އިބޫ މިދިޔަ އާދިއްތަ ދުވަހު ކަސްޓަމްސްގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް އެތަނަށް ވަޑައިގަންނަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
02 އޮކްޓޯބަރ 2018 - 10:22
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށް އެމެރިކާ އިން ރޭ ބުނެފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިބޫ އަށް މަރުހަބާ ކިޔައި، ކުރި ޓްވީޓްގައި ބުނީ އިބޫގެ ސަރުކާރާ ގުޅިގެން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ކާމިޔާބީތައް ހޯދުމުގައި އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ.
އެމެރިކާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ބައެއް އަމަލުތައް ކުށްވެރިކޮށް، ރާއްޖެއާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރި އެއް ގައުމެވެ. އެގޮތުން، ޑިމޮކްރަޓިކް މިނިވަން އިންތިޚާބަކަށް ހުރަސްއަޅާ މީހުންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް މީގެކުރިން އެމެރިކާ އިން އޮތީ ދީފަ އެވެ.
We welcome #Maldives Election Commission’s certification of Ibrahim Mohamed Solih’s electoral victory, and look forward to working with the government of President-elect Solih in support of a democratic and prosperous Maldives and a free and open #IndoPacific.
— State_SCA (@State_SCA) October 1, 2018
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރި ޓުވީޓު.
ރާއްޖޭގައި ހަމަ އާއި އިންސާފުން ބޭރުން ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލައި ގޮވާލުމަށް އެމެރިކާ އިން ވެސް ކުރިން ތާއީދު ކުރެ އެވެ. ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު އަމުރު ތަންފީޒުކުރުމަށް ވެސް އެމެރިކާ އިން ތަކުރާރުކޮށް ގޮވާލި އެވެ.
މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަ ކުރައްވައި، ބޮޑު ތަފާތަކުން އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ޗައިނާ އާއި ރަޝިއާގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ ވެސް ހިމެނެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އިބޫއަށް ގުޅުއްވައި، އިންޑިއާއަށް ވަޑައިގަތުމަށް އިބޫ އަށް ދައުވަތު ވެސް އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެއްރަބޭ
02 October 2018
ޢަޅުގަނޑު ސިފަކުރަނީ އަޅުގަނޑުމެން މިއަދު ގައުމުގެ ރައީސަކަށް ހޮވި އަލްފާޟިލް އިބުރާހީމް މުޙައްމަދު ޞާލިޙަ ކީ މިގައުމުގެ ބަރަކު އޮބާމާ ކަމުގަ. ﷲ ގެ ރަޙުމަތުން އުފާފާގަތި ދުވަސްތަކެއް ދައްކަވާށި.
ޕީޕީއެމް
04 October 2018
ކަލޯ ނަަމަ ނަމަ ތިހެން ނުބުނާތި ޓްރަމްޕަށް އަޑުއިވޭވަވަރަށް އޭރުން ހުރިހާ ކަމެއް ހަމަވީ ... ހެހެ
ާއިންޑިއާއިން
02 October 2018
ރަނގަޅު ކަމެއް ކޮށްދީފިއްޔާ ރަނގަޅު. އެއަރބަސް މަތިންދާބޯޓެއް ދެވިދާނެ ލޯނަކަށް.
ހައިނަމް
02 October 2018
އެމެރިކާކީމަ އެއްބައި ކުދިންނަށް ހާދަ އަސަރު ކުރެޔޭ. ޗައިނާއަކީ މާބޮޑު މުސްލިމް ގައުމަކީތަ؟ ޗައިނާގެ ބޮޑު މެޖޯރިޓީއަކީ އެއްވެސް ސަމާވީ ދީނެއް ގަބޫލްނުކުރާތާ އެއްވެސްފާޑެއްގެ ދީނެއް ވެރިރަސްކަލާނގެއެއް ގަބޫލުކުރާބަޔެއް ނޫން. ދެން އޮތީ ސައުދީގެ ވާހަކަ؟ ސައުދީގެ ތާރީޚް ތިޔަކުދިން ރަގަޅަށް ކިޔުއްވިންތޯ؟ ސައުދީ އަރަބިޔާ ކިޔާ ގައުމެެއް ފުރަތަމަ އުފެދުނީ ކިހިނެއްތޯ ދިރާސާކޮށްލައްވާ.
1234
02 October 2018
ޗައިނާ އިން ދިވެހިންނަށް ލައްކަ އެހީ ދީފިއޭ މިދިޔަ 50 އަހަރު ތެރޭގަ. ސިނަމާލެ ފްލެޓްތަކާ. އެމެރިކާ ދިނީ ކޯންޗެއްބާ؟
އަސްރަފް
02 October 2018
މިސަރުކާރުގަ ވަކި ގައުމެއް ބާކީ ނުކުރާނެ. އިސްރާއިލުވެސް އެމެރިކާވެސް އިންޑިއާވެސް
ބަތްކައްކާ
02 October 2018
ހެންޑްސަމް އިބޫ
12345
02 October 2018
ރާއްޖެއަށް އެމެރިކާ ސަރުކާރުން ދިން އެހީއެއް ދައްކަބަލަ ތަރަށްގީއަށް ކޮށްދިން އެންމެ ކަމެއް؟
6789
02 October 2018
ޑިމޮކްރަަސީ.
ނަން
02 October 2018
އިބޫއަށް މިހާރު ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ލިބޭތޯ؟ ކޮންމެވެސް ބޭފުޅަކު މިކަން ސާފުކޮށް ދެއްވަފާނަންތޯ؟
ހޮޓްކިންގ
02 October 2018
ދެން އަވަހަށް އިޒްރޭލު މީހުންގެނެސްގެން ކިޔަވައިދޭންފަށާ. އަދި އެމެރިކާއަށް މިރާއްޖޭގެ ސަލާމަތީ ބާރު ހަވާލުކުރޭ. އޭރުން އެ ނުމުނީ.
ޒުވާނާ - 2
02 October 2018
އެންމެންގެ ލޯބި ރައީސް އިބޫއަށް! 3>
ކިއްލިބާޝާ
02 October 2018
އިބޫގެ ސަރުކާރު އޮތީ އެމެރިކާޔާ އަދި އިޒްރޭލާވެސް ގުޅެން ތައްޔާރަށް.