އިންޑޯމީ ނޫޑުލްސް އަކީ ލިލީ އިންޓަނޭޝަނަލް އިން ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރޮޑަކްޓެއް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
31 ޖެނުއަރީ 2019 - 20:15
އިންޑޯމީ ނޫޑުލްސް ހާއްސަ ޕްރޮމޯޝަނެއް ލިލީ އިންޓަނޭޝަނަލުން މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަން ގައި، ހަތަރު ނޫޑުލްސް ޕެކެޓު ގަތުމުން އެއް ޕަކެޓް ހިލޭ ލިބޭނެ އެވެ. ޕްރޮމޯޝަން ގައި ނޫޑުލްސް ޕެކެޓަކަށް ދައްކަން ޖެހެނީ 20 ޕަސެންޓް ހެޔޮ އަގެކެވެ. މިއަދުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ލިލީގެ ސްޓޮޕް އެންޑް ޝޮޕް ފިހާރައިގެ އިތުރުން އެހެނިހެން ރީޓެއިލް ފިހާރަތަކުން ވެސް އިންޑޯމީ ނޫޑުލްސް ލިބޭނެ އެވެ.
އިންޑޯމީ ނޫޑުލްސް: މި ނޫޑުލްސްގެ ޕްރޮމޯޝަން ދެ މަސް ދުވަހަށް ކުރިއަށް ގެންދާނެ--ފޮޓޯ: ހުސައިން ވަހީދު/މިހާރު
އިންޑޯމީ ނޫޑުލްސް އަކީ އިންޑޮނޭޝިއާގެ ބްރޭންޑެކެވެ. މި އުފެއްދުން އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ 1972 ވަނަ އަހަރު އެވެ. މި ބްރޭންޑްގެ ނޫޑުލްސް އޮސްޓްރޭލިއާ އާއި އޭޝިއާ އާއި އެޕްރިކާ އާއި ޔޫރަޕްގެ އިތުރުން އެމެރިކާއާއި ކެނެޑާ ފަދަ ގައުމުތަކުގައި ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
31 January 2019
ސޯލިޙްގެ ސަރުކާރުގެ ބައެއްސިޔާސަތު ތަކުގެ ނަތީޖާ ފެންނާންފަށައިފިކަން މިހާރުވެސް އެގިއްޖެ. * * ސުކޫލް ކުދިންގެ ހެދުނުގެ ނާސްތާ އަދި ހެލްތް މިނިސްޓަރުގެ ސިއްހަތަށް ފައިދާހުރި ކާނާގެ ކެމްޕޭނާއި ސިގިރޭޓް ހުއްޓުވުމާއި ހަކުރު ބޭނުންކުރުން މަދުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮޤްރާމް ތަކުގެ އަޑާއިއެކު ކޮކަކޯލާ އެނާރޖީ ޑްރިންކްސް ދިޔާ ނެސްލޭ ކުންފުނީގެ ދިޔާ މައިލޯ އާއި މިފަދަ ނޫޑްލްސް ތަކުގެ ޙަބަރާއި އިސްތިހާރާއި ޕްރޮމޯޝަންވެސް އިތުރުވެގެން އެބަދޭ.