ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސަށް ފަހު، ނޫސްވެރިންނާ ސަމާސާ ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
19 ޑިސެމްބަރ 2018 - 18:02
ރާއްޖެއަށް ޗައިނާއިން ދީފައިވާ ލޯނުތަކާއި އެމްއޯޔޫ އަދި އެއްބަސްވުންތަކާ މެދު "ރަނގަޅު ގޮތްތަކެއް" ހޯދުމަށް އެ ގައުމާ އެކު ދިވެހި ސަރުކާރުން ވާހަކަތައް ދައްކަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވެވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރު އޮތީ ދިވެހި ސަރުކާރާ މަޝްވަރާކޮށް، މިހާރު ދޫކޮށްފައިވާ ލޯނުތަކާއި އެއްބަސްވުމަކަށް އާދެވިފައިވާ ކަންކަމާ ގުޅޭ ގޮތުން ރަނގަޅު ގޮތްތަކެއް ހޯދައިދޭން ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނޭ ޗައިނާއާ އެކު މި އޮތް ގުޅުމަށް މީގެ ސަބަބުން ހުރަސްއެޅޭ ތަނެއް ވެސް އަދި ޗައިނާއިން ރާއްޖޭގައި ފަށާފައިވާ މަޝްރޫއުތަކަށް ވެސް ބުރުލެއް އަންނާނެ ކަމަކަށް،" ރައީސް އޮފީހުގައި ބޭއްވި ޕްރެންސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ޗައިނާއާ އެކު ވާހަކަ ދައްކަނީ އެ ގައުމުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކުރުމާއި އިންޓަރެސްޓް ރޭޓް ކުޑަ ކުރުމަށެވެ. މި ސަރުކާރުން ބުނާގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ލޯނުތައް ނަގާފައި ވަނީ ކުރު މުއްދަތެއްގައި ދައްކާ ގޮތަށް އަދި ބޮޑު އިންޓަރެސްޓް ރޭޓެއްގަ އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި، ނޫސްވެރިންގެ ސުވާލުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޯޓު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވިގޮތުގައި ރާއްޖެއިން ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރޭގައި ކޮންސެޝަނަލް ލޯނު ވެސް ހިމެނެ އެވެ. އެ ލޯނުތަކާއި ސޮވެރިން ގެރެންޓީތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ ވަރަށް މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 1.4 ބިލިއަން ޑޮލަރުގެ ލޯނު އެހީން ޗައިނާގެ ލޯނުތައް އަދާކުރުމަކީ ދިވެހި ސަރުކާރުގެ މަގްސަދެއް ނޫން ކަމަށެވެ.
ޔާމީންގެ ސަރުކާރުންގެ ދަރަންޏާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ހޯދީ ޗައިނާ އިން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިއަދުގެ ނިއުސް ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، މި ސަރުކާރުން ލޯނު ނަގާނީ ބަޖެޓަށް ބުރަނުވާ ގޮތަށް އަދި އަނބުރާ ދެއްކޭނެ ގޮތަށް އިންތިޒާމް ކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ، ޓޫރިޒަމްގެ ބޭނުމަށް 150 ރަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ރަށްތަކެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާކެޓަށް ނެރެވޭތޯ މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދޭތޯ އެވެ.
"އޭގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
20 December 2018
ޗައިނާއަކުން މިރާއްޖޭގެ ދާހިލީ ކަންކަމަކާ ނުބޭ ހާ ހިންދަކު އެގުޅުން ދަމަހައްޓަން ޖެހޭނެ.. ހަމަ އެފަދައިން އިންޑިޔާވެސް މިގައުމުގެ ދާހިލީ ކަންކަމާ ބެހިގެން ނުވާނެ!
އަލީ ރާޖާ
20 December 2018
ބަކަރި ފޮޑި ތިޖެހެނީ. އޭގެ މާނައަކީ އުނބަށް ޖެހެނީއޭ.
ފޮސްކަލޯ
20 December 2018
އަނެއްކާ ލޯނެއްތޯއެވެ؟ ހިންދޫ އިންޑިއަނުންގެ ކިބައިން ދިވެހިން ދެންދުވަހަކުވެސް ސަލާމަތެއް ވެވޭކަށް ނޯންނާނެއެވެ. އިންޑިއާއަތްދަށުން ސަލާމަތްތެރިކަން ހޯދަން ކުރީސަރުކާރުން އުޅުން އެއީއޭނަނަމަވެސް ކުރި ވަރަށް ރަގަޅު ކަމެކެވެ. މުޅިސައުތު އީސްޓްއޭޝިއާ ވޭތުވެދިޔަ 10 އަހަރުތެރޭ ބަލަމުން ދިޔައީ އިންޑިއާ އަތްދަށުން ސަލާމަތްވުމެވެ. ސަބަބަކީ ގަރުނެއް އެމީހުންނާއެކު ވޭތުކުރެވުނުއިރު އެއްވެސް ގައުމަކަށް އެކަށީގެންވާ ތަރައްގީއެެއް ހޯދިފައިނެތުމެވެ.
ޝުވޭ
20 December 2018
ދެން ތި ކައިވެނި ދަމަހައްޓާނެ ކަމެއްނެތް އިންޑިއާއިކު ރޭކޮށްފަ... ރަނގަޅުވާނީ ދެން ޗައިނާ ވަރިކޮށްފަ ދަރިން އަމިއްލައަށް ބެލުން
އަސޮކް
20 December 2018
ޗައިނާއިން ކޮން ގޯހެއް ވެގެންތޯ ތިއުޅުއްވަނީ؟؟ ރަނގަޅުގޮތެއް ހޯދަން މިޖެހިގެން އުޅޭނީ ކޮންމެސް މައްސަލައަކާ ހެދި ދޯ؟ ޗައިނާއިން ހެދި ގޯހެއް ކިޔާލަ ދިންނަމަ، އަހަރަމެންނަށްވެސް ރަނގަޅު ގޮތްތަކެއް މަނިކުފާނަށް ޕްރޮޕޯސް ކޮށް ދިނޫމުސް. ޗައިނާ ސަފީރު ކިޔައިދީފި ނޫންތޯ ލޯނުގެ ދައްކަންޖެހޭވަރާއި ގްރޭސް ޕީރިއަޑްއާއި އެއްކޮށް 5 އަހަރު ފަހުންނޭ ލޯނު ދައްކަން ޖެހޭނެ ކަމަށް. ވިމާ މަނިކުފާނުގެ ދައުރުވެސް ނިމިފައި އޮންނާނީ. ސޯ ވަޓް އިޒް ޔުއާ ބިގް ޕްރޮބްލަމް ؟
އަޡްހާން
20 December 2018
އިބޫ އުޅުއްވަނީ ރައްޔިތުންނައް އޮޅުވާލަން ބޮޑު ލޯނު ސޫޕް ގަނޑެއް އިންޑިއާއިން ކައްކާލައިގެން ދެން މިހާރު އެކަން އޮއްބަން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން.. ގައުމު ހިންގުމާއި ހަރުދަނާ ސިޔާސަތާއި ހިކުމަތް ނެތިއްޔާ މަގާމުން އިސތިްުފާ ދީފަ ގެޔައް ދާށެވެ. ކުރިންވެސް މަޖިލީހުގައި ހައްޕު ކިޔައިގެން ދަމަކުން ބަޑިއެއް ޖަހާހެން ބަހެއް ބުބެލާފައި ހުންނަންވީނޫތޯއެވެ.
Haruge
20 December 2018
ޢަނެއްޤައުމިއްޔަތުގެންނަން މަސައްކަތްކުރާ ނަޝީދު ބުނާގޮތުން ޗައިނާއިން ނަގާފަ އޮތީ 3.2 ބިލިޔަންޑޮލަރ. ރައީސް ތިވިދާޅުވީ 1.4 ބިލިޔަންކަމަށް. ޢިންޑިޔާއިން ނެގި ޢަދަދާއެއްޢަދަދެއް. ތިއުޅެނީ ޗައެނާ ލޯނު ދައްކާފަ ވެލާނާ އެއާޕޯޓް ޖީއެމްއާރ އަށް ނުއަގުގަ ދޭން އަދި އެތަން ބަލަހައްޓާނަމުގަ އިންޑިޔާގެ މިލިޓަރީ ބޭހެއްހަދަން. ރައްޔަތުންގެ ފައިސާއިން ރައީސަށާއި ސިޔާސީ މުވައްޒަފުންނަށް މުސާރަ ދެނީޤައުމު އަޅުވެތިކޮށް ނުއަގުގަ ވިއްކާލާކަށްނޫން.
މުހައްމަދު ވައިހޭ
20 December 2018
ބަލަގަ ރައީސޫ ތިޔަމީޓިންގަ މަނިކުފާނު ވިދާޅުވި ތިމަންނަޔަކަށް އަދި އެގްރީމެންޓް އެއްނުފެންނަ ކަމަށް ކިހިނެއްތޯނުފެންނަ އެއްބަސްވުމަކާއި މެދު ޗައިނާއާއި އެކީ ވާހަކަދައްކާނީވެސް. ބޯގޮވީދޯ.
ޟުހަންމަދު
20 December 2018
ޗައިނާއާއިންޑިޔާއާވާދަކުރަން100ވަރަކައްއަހަރުނަގާނެ އެހެންވީމާ ޗައިނޫންއެހެންބަޔަކާ ޖައްސާލަންވީނު މިހާރުމުޅިދުނިޔެވެސްއޮތީއެމީހުންގެ މުށުގަ އަހަރެމެންމިއީ އެމީހުންކާރީ އިސްތައްޓަކަންވުރެންމާ ނިކަނެތުބައެއް ސައިޒުއުޅިގެން ނޫއުޅެބަލަ
ހިޔާލު
19 December 2018
މާ ބޮޑަށް ޗައިނާއާ ޖައްސާލަން އުޅުމަކީ އެއްވެސް ވަރަކަށް ބުއްދިވެރި ނިންމުމަކަށް ނުވާނެ. އޭރުން އެމީހުން އިދިކޮޅަށް ފަންޑު ކުރާނެ. އިންޑިޔާއަށްވުރެ މާ ބޮޑަށްވެސް މުއްސަނދި ގައުމެއް އެއީ މިހާރު.
އަފީފުހަސަން
20 December 2018
ފަގީރުކަން އިންތިހާ، ބަޑަށް މަރުވާ އަދަދުވެސް އޮޅުވާފައި އޮންނަނީ ސަރުކާރުން