މޯލްޑިވްސް ބިޒްނަސް އެވޯޑުގައި އެލައިޑް އިންޝުއަރެންސަށް ވަނީ ތިން އެވޯޑެއް ލިބިފައި | ފޮޓޯ: އެލައިޑް އިންޝުއަރެންސް
23 ޑިސެމްބަރ 2018 - 15:41
ބްލޭޒަން ޕްރައިވެޓް ލިމިޓެޑުން ރޭ ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑް ހަފުލާގައި އެލައިޑް އިންޝުއަރެންސަށް ތިން އެވޯޑެއް ލިބި 2018ގެ އެންމެ ކާމިޔާބު ކުންފުންޏަށް ވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ، ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު ހަފުލާގައި އެ ކުންފުންޏަށް ތިން އެވޯޑަކާ އެކު އެލައިޑަށް އެންމެ ކާމިޔާބު ކުންފުންނީގެ ޝަރަފު ލިބުނީ 2015 އިން 2017ގެ ނިޔަލަށް ވިޔަފާރީގެ ރޮނގުން ހޯދައިފައިވާ ކުރިއެރުންތަކާއި ތައާރަފުކޮށްފައިވާ ހިދުމަތްތަކާއި ކުންފުނީގެ ކޯޕަރޭޓް ގަވަނަންސްގެ ސިޔާސަތަށެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑުގައި އެލައިޑަށް ލިބުނު އެވޯޑުތަކަކީ އިނޮވޭޓިވް ބިިޒްނަސް އޮފް ދަ އިޔާ 2018، އެކްސެލެންސީ އިން ފައިނޭންސް (އިންޝުއަރަންސް) އަދި ބިޒްނަސް އޮފް ދަ އިޔާ 2018 އެވެ.
އެކުންފުނިން ހޯދި ކާމިޔާބީއާ ބެހޭގޮތުން ބިޒްނަސް އެވޯޑުގެ ޖަޖުންގެ ވިދާޅުވީ ރާއްޖޭގެ ގިނަ ކުންފުނިތަކާ އަޅާބަލާއިރު އެލައިޑަކީ ނިސްބަތުން ކުޑަ ކުންފުންޏެއް ކަމުގައި ވިޔަސް އެލައިޑުގެ މަސައްކަތްތައް ފާހަގަކުރެވެނީ ވަރަށް އީޖާދީ ކަންކަން ތައާރަފުކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އެވަގުތަކު އެންމެ އެކަށޭނެ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.
ލިބުނު އެވޯޑްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެލައިޑުގެ މެނޭޖިން ޑިރެކްޓަ އަހުމަދު އަމީލް ވިދާޅުވީ އެލަައިޑްގެ 33 އަހަރުގެ ތާރީހުގައި މިއީ ވަރަށް ފަހުރުވެރި ވަގުތުކޮޅެއް ކަމަށެވެ. އެގޮތުން ކަސްޓަމަރުން ހިތްހަމަޖެހޭ ހިދުމަތްތަކެއް ފޯރުކޮށްދޭ ކާމިޔާބު ކުންފުންޏެއްގެ ޝަރަފު ލިބުމުން، އެލައިޑަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު ދެންނެވި އެވެ. އަމީލް ފާހަގަކުރެއްވި ނަންތަކުގެ ތެރޭގައި އެލައިޑްގެ ޕޭރެންޓް ކުންފުނި އެސް.ޓީ.އޯ، ރާއްޖޭގެ ފައިނޭންސް ދާއިރާގެ ބެލެނިވެރިޔާ އެމް.އެމް.އޭ އަދި އެލައިޑުގެ ކަސްޓަމަރުންނާއި ޒުވާން ޓީމް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރުފާތުމަ
23 December 2018
ފާއިބި އަހަރު ޚިތާނު ކުރި ކުދިންގެ ބިލް ދައްކަން ފާތުމަ ޙަވާލުކުރީވެސް އެލައިޑަށް
ކަދުރޭރޭ
23 December 2018
އަވަހަށް ތިކަންބައްލަވާ ތިޔައީ ކަނޑައެޅިގެން ދޮގެއްކަން އިނގޭނެ