އާ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (މ) އެ އިދާރާގެ އެހެން ބައެއް އިސްވެރިންނާ އެކު، ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
17 ޖެނުއަރީ 2019 - 22:04
ޕާސްޕޯޓް ހެދުމުގެ ހިދުމަތް މިހާރަށް ވުރެ ފަސޭހަ ކުރުމަށްޓަކައި އީމެއިލް މެދުވެރިކޮށް އެ ހިދުމަތަށް އެދި ފޯމް ހުށަހެޅޭ ގޮތަށް ހަމަޖައްސަން އިމިގްރޭޝަނުން ނިންމައިިފި އެވެ.
އިމިގްރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ މެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭ އުސޫލު އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ތައާރަފުކުރާނެ ކަމަށެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހެދޭ ނިޒާމެއް މި އަހަރު ނިމުމުގެ ކުރިން ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެއިލް މެދުވެރިކޮށް ޕާސްޕޯޓް ހަދަން ހުށަހަޅާއިރު ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތްދޭ ކޮންމެ މަރުކަޒަކުން ޕާސްޕޯޓް ނަގަން ވެސް އެދެވޭނެ ކަމަށް ހަނަފީ ވިދާޅުވި އެވެ. އެއީ ޕާސްޕޯޓް ހަދަން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް ހޯދެން އޮތް ހައްލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއަށް ފަހު އަޅުގަނޑުމެންގެ ސެންޓަރުތައް، މާލެ، ފުވައްމުލައް، ކުޅުދުއްފުށި އަދި އައްޑޫ، މިއިން ކޮންމެވެސް ތަނަކުން މި ޕާސްޕޯޓް ބަލައިގަތުމުގެ އިންތިޒާމް، އެފަރާތްތަކަށް ފަސޭހަވާ ތަނަކުން ލިބިދޭނެ،" އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ދޭ ހިދުމަތްތައް ފަސޭހަކުރުމަށްޓަކައި ކުރު މުއްދަތާއި ދިގު މުއްދަތުގައި ގެންނާނެ ގިނަ ބަދަލުތަކެއް އާ ކޮންޓްރޯލާ މިއަދު ހާމަކުރެއްވި އެވެ. އެގޮތުން ތައާރަފްކުރާނެ ކަމަށް ވިދާޅުވި ކަންކަމުގެ ތެރޭގައި ޕާޓްނާ އެޖެންސީތަކުން މައުލޫމާތު އެއްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ޕާސްޕޯޓަށް އެދޭ ފޯމް އަތޮޅު އަދި ރަށު ކައުންސިލްތަކުން ބަލައިގަންނަ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ. އެއީ ދެ އަހަރު ދުވަހުގެ ތެރޭގައި ގެންނަން ކަނޑައަޅާފައިވާ ބަދަލުތަކެވެ.
އަލަށް ފަށާނެ ކަމަށް ކޮންޓްރޯލާ އިއުލާނު ކުރެއްވި އަނެއް ހިދުމަތަކީ އައްޑޫގައި ހުންނަ އިމިގްރޭޝަންގެ މަރުކަޒު މެދުވެރިކޮށް ބިޒްނަސް ވިސާ ދޫކުރަން ފެށުމެވެ. އެ ހިދުމަތް ވެސް ފެބްރުއަރީ މަހު ތައާރަފް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނާ މެދު އޮންނަ ޝަކުވާތައް ސީދާ ގޮތެއްގައި ހުށަހަޅައި މައުލޫމާތު ސާފުކުރުމަށްޓަކައި ކޯލް ސެންޓަރެއް ވެސް ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
4567
18 January 2019
ކޮންރަށަކުންބާ ތި ހެދެނީ
އަކމެޑް
18 January 2019
ނެތްތަ ޓްރާންސްޕޯޓް ޚިދުމަތް އޮންލައިންކޮށް ކުރެވޭކަށް؟
މުރާސިލު
18 January 2019
އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭގޮތް ހަދަން މާލަސްވެސް ވެއްޖެއެވެ. އަދި ކޮންމެ ރަށަކުން އައި.ޑީ. ކާޑު ހެދޭއިރު، ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށުން ޕާސްޕޯރޓް ލިބޭނެގޮތްވެސް މިހާރު ހަމަޖައްސަން ވެއްޖެއެވެ.
ރަސްގެފާނޫނޫނޫނޫ...
18 January 2019
ލަސް އެކަމަކު، މާލަހެއްނުވޭ..ލަސްވިޔަސް ނުވުމަށްވުރެން ރަނގަޅު
ޕީމެއިލް
18 January 2019
ޕާސްޕޯޓުން އީމެއިލް ކިޔާލެވޭނެ ގޮތްވެސް ހައްދާވާ ދެއްވުމަށް ޓެކުނޮލިޖީ މިނިސްޓަރު މަލީހު އާއި އެކު މަސައްކަތްކޮއްދެއްވާ.
ޥަރަށްވެދުން
18 January 2019
ތިޔައީ ނުވެގެން އުޅޭކަންތައް! ބޭނުމަކީ ބަންގާޅީން ނަށް ޕާސްްޕޯޓު ފޯރުކޮށްދިނުން.
މޫސަލް މިއާ
18 January 2019
ކޮންޓްރޯލާއައް ވެދުންސަލާމް..މަގުމަތިން މަސައްކަތައް ބަންގާޅީން ގެންދާ ދިވެހިން ނޫނީ ބަންގާޅީ މީހުންނާ ދަެތެރޭ ފިޔަވަލު އަޅާނެ ބަޔަކު ނެތް.. އެހެންވީމަ ކޮންޓްރޯލާ ހުރިހާ ބަންގާޅީން ބޭރު ކޮއްދެއްވާ..މަނިކުފާނައް އާދޭސް ކޮއްފަ މިދަންނަވަނީ..ސަލާމް
ގާދިރު
18 January 2019
ތިޔަކަމެއްނޫނޭ. ދިވެހިން ނުވެގެން މިއުޅެނީި.. ކަމެއްކޮންދެނީނަމަ މާލެއާ ހުޅުމާލެ މަގުތަކުގަޔާ ކަންމަތީ ފިހާރަ މާރުކޭޓް ތަކާ ހޮޓާ ކެފޭ ތަކުގަ ތިބި ވަގައް މިގައުމުން ފައިސާ ބޭރުކުރަމުންދާ ބަނގުލަދޭސް މީހުން ނައް ގޮތެއް ހަދާބަލަ..
ޙދހހ
18 January 2019
ތިކަން ކުރަންވާނީ އީގަވަރމެންޓް ޕޯޓަލްއެއް މެދުވެރިކޮށް. އީމެއިލަކީ ސެކިޔޯ އެއްޗެއްނޫން.
އާނދު
18 January 2019
ތީ ޚަރަދު ކުޑަވުމެއް ކަމަށް ބެލެވޭކަންނެތެވެ.ސަބަބަކީ ހުވަދުއަތޮޅުން އައްޑޫ ސިޓީއަށް ގޮސް ޕާސްްްޕޯރޓް ނެގުމަށްވުރެ މާލޭއަށް ގޮސް ނެގުން މާރަގަޅުވާނެ ކަމަށް ބެލެވެއެވެ. ތިޔަ ދައްކާ ވާހަކަ ޤަބޫޅު ކުރާނީ ބުއްދި ހަމަނުޖެހޭ މީހުންނަށް. ވަރަށް ސަލާމް
ގރހި
18 January 2019
މަވެސް ތާއީދު ކުރާ ބައިގަނޑެއްނޫން. ނަމަވެސް ލިޔެފައި އޮތް އެއްޗެއް ރަނގަޅަށް ކިޔާލާފައި ކޮމެންޓްކޮށްބަލަ.
އެހެންނާ
18 January 2019
ހެޔޮ ނުވާނެ އައިޑީ ކާޑަށްވެސް އޮންލައިންކޮށް އެޕްލައި ކުރެވޭގޮތް ހަދާބަލަ. ސަރުކާރުގެ ޚިދުމަތް ޒަމާނީ ކުރުމުގައި ހާދަ ފަހަތެއްގައޭ މިއުޅެނީ ޓެކްނޯލޮޖީ މިހާ ކުރިއަރައިގެން ދިޔަ އިރުވެސް.