ އާންމުކޮށްގެންވެސް ނުވާނެދޯ. އެއީ ފިލައިގެން އުޅޭ މީހެއްކަމަށް ވިޔަސް.
ފާތުމާ
27 June 2018
ފޮޓޯވެސް ބޭނުންކުރާނަން ..ތެޅި ތެޅި ތިބެން ޖެހޭނީ.. އާބިދާ ގެ މުހައަމަދަށް މި ގައުމުގެ ރައްޔިތުންގެ ހިތުގަ ދެވިފަ އޮތް ޖާގަ އެއް ނުފޮހެވޭނެ...
ޢަލިދީދީއައްޑޫސިޓީ
26 June 2018
ނޫހުގެ "ފަލަ ސުރިޚީ" އަށް އެރިޔަކަސް އެއްކަމެއް ވެސް ރަނގަޅެއް ނުވާނެ.
ކުވާލާ
26 June 2018
ތިބައްދަލުވުން ބާއްވާލާ ފޮޓޯކޮޅެއް ނަގާލީމަ ދެން އެޔޮތީ ހަމަހަމަ ފުރުސަތު ދެވިފަ.....ތިއީ ހަަމަ އެއް ބައިގަޑެއް
ވޯޓެއް ނުދޭނަށް ހުވާ
26 June 2018
އިދިކޮޅު މީހުން އެއްވާން ގޮވާލާ ކޮންމެތަނެއް އޮންނަނީ ސަރުކާރުގެ ކަމަކަށް ނަގާފައެވެ. ދެން ފެންނަނީ ފުލުހުން ގޮސް އެއްވުން ރޫޅަލައިފާ ބައިވެރިން ކޮޅު އުފުރާލާ ތަނެވެ.