އެސްޓާސް އިން އަހަރު ނިންމާ ސޭލް ފަށއިފި | ފޮޓޯ: އެސްޓާސް
03 ޑިސެމްބަރ 2018 - 18:26
ބޮޑެތި ޑިސްކައުންޓްތަކާ އެކު އެސްޓާސް 'އިޔާ އެންޑް ސޭލް 2018' ފަށައިފި އެވެ.
މިއަދު އެސްޓާސް އިން ފެށި ސޭލްގެ ދަށުން އެ ފިހާރަ އިން ވިއްކާ ޓީވީ، ފްރިޖް، އުނދުން، އަވަން، ރައިސް ކުކާ އަދި ބިއްލޫރިތަށި ފަދަ ސާމާނު ވަނީ ބޮޑުތަނުން އަގުހެޔޮ ކޮށްފަ އެވެ.
އޭގެ އިތުރުން، އެސްޓާސް އިން ވަނީ މި ސޭލްގެ ދަށުން ބަންޑްލް ޕެކޭޖްތަކެއް ހެޔޮ އަގުގައި ތައާރަފް ކޮށްފަ އެވެ. މީގެ ތެރޭގައި މައިކްރޯވޭވް އަވަަން، ރައިސް ކުކާ، ހޭންޑް ބްލެންޑަ، ކަރަންޓު ސައިކުރާ، ޓޯސްޓަ، އިސްތިރި އަދި ވަޅި ފަދަ ސާމާނު އެކުލަވާލައިގެން ހާއްސަ ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފަ އެވެ.
ހަމަ އެގޮތުން ގޭގައި ބޭނުން ކުރާ ފައިފުހި، ކުޝަން، ސްޕޮންޖް އަދި ބަދީގޭގައި ބޭނުން ކުރާ މޭޒުމަތީ މެޓް، އަދި ބޭކް ކުރަން ބޭނުން ކުރާ ސަމުސާ، މިކްސަރު ފަދަ ތަކެތިން ވަނީ 50 ޕަސެންޓާ 25 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ އެވެ. އަދި އެސްޓާސް އިން މިހާރުވެސް ހެޔޮ އަގުގައި ވިއްކަމުންދާ ސޯފާ، އެނދު އަދި އެކުގައި ވިއްކާ ބެޑްރޫމް ސެޓްތަކުން ވެސް ވަނީ ބޮޑުތަން އަގުހެޔޮ ކޮށްފަ އެވެ.
އެސްޓާސުން ބުނި ގޮތުގައި މި ސޭލް ގެ ދަށުން ވަރަށް ބޮޑެތި ޑިސްކައުންޓްތަކެއް ދޭނެ އެވެ. އަދި މި ސޭލް ކުރިޔަށް ގެންދަން ވަކި ތާރީހެއް ނެތް ކަމަށާއި ސްޓޮކް ހުސްވަންދެން ކުރިޔަށް ގެންދާނެ ކަމަށް އެސްޓާސުން ފާހަގަ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޤީރު ކޮއެ
03 December 2018
މަދުވެގެން 99 ޕަސަންޓު ޑިސްކައުންޓު ނެދެނީހެއް މަށަކައް ނުގަނެވޭނެ ކަށްނޭގެ. އެހާވަރު ޑިސްކައުންޓު ދޭންފަށާ ދުވަހަކުން އަންގާލީމަ ފަހަރުގާ ގަނެވިދާނެ..