ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
07 އޮކްޓޯބަރ 2018 - 07:15
ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "ދޫ ދެއްވި" ގޮތަށް ޕީޕީއެމުން ދޫ ނުދޭނެ ކަމަށާއި ރައްޔިތުންގެ ހައްގު ހޯދައި ދެއްވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވައިލި ކަމަށް ބުނެ، ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އެއްވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މައުމޫން، އިދިކޮޅު އެމްޑީޕީ ލަދުގަންނަވާލީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަރިހުގައި ބަހައްޓަވައިގެން ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހް ކައިރީގައި ބަހައްޓައިގެން ބުނީ 2008 ގައި ވޯޓު އޮޅުވާލިއޭ. އެކަމަކު، ގައުމީ މަސްލަހަތަށްޓަކައި [މައުމޫން] ދޫކޮށްލީއޭ. އަޅުގަނޑުމެން ދުލެއް ނުކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މައުމޫން ފައުންޑޭޝަންގެ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އިބޫއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ 2008 ގެ ރިޔާސީ އިންތިޚާބީ އެމަނިކުފާނު ކުރެއްވި ތަޖުރިބާ ވިދާޅުވެފަ އެވެ. އެގޮތުން، ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާ އެކު، މައުމޫންގެ އަރިސް ބައެއް ބޭފުޅުން، އެ ނަތީޖާ ގަބޫލު ނުކުރެއްވުމަށް ދެންނެވި ކަމަށް ވިދާޅުވި އެވެ.
އެކަމަކު މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ވުރެ މާ ކުޑަ ތަފާތަކުން 2008ގެ އިންތިޚާބުން ބަލިވިޔަސް، އެރޭގެ ދަންވަރު އެބަލި ގަބޫލު ކުރައްވައި، ނަޝީދަށް ގުޅުއްވައި މަރުހަބާ ދެންނެވި ކަމަށެވެ.
އަބްދުއްރަހީމް ރޭ ވިދާޅުވި ގޮތުގައި، މި ގައުމުގެ މަސްލަހަތަކީ ރައްޔިތުންގެ ހައްގުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. ރައްޔިތުންގެ ހައްގުތައް ނަގާލައި، ބަޔަކަށް ވައްކަން ކުރުމުގެ ފުރުސަތު ދީ ގައުމުގައި ފިތުނަ ފަސާދަ އުފެއްދުމަކީ ގައުމީ މަސްލަހަތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީ ވުޖޫދަށް ގެނައީ މި ގައުމަށްޓަކައި. ގައުމުގެ ރައްޔިތުންނަށްޓަކައި. މާތް ވެގެންވާ އިސްލާމްދީން ހިމާޔަތް ކުރަން. މި ގައުމުގެ މިނިވަން ކަން ދަމަހައްޓަން. މި ގައުމުގައި ސުލްހަ މަސްލަހަތު ދިފާއު ކުރަން. މިކަން ކުރުމުގައި އަޅުގަނޑުމެން ފަހަތަށް ނުޖެހޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ ކާމިޔާބުގެ މަންޒިލަށް ދަތުރުކޮށް، ރައްޔިތުންގެ ހައްގު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭނުންހާ އެއްޗެއް ހަދަން ދުލެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހައްގު ނިގުޅައިގެންފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ޕީޕީއެމުން ކުރާ ހުރިހާ ސުވާލަކަށް ކޮމިޝަންގެ މެމްބަރުން ޖަވާބު ދެއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.
ރިޔާސީ އިންތިޚާބަށް ފަހު، ސިޔާސީ މައިދާން ހަލަބޮލިވެފައިވާއިރު، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން އަންނަނީ ކޮންމެ ރެއަކުހެން މުޒާހަރާތައް ބާއްވަމުންނެވެ. އަދި އިންތިޚާބު އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމުން މިހާރު ދަނީ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެކްސަން ހަމީދު
14 October 2018
ހަގީގަތާ ކުރިމަތި ލާބަލަ ! ލަދެއ ނުގަނޭތަ މިހެރަ ބުރާނޗާ !
ޖެކުސަން ހަމީދު
13 October 2018
ތި އުޅުވަނީ ކޮންމެހެން ރަޔަތުންގެ ހަގުގަޔެނޫނ އަމިލަ ނުބައި ރޭވުންތަކެ ... ތިފާޑަ ނޫޅުވާ ވާނީ ބޭޒާރު ރަޔަތުންނަ ހެޔޮއެދޭ ނަމަ ވަކި މީހަކު ކޮޅަ ނުޖެހި އިންސާފްގެ ކޮޅުގާ ހުނނަވާ
ލަކުޑި ހަމީދު
08 October 2018
ތިބޭޅާ ދޫދީފިއްޔާ ލާނީ ގޮޅިޔަށް ވިއްޔަ. އެހެންވީމާ ކިހިނެއް ދޫދޭނީ ދޯ؟
މަގުހިމަ
08 October 2018
ރައްޔިތުންގެ ހައްގު ފިލާތިބެގެން ނުހޯދޭނެ. ރައްތިތުން މިހާރު އަދުރޭއަށް ކިޔަންވީ ފިލިއަދުރޭ.
ނުޙައްޤު
08 October 2018
އަދުރޭ ބުނަން ވާހަކައެއް. ކަލެއާ ކަލޭގެ .. ގެ ޙައްޤު ހިފައިގެން ހިސާބު ދަސްކުރަން ރަށަށް ދޭ. އަހަރުމެން މި އަންނަނީ ކަލެޔަށް ކަލޭގެ ސައިޒް ދައްކާލަން.
ޚަލީލު
08 October 2018
ދޫނުދޭތި ހިފަހައްޓާ ބަހައްޓާ އަތަށްލެވުނަސް ހެޔޮ. ދެންހިފާނެ ތަނެއްނެތް
ޖެނެރަލް
08 October 2018
ދުލެއް ނޫން ހަތަރެސްފައި ހިފަހައްޓައިގެން ހުއްޓަސް ހެޔޮ. ގިނިދުއްމީހާ ރަތް މަލަށް ބިރުގަންނަހެން ކަލޭވެސް ވޯޓުގެ ނަތީޖާ ފެންނަ ކޮންމެ ފަހަރަކު ތިޔަހެން ކޮސް ގޮވާނެ. ހިތްވަރުކުރޭ
ކަދުރޭގެ
08 October 2018
ތިއޮތީ ވައްޓާލާފަ
ނަން
08 October 2018
ފޮނަދޫ މީހުން އަދިވެސް މީނާ ހޮވާނެތަ؟
ސާފިރު
08 October 2018
ދޫނުދޭތި، ވާންކޮށްފަ ބަހައްޓާ، އުމުރުގެ ބާކީ އޮތް ދުވަސްތައް އެއްކޮށް ޖަލުގަ ހޭދަކުރަން ޖެހޭނެކަމަށް އުންމީދުކުރަނީ، ޖަލުގައޮތަސް އިއްތިޙާދުގެ ސަރުކާރުގަ އިންސާފު ލިބޭނެ މިބުނީ ބޭސްފަރުވާ ވެސް ކުރެވޭނޭ