ދިވެހި ޖުމްހޫރިއްޔާގެ 7 ވަނަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
17 ނޮވެމްބަރ 2018 - 18:54
ރާއްޖޭގެ ރައީސްކަމާ މިއަދު ހަވާލުވެވަޑައިގެންނެވި، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު، ބޮޑެތި ގިނަ ކަންތައްތަކެއް ކުރަން އަޒުމް ކަނޑައަޅައި، އެކަން އެމަނިކުފާނު މިއަދު، ގަލޮޅު ދަނޑުގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހާމަކުރައްވައިފި އެވެ. ރާއްޖޭގެ ހަތް ވަނަ ރައީސަށް ވެވަޑައިގަތުމަށް ފަހު ރައްޔިތުންނާ ކުރެއްވި ފުރަތަމަ ތަގުރީރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ސަރުކާރުން ރާއްޖެއަށް ހުރިހާ ދާއިރާއަކުން ތަރައްގީ ގެނެސް ދެއްވާނެ ކަމަށެވެ.
"ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާ އެކު ހިފެހެއްޓުމަށް އަޅުގަނޑު ކުރަން ޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނެ އެއްވެސް ކަމެއް ދޫކޮށެއް ނުލާނަން،" ވަރުގަދަ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ވިދާޅުވި އެވެ.
- ކަރަންޓުގެ އަގު ހެޔޮކުރުން
- ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުން
- ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުން
- ޕެންޝަން ފަންޑުގައި ހުރި ފައިސާ ހައްޖުގެ އަޅުކަމަށް ބޭނުންކުރެވޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުގައި ބޭރު ފަރާތްތަކަށް މަސްވެރިކަންކުރުމުގެ ހުއްދަ ދިނުން ހުއްޓާލުން
- ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުން
- ތިމާވެށީގެ މައްސަލަތަކުގައި ދުނިޔޭގެ ލީޑަރަކަށް ރާއްޖެ ހެދުން
- ގްރީން ޓެކްސްގެ ފައިސާ ހަމައެކަނި ތިމާވެށި ހިމާޔަތް ކުރަން ބޭނުން ކުރުން
- ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއެއް ފެށުން
- އެއާ އެމްބިއުލޭންސްގެ ހިދުމަތް މުޅި ރާއްޖެއަށް ފެށުން
- ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އާސަންދަ އިން ވެސް ލިބޭ ގޮތް ހެދުން
- ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (ވ) ރިޔާސީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ (ކ) އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް
މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރައްވަން ބޭއްވި އެންމެ ބޮޑު އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހު ވިދާޅުވީ ދިވެހި ރައްޔިތުން އެމަނިކުފާން އިންތިޚާބުކުރި ސަބަބު އެއްވެސް ހިނދެއްގައި ހަނދާން ނައްތައި ނުލައްވާނެ ކަމަށެވެ.
"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެއްޓެއް ގާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ހިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެ ތެރެއިން އެއްވެސް ވައުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވައުދެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާާނުގެ ވާހަކަފުޅުގައި އާ ވެރިކަން ކުރިއަށް ގެންދަވާނެ ގޮތަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިންނަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، އަދުލު އިންސާފު ގާއިމް ކުރުމުން ކަމަށް ވިދާޅުވެ ގާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުޚާތަބު ކުރައްވަނީ
އޭގެ އިތުރުން ކޮރަޕްޝަނާއި ފަސާދަ އަކީ، ދައުލަތުގެ މުއައްސަސާތަކުގައި "މޫލާފައިވާ ސަގާފަތެއް" ކަމަށް ސިފަކުރެއްވި އެވެ. އެ ސަގާފަތް ނައްތާލުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ވިދާޅުވި އެވެ.
"ދައުލަތުގެ އިދާރާތަކަކުން ކުރާ މަސައްކަތްތަކަކީ ދެ ފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން ހަމައެކަަނި ހަރުދަނާކުރައްވާނީއެއް ނޫނެވެ. އޭގެ އިތުރުން ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭން ޖެހޭ އެންމެ ފުރިހަމަ ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް، ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
18 November 2018
މިސަރުކާރު ވެރިކަމަ އައީވެސް ކޮރެޕްށަން ހިންގައިގެން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 November 2018
ހައުސިންގސްކީމޭ ނުކިޔާ. ދައުލަތްދަރަނިކޮށް ޔާމިން 2ބ ޑޮލަރުނަގާ މާލޭ އެއަރޕޯޓަށްހޭދަކޮށް މާލޭ ވަށައިގެންއޮތް ކަނޑުފަޅުހިއްކީ ކުރި އިންވެސްޓްމަންޓްގެ ރިޓަރންހޯދަން ޓްއަރިސްޓުންގެންނާން. . . ތިޔަ ފްލެޓްތަކަކީވެސް “އެއްމަޤުސަދެއްގައި އެއްކަމެއްކުރުމަށް” ހަދާތަންތަން. . . ކުލީއަޅުވެތިކަމުންނެއްޓިގަތުމަށް ތެދުވާންމަޖުބޫރުނުކޮށް “ހުވަދޫ އަތޮޅާއި، ހަނިމާދު ޒޯންތަކެއްގެގަޮތުގައި ބައިނަލް އަޤުވާމީ ބިޑަށް ފަތުރުވެރިކަމަށް ހުޅުވާލާ” ފްލެޓް ބޭނުމެއްނޫން.
މަހުދީ
18 November 2018
100 ދުވަސްތެރޭ ލޯކަލް މާރުކޭޓުން ބޭރުމީހުން ހުސްކުރަންފެނޭ. ފިނިކޮޓަރީ ތިބޭމީހުނަށް ގޮޅިބަހައިގެން އެތަންތަނު މިހާރު ތިބެނީ ބިދޭސީން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 November 2018
ޔާމިންގެސިޔާސަތު ކުރިޔަށްނެރެ “ބޯހިޔާވަހިކަމުގެ ނަމުގައި” މީހުންމާލެގެނެސް “ކުލީއަޅުވެތިކަން ފުޅާކުރުމަށް” ހައުސިންގސްކީމްހިންގުމަށް ހަޒާނާބޭނުންކޮށްގެން ނުވާނެ. . . ޖަޕާނުމަސްވިހާފަދައިން “މާލެއަށް ފްލެޓްވިހެއިކަމުގައިވިޔަސް ރާއްޖޭގެއުތުރާއި ދެކުނަށް އަޅާފައިވާދަތިކުރުމުގެފިޔަވަޅު މާލޭ ސަރުކާރުން ދޫކޮށްނުލާނަމަ” ހައްލެއްނެތް. . . ފްލެޓްގެމައްސަލައަށް ޙަޤީގީހައްލުހޯދުމަށް ހުވަދޫ، ހަނިމާދޫޒޯން ޓްއަރިޒަމްއަށް ބައިނަލްއަޤުވާމީބިޑަށް ހުޅުވާލަދެއްވާ.
ޝޮކްތެރަޕީ
18 November 2018
މުސްކުޅިން ބުނެއުޅޭ އަސްވިއްކިޔަސް އަހުގެލަގަން ނުވިއްކަޗޭ.އިބޫ މިވިއްކާލަން އުޅެނީ މިޤައުމުގެ ހުންގާނު އިންޑިޔާއަ.
މިރުސް
18 November 2018
މެޓާނިޓީ ލީވް ކޮބާ?
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 November 2018
ސޯލިޙްގެސަރުކާރުކެބިނެޓްގައި އައްޑޫމީހަކު ނެތްމައްސަލަބޮޑުނުކުރިކަމުގައިވިޔަސް “އަހަރުމެންވޯޓްދިނީ ލާމަރުކަޒީ ފުރިހަމަބާރުވެރިކަމާއި، އަދުލުވެރިކަމާއިއެކު ވެލްތުޑިސްޓްރިބިއުޓްކުރުމަށާއި، ޝަރުއީނިޒާމަށް އިތުބާރުކުރެވޭ ބަދަލުގެނައުމަށާއި، ސަރުކާރުގެ ތެރޭގައި ގެންގުޅޭ ތަފާތު ކުރުން ނައްތާލާނެކަމަށް” ވައުދުވެފައިވާތީ. . . ކައުންސިލްތަކަށް “އިތުރުބާރު ދެއްވާނެކަމަށް” ވިދާޅުވުމުންއެގެނީ އަދިވެސް “ފުރިހަމަމާނައިގަ ބަރުވެރިކަންދޫކޮށްލާން ބޭނުންނުވާކަން”
ޔފލހ
18 November 2018
ރަސޫﷲ ﷺ ގެ ޙަދީޘްފުޅެއްގައި ވެއެވެ. "އެބައެއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބަޔަކަށް ދުވަހަކުވެސް ކާމިޔާބެއްނެތެވެ." އަލް ބުޚާރީ 13/53
ތޮށަލިތަކުރު
18 November 2018
މި ޚަބަރު ކިޔާލީ މިއަދު ހެނދުނު ފަށާއިރު ޕްރޮގްރާމްގައި އިވުނު އަޑެއް ކަށަވަރުކޮށްލާށެވެ. އެކަމަކު އެވައުދު މިޚަބަރުގައި ނެތީ މުހިންމު ވައުދަކަށް ނުވާތީކަމަށް ވެދާނެއެވެ. އެއީ ބްރިޖްގެ ބަސް ދަތުރު މިހާރު އޮންނަހެން އޮތުމުގެ ބަދަލުގައި ހުޅުމާލޭގެ އެކި ހިސާބުތަކުން އަރާބަހުން ނުފައިބާ އިނދެ މާލޭގެ ރިންގު ރޯޑްގެ ނުވަތަ ތާޅުއެޅި މަގުތަކުގެ އެކިހިސާބަށް ފޭބޭނެގޮތް ވުމެވެ. ހަމައެގޮތަށް އަނެއްކޮޅަށް ވެސް ދަތުރު ކުރެވުމެވެ. އޭރުން މަވެސްދާނީ ބަހުގައެވެ.
ޓީޗަރު
18 November 2018
އާ އެހެންނާ ފަހެ، ގިނަ ޓީޗަރުން މީނައަށް ވޯޓު ދިނީ މުސާރަ ބޯޑުކުރާނެ ކަމަށް ހިޔަނި ބަލައިގެން..ރީތިވެއްޖެ ދޯ މީ މަބުނިވާހަކަ