ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރު ހަލާކުވެފައި. ކާރުގެ ޑްރައިވަރު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ފޭސްބުކް
04 ސެޕްޓެމްބަރ 2016 - 20:22
ރޭ ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވަން އިން މީހާ މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހާއާ ބެހޭ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެކްސިޑެންޓުގައި މަރުވެފައި ވަނީ ރ. ރަސްގެތީމު ފާތިމަތު ޝިއުނާ އެވެ. އެކްސިޑެންޓް ވީ ސައިކަލުގެ ފަހަތުން ދިޔަ ކާރު ސައިކަލުގައި ޖެހިގެންނެވެ. ސައިކަލްގެ ފަހަތުގައި އިން ޝިއުނާ މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް މިއަދު ހެނދުނު އެވެ. ޝިއުނާއާ އެކު ސައިކަލުގައި އިން އޭނާގެ ރަހުމަތްތެރިޔާ އަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
އެކްސިޑެންޓްވި ކާރަކީ ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ބޭނުންކުރާ ކާރެކެވެ. އެވަގުތު ކާރު ދުއްވީ އެ ކާރު ކުއްޔަށް ހިފައިގެން އުޅުނު މީހަކު ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާމިނަތު
05 September 2016
"ސައިކަލުގެ ފަހަތުން ދިޔަ ކާރު" ރަނގަޅެއްނޫން. ފަހަތުން އަންނާނީ. ދާނީ އެއްނޫން.
ސައީދު
05 September 2016
ނޫނޭ ފަހަތުން ދެވެން ވެސް ދެވޭނެ. އަންނަ މީހެއް ފަހަތުން އަންނާނީ. ދާ މީހެއް ފަހަތުން ދާނީ. ތިބާ ހުރި ދިމާ އަށް މިސްރާބު ހުރިއްޔާ ތިބާ ވާހަކަ ދައްކާއިރު އެމީހާ އެ އަންނަނީ. ތިބާ އަށް ފުރަގަސް ދީގެން ނުވަތަ އަރިކަށި ދީގެން އެހެން ކޮޅަކަށް ދާމީހާއަށް ތިބާ ބުނާނީ އޭނަ ދަނީއޭ. މީހެއްގެ ފަހަތުން ވިޔަސް ތިބާ ބުނާނީ ފަހަތުން ދަނީއޭ. ނޭނގި ހުރެ ތިކަހަލަ ކޮމެންޓު ކުރުމަކީ ބިނާކުރަނިވި ފާޑު ކިޔުމެއް ނޫން. އެއީ އެތައް ބަޔަކަށް ނުރަނގަޅު މައުލޫމާތެއް ދިނުން.
އަލީ ނަސީރު
05 September 2016
ބަލަ ތިއީ މާކައް އުދަގޫ ކަމެއް ނޫނޭ. ގުޅިފައި ހުރިމީހަކު ނަމަ، ތިކާރު ވިއްކި މީހާ ގޯސްވާނީ. ރީދޫ މީހެއްނަމަ، ކާރު ދުއްވީ މީހާގެ އާއިލާ ޖަލައް ދާންޖެހޭނީ.
ސަރީ
05 September 2016
ތިމީހަކު ސިއްރުކުރަން ޖެހުނީ ކީއްވެބާ؟
ޑްރައިވަރު
05 September 2016
ހައްޔަރު ކުރުން ލަސްވީ ސައިބީރިއާގެ ކޯޓަކުން އަމުރު ހޯދީމަ.
ހެކިފޮރުވުން
04 September 2016
ތިހާ ލަސްވާން ޖެހުނު ސަބަބަކީ ކޮބާތ؟. ހެކިފޮރުވަން ފުރުޞަތު ދިންކަމަށް ތުހުމަތު ކުރެވޭ ފަދަ މާހައުލެއް އުފެދިގެން މިދިޔައީ. ގަސްތުގައި މީހަކު މެރުމުގެ ދައުވާ ނޫން ދައުވާއެއް ހައްގެއްނޫން. މަގުތަކުގައި ބެލުމެއް ނެތި ދުއްވާ މީހުން އެހެން އެ ހަދަނީ އިންސާނީ ކަރާމާތައް ނުބަލާ. އެމީހުންނަކީ ގަސްތުގައި ގެއްލުން ވިޔަސް ހެޔޮކަމަށް ބާރަށް ވެހިކަލް ދުއްވާ މީހުން. މި ފަދަ މީހުނަށް ހައްގު އަދަބު ދޭންވީ.. ..
މަވެސް އެބަހުރީމޭ
09 September 2016
ހެކިފޮރުވަން ފުރުޞަތު ދީފަކާ އެއް ކޮބާ؟ އެކްސިޑެންޓު ވުމާއެކު އެރޭ އެ ވަގުތު ޑްރައިވަރ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި. ކޮންމެ ކަމެއްގައި ވެސް ދެކޮޅު ބަލާފައި ވާހަކަ ދެއްކުން ބުއްދިވެރި....
ޚުޑް
04 September 2016
ކޮބާތަ ހުޅުމާލޭގައި ކާރުން ޖައްސާ މަރުވި ބިދޭސީ މީހާގެ މައްސަލަ