ޚަބަރު / މަޖިލީހުގެ މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އާތިފަށް އަންގައިފި

އާތިފް: މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް އަންނަ ބުދަ ދުވަހު އޭނާ ހާޒިރުވާން އޮތީ އަންގާފައި.

އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، ހިންގި މަނީ ލޯންޑަރިންގެ އަމަލުތައް ހުއްޓުވުމުގައި އެމްއެމްއޭ އިން އިހުމާލުވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ މައްސަލައާ ގުޅިގެން އާތިފް ޝަކޫރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އަންގައިފި އެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އާތިފް، މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އެންގީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު ފަހު 2:30 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު، ފާތިމަތު ނިއުޝާ، އާތިފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާގެ މުއާމަލާތްތަކާ ގުޅިގެން މާލިއްޔަތު ކޮމެޓީން ބައްދަލު ކުރަން ބޭނުންވާ ކަމަށެވެ.

މަޖިލީހުގެ ސިޓީ އާއްމުކުރައްވައި ޓުވިޓާގައި އާތިފް ވިދާޅުވެފައި ވަނީ، އޭނާ ހުންނެވީ އެފްއައިޔޫގައި ހޭދަކުރެއްވި ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރެއްވި ގޮތް ހާމަކޮށްދެއްވުމުގެ ފުރުސަތަކަށް ބޭނުންވެފައި ކަމަށެވެ.

އެމްއެމްއޭގައި އޮންނަ މިނިވަން އިދާރާއެއް ކަމަށްވާ އެފްއައިޔޫގެ ގާނޫނީ ޒިންމާ އަކީ މަނީ ލޯންޑަރިންގެ ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި ކުށްކޮށްގެން ހޯދާ މައުލޫމާތު ހޯދައި ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އެކަމަކު ދައުލަތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ލޯންޑަކުރަމުން ދިޔައިރު އެމްއެމްއޭގެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާކަން އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އެ މައްސަލައިގައި، އެމްއެމްއޭގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން އޭސީސީން ވަނީ ނިންމައިފަ އެވެ.

އެސްއޯއެފުން ހިންގި މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގުކުރަން ފުލުސް އޮފީހަށް ނުފޮނުވި މައްސަލައިގައި އޭސީސީން ސުވާލުކޮށް ބަޔާން ނެގި ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމާއި އާތިފް އިތުރުން އެމްއެމްއޭގެ ބައެއް އިސް މުވައްޒަފުން ވެސް ހިމެނެ އެވެ.

އޭސީސީގެ ތަހުގީގުގައި އާތިފް ވިދާޅުވެފައި ވަނީ، އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައިވެ އެވެ.

އެ ތުހުމަތު ދޮގުކުރައްވައި އޭސީސީގެ ތަހުގީގަށް އަޒީމާ ވިދާޅުވެފައި ވަނީ އެސްއޯއެފުން ހިންގި ޝައްކު ކުރެވޭ މުއާމަލާތްތަކަކާ ގުޅިގެން ނޮވެމްބަރު، 27، 2014 ގައި އެފްއައިޔޫ އަށް ފޮނުވި "ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް"ގެ ވާހަކަ، އެމްއެމްއޭ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އާތިފް ހިއްސާކުރެއްވި ކަމަށެވެ. އެއާއެކު، ޝައްކުކުރެވޭ މުއާމަލާތް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށް އާތިފަށް ދަންނަވާފައި ވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އާތިފް، މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކުރާ އިރު، އޭނާގެ ފަހުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑަކަށް ހަމަޖެއްސި އަބްދުﷲ އަޝްރަފް، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ހުށަހަޅުއްވައިފަ އެވެ.

5 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްގަލުންފެހިކާ

21 February 2019

އާތިފް އަކީ ޔާމިނުގެ ކަނާ އަތް. އާޒިމާ އަކީ "ނޭވާ". ހައުސިންގ އާތިފާ އަކީ ވެސް ޔާމިނުގެ ކަނާ އަތް ފަދަ މީހެއް. މި 3 ބޭންނަކީ ވެސް ޔާމިނުގެ ބޮޑެތި މީހުން. މައުމޫނު ހުށައެޅި އަކަސް ޢާތިފާ އަކީ ޔާމިނުގެ މީހެއް. އެހެންވީމަ ބުނަނީ މައުމޫނަކީ ހުރިހާ އަތަށް ކެނޑޭ މީހެކޭ. ހެޔޮނުވާނޭ އޭނާ ބުނާ ގޮތަށް ކަންތައް ކުރާކަށް.

The name is already taken The name is available. Register?

ކެރެދި ބެއްޔާ

21 February 2019

ހަސަނުދެފައި މުޅިއޮޑީގައި އޮންނަހެން ސަރުކާރުގެ އިދާރއެއްގެ ވެރިޔެއް ނަންކިޔައިފިއްޔާ މިއިން ކޮންމެވެސް ޝަކޫރެއް އޮބިނޯވޯގެން އުޅޭ ތަންމިފެންނަނީ . މިވާގޮތެއް ބެއްޔާ އަށް ކޮންމެވެސްމީހަކު ކިޔައިދީބަލަ!

The name is already taken The name is available. Register?

ފަރީދާ

21 February 2019

ދައުލަތުގެ މުއައްސަސާތަކުގަ އޮންނަނީ އަނގަބުހުން މުއާމަލާތްކުރަންތޯ؟ ލިޔެކިޔުމުން ކަންކަން ކުރާގޮތަކަށް ނޫންތޯ؟ އަޒީމާ ވެސް ކަންކަން އަންގަނީ ކޮފީ އަކަށް ގޮސްސަތޯ؟ މިކަހަލަ ބޮނޑެތި މުއައްސަސާތަކުން ވަރަށް ޒިންމާދާރުކޮށް ނޫންތޯ ކަންކަން ކުރަންވާނީ.. އެކަކު މިބުންނީ ތިމަންނަ ބުނީމޭ މީޓިން ނިންމާފަ އެކަންކުރާށޭ. އަނެކަކު މިބުނަނީ ނުބުނެއޭ.. މީތޯ ޒިންމާދާތުގޮތަކީ؟ އެންމެ އިސްވެރިޔާ ކަންކަން ބަލާގޮތަކަށްނޫނޮތޯ އޮންނީ..

The name is already taken The name is available. Register?

ގޯޕާލް

21 February 2019

އާތިފް ތިތަނެއްގައި ވެރިއަކަށްހުރީ އެންމެ 7 މަސްދުވަހު. ތިމީހުން ގަންނަގަނޑާއި ޖަހާސަކަރާތް ފެނުމުން އެކަން ތަނުގެ އިސްކޮށްތިބިމީހުނަށް އެންގި. ގައުމުގެ ޙާލަތު އެއިރު އޮތްގޮތުން ދެކޮޅަށް އެއްޗެކޭބުނި ކޮންމެމީހަކު ދިޔައީ ކަނޑާ ވައްޓާލަމުން. މިސާލަކަށް އޮޑިޓަރ ޖެނެރަލް ނިޔާޒް. އާތިފަކީ މޮޔައެއްނޫންވީމަ ކަމެއްނުކުރެވޭތަނެއްގައި ނުހުންނަންވެގެން ވަޒީފާއިން ރީތިގޮތުގައި އިސްތިއުފާދީފަ ނިކުތީ. ޚަބަރުތައް ކުޑަކޮށް ކިޔާލާ. އިންޑިއާވެސް އާތިފް ބޭނުން

The name is already taken The name is available. Register?

އެހެންތޯ

21 February 2019

ތާހިރެއްނު؟ ޕާލަމެންޓުގައި ތިބި މީހުން ލަދެއް ނުގަނޭދޯ ކޮރަޕްޝަންގެ ލާރި ނަގައިގެން ސަލާމަތްވެތިބެ ވެރިކަމުގެ ނުލަފާކަމާހެދި ބިރުން އެކަން ހުއްޓުވަން ނުކުޅެދުނު މީހުން ތަންނަށްދަމާ ސުވާލުކުރާކަށް؟ އާތިފު ޖަލަށް ލެވުނީމައި ތިބޭފުޅުން ކޭލާރި ދައުލަތަށް ލިބޭނެތޯ؟ ނޫނީ ހިތްހަމަޖެހިގެން ނިދާލެވޭނީތޯ؟ ތިވަރުގެ އާރޖަންސީއެއް އެސްއޯއެފް މީހުން މިގައުމަށް ގެންނަން ޕޮލިހުންނާއި ސިފައިން މަޖިލީހަށް ދަމާތަން ނުފެނިގެންމިއުޅެނީ ކިއްވެތޯ؟ ފަލީހަތްވެދާނެތީ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454