ބީއެޗްއެމް އިން ވިއްކާ ކޯސްޓްކިރު ޕެކެޓްތަކެއް ފިހާރައެއްގައި ވިއްކަން ބަހައްޓާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
25 އޯގަސްޓް 2016 - 14:39
ރާއްޖޭގައި މަގުބޫލު "ކޯސްޓް" ކިރު ޕެކެޓްގެ އަގު ބީއެޗްއެމް ޓްރޭޑާސް އިން މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ކޯސްޓް ޕެކެޓްގެ އަގު ހެޔޮކުރި ނަމަވެސް ދަޅުގެ އަގަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.
ބީއެޗްއެމްގެ އޮފިޝަލަކު ވިދާޅުވީ ކޯސްޓް ކިރު ޕެކެޓްގެ އަގު ހެޔޮކުރީ މާކެޓްގައި މިހާރު ލިބެން ހުރި އެހެން ކިރުތަކުގެ އަގާ އެއްވަރަކަށް ގެނައުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެން ގެންނަ ކޯސްޓް ކިރު ޕެކެޓްގެ ދެ ސައިޒްގެ އަގު ވެސް ވާނީ ހެޔޮކޮށްފައި. މީގެ ސަބަބުން ކަސްޓަމަރުންނަށް ހެޔޮ ފައިދާއެއް ކުރާނެ ކަމަށް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
ކޯސްޓް ކިރު ޕެކެޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން ކުރިން 90ރ.އަށް ވިއްކަމުން އައި 800 ގްރާމްގެ ޕެކެޓެއްގެ އަގު ވަނީ 85ރ. އަށް ހެޔޮކޮށްފަ އެވެ. އަދި 245ރ. އަށް ވިއްކަމުން އައި 2،250 ގްރާމްގެ ޕެކެޓެއްގެ އަގު ވަނީ 240ރ. އަށް ހެޔޮކޮށްފަ އެވެ.
ބީއެޗްއެމް އިން ގެނައި ބަދަލާ ގުޅިގެން ކުރިން 980ރ. އަށް ވިއްކި 800 ގްރާމް ހިމެނޭ 12 ޕެކެޓްގެ ކޭހެއް ވިއްކަނީ 930ރ. އަށެވެ. އަދި ކުރިން 1،370ރ. އަށް ވިއްކި 2،250 ގްރާމްގެ ހަ ޕެކެޓް ހިމެނޭ ކޭހެއް ވިއްކަނީ 1،035ރ. އަށެވެ.
ބީއެޗްއެމް އިން ވަނީ މިއަހަރުގެ މާޗް މަހު ވެސް ކޯސްޓް ކިރުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް ރަޝީދު
25 August 2016
ކޯސްޓް ކިރާ އަލް ނޫރު ކިރު ކިހިނެތް ރަހައިގެ ގޮތުން އަޅުވާ ކިޔާނީ. މުދަލެއް އަގުހެޔޮކޮށް ލިބުނީ އަގު ހެޔޮކުރީމަ އެހެން އެއްޗަކާ އަޅުވާ ކިޔުން ހަމަނުޖެހޭދޯ. ކައި
ކައި
25 August 2016
އަލް ނޫރު އަގުހެޔޮ ކުރީމަ ބިރު ގަތީ ދޯ.. ހިނި އަންނަނީ..