މިއަދު ހެނދުނު މާލެ އަށް ވެހުނު ބޯ ވާރެއާ އެކު، އީދު ނަމާދަށް އިސްލާމީ މަރުކަޒަށް ދިޔަ ބަޔަކު ކުޑަ އަޅައިގެން މިސްކިތުގެ ބޭރުގައި މަޑުކޮށްލައިގެން: އީދު ނަމާދު ވަގުތު މާލޭގެ ގެއެއް ފަޅާކައި 60،000ރ. ވަނީ ނަގާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
04 ޖޫން 2019 - 10:02
މިއަދުގެ އީދު ނަމާދަށް ދިޔަ ވަގުތު މާލޭގެ ގެއެއް ފަޅާލައި 60،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މައްޗަންގޮޅި ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވައްކަން ކޮށްފައި ވަނީ އެ ގޭގައި އެއްވެސް މީހަކު ނޫޅޭ ގަޑިއެއް ބަލާފައި ކަމަށެވެ. ބިދޭސީން އުޅޭ އެ ގޭގެ އެންމެން އެ ވަގުތު ތިބީ އީދު ނަމާދަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި، މި ވައްކަމުގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު 8:30 ހާއިރު އެވެ. ފައިސާގެ އިތުރުން ފޯނެއް ވެސް އެ ގެ އިން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެކަމަކު، ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދިޔަ ރޯދަ މަހަކީ މާލެ އާއި ބައެއް ރަށްރަށުގައި ވައްކަމާއި ފޭރުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގި މަހެކެވެ. އެގޮތުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންނަށް އާންމުން ނުކުމެ އަދަބު ވެސް ދިނެވެ. އަދި ވައްކަމާއި ފޭރުމުގެ ބައެއް މައްސަލަތަކުގައި ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފިތުރު އީދަށް ރަށުން ބޭރަށް ދާ ނަމަ ވަގުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތަކެވެ. އީދާ ގުޅުވައިގެން ވައްކަމުގެ މައްސަލަތައް އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ވަނީ އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅުމުގެ ބަދަލުގައި ކޭޝް ކާޑު ގެންގުޅުމާއި ގެސްޓް ހައުސްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި ސައިކަލުތައް ރަނގަޅަށް ތަޅުލުމާއި ގެއިން ބޭރަށް ދާނަމަ ރަނގަޅަށް ތަޅުލުން ފަދަ ކަންތައްތައް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މި ފަހުން ވައްކަން ކޮށްފައި ވަނީ ވެސް، ދުރާލައި ރާވައިގެން ފަސޭހަ އިން ފުރުސަތު ލިބިގެން ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
04 June 2019
ޢީދެއް ހައްޖެއް ހުކުރެއް ބެލުމެއްނެތި މާލޭގެ ގޭތަކަށް ޢީދު ގެނައުމުގައި ވެމްކޯގެ ހީވާގި މުވައްޒަފުން، އަހަރެން ދިރިއުޅޭ ސަރަހައްދުގައި މުޅިންވެސް ހަރަކާތްތެރިވަނީ ފަޚުރުވެރި ދިވެހީންކަން ފާހަގަކޮށް ޝުކުރުވެރިވަން❤️
ބޮޑުމީހާ
04 June 2019
ފުލުހުން އެހާވަރަށް ތައްޔާރުވީމަވެސް ވީވަރު...
ކޮރަލް
04 June 2019
ވައްކަން ކުއްލިއަކަށް ގިނަވީ އެވެ. ބައިވަރު ބޮޑެތި ކުއްވެރީން ތަކެއް ދޫކޮށްލީ ކަމަށް ބެލެވެއެވެ.
ރެޑްއެލާޓް
04 June 2019
ފުލުހުން ރެޑް އެލާޓުގައި. ވަގުން ފެހި އެލާޓުގައި. އެހެންވެ ފުލުހުން ތިބީ ފެހި އެލާޓް އަންނަންދެން. އެހެން ތިއްބާ ވަގުން ފެހި އެލާޓް އައިސްގެން ވަގަށް ނަގައިގެން ގޮސް މިހާރު ތިބޭނީ ޔެލޯ އެލާޓުގައި. ޔެލޯ އަކީ މިހާރު ފުލުހުންނަށް ވާސިލުނުވެވޭވަރުގެ އެލާޓެއް ނޫން.
ގޮރުނޮދޯރު
04 June 2019
އިސްލާމް ދީނުގައި ވަގުންނަށް އޮތް އަދަބު ނުދީ ވަގުންގެ އީދަކަށް ނަހަދާށޭ ބުނީ މަގޭ ގާތަށް އަންނަނީ ހިނި. ﷲ ގެ އަމުރުފުޅަށް ގޮންޖަހައިގެން ތިތިބެނީ މާ މޮޅު ބަޔެކޯ މީ.
falcon_autho
04 June 2019
އީދު ނަމާދުކުރުންވެސް މިހާރު ބޮޑު ޖޯކަކަށް ހަދައިފި. ދީނުގައި ކަންކަން އޮންނަނީ ލުއިކޮށް ދެއްވާފައި. މާލޭގެ ކޮން އަވަށެއްގައި ތިންހަތަރު މިސްކިތް ހުންނައިރު ބޮޑު ޚަރަދެއް (އިސްރާފު) ކޮށްގެން އެއްތަނަކަށް އެއްކޮށް ތިކަމެއް ބާއްވާކަށް. ދެއްކުންތެރިކަން އަޅުކަމުގައިވެސް. އުމުރުން ދުވަސްވީ މީހުންވެސް ތިޔަތަނަށް ގެންދަން ތިޖަހާ ސަކާރާތް ހުއްޓާލާ. ހޭދަކުރާ ފައިސާއިން އެހެންކަމެއް ކުރައްވާ!
ޕޮގުބާ
04 June 2019
ވަގު ޔަގީން ނުފަޅާނެ ނުލިބޭނެ ވަގުން ނަކަށް ފުރުސަތެއް
ބަބުރަންޖީ ހާޖީ
04 June 2019
ބަރަކާތްތެރި މަހާއި ބަރަކާތްތެރި ޢީދުގެ ހުރުމަތްކެނޑީމާ ވަކި ދެން ބުނާނީ ކީކޭހެއްޔެވެ؟
ޕޮގުބާ
04 June 2019
ވަގުންނަކަށް ފުރުސަތެއް ނުދޭނަމެ ފުލުހުން
އަބްދުއްالله
04 June 2019
ފިތުރު ޒަކާތް ނުދޭތީ ފިތުރު ޒަކާތް ނެގީ.