މޯދީ މިރޭ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަނީ - ފޮޓޯ؛ ހުސެއިން ވަހީދު/ މިހާރު
08 ޖޫން 2019 - 21:01
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިޔާ އިން އެހީވަނީ އަންނަން އޮތް ޖީލުތަކަށް ނުއުފުލޭވަރަށް ގައުމު ދަރަނިވެރިކޮށް، ނިކަމެތި ކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ހިންދީ ބަހުން ތަގުރީރުކުރައްވަމުން މޯދީ މިރޭ ވިދާޅުވީ ތަރައްގީގެ ގުޅުމުގެ ބޭނުމަކީ [ރާއްޖެ] ބާރުވެރިކުރުވުން ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ ބޭނުމަކީ ރާއްޖެއިން އެ ގައުމަށް ބަރޯސާކުރާ މިންވަރު އިތުރުކުރުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އިންޑިއާ އަށް ލިބޭ ކުރިއެރުންތައް އަބަދުވެސް އަންނަނީ އަވައްޓެރިންނާ ހިއްސާ ކުރަމުން. އެހެންވީމާ އަޅުގަނޑުމެންގެ ތަރައްގީގެ ގުޅުމުގެ ބޭނުމަކީ މީހުން ބާރުވެރިކުރުވުން. އަދި އެ މީހުން ބަލިކަށިކޮށް އަޅުގަނޑުމެންނަށް ބަރޯސާކުރާ ވަރު އިތުރުކުރުމެއް ނޫން. އަދި އަންނަން އޮތް ޖީލުތަކުގެ ކޮނޑުގައި ނުއުފުލޭ ވަރގެ ދަރަނީގެ ބުރައެއް އެޅުވުމެއް ވެސް ނޫން،" މޯދީ ވިދާޅުވި އެވެ.
މޯދީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން މަޖިލީސްގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ފުރަތަމަ ގާނޫނުއަސާސީގެ ކޮޕީއެއް ހަދިޔާ ކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މޯދީ ވިދާޅުވި ގޮތުގައި އަވަށްޓެރިންނަށް އެހީތެރިވުމުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތު ބިނާކޮށްފައި ވަނީ އެ ގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ ދެއްވާފައިވާ އިރުޝާދެއްގެ މައްޗަށެވެ. ގާންދީ ވިދާޅުވެފައިވަނީ އަވަށްޓެރިންނަށް ޚިދުމަތް ކުރުމުގައި ވަކި ހައްދެއް ނޯންނާނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތަކީ މޯދީ ވިދާޅުވި ގޮތުގައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުު ކުރުމެވެ. މޯދީ ވިދާޅުވީ އެކަމުގައި ރަނގަޅު ރަހުމަތްތެރިންގެ މިސާލެއްގެ ދެ ގައުމު ގުޅިގެން ދުނިޔެ އަށް ދެއްކިދާނެ ކަމަށެވެ. ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރުމަކީ އިންޑިއާ އާއި ރާއްޖެ އަށް ލިބިފައި އޮތް ރަނގަޅު ފުރުސަތެއް ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
"[އޭގެ ތެރޭގައި] ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އެކުގައި މަސައްކަތް ކުރުމާއި ދުނިޔޭގެ އެންމެ މުހިއްމު ކަނޑުމަގުގެ ރައްކާތެރިކަން ކަށަވަރު ކުރުން [ހިމެނޭ]،" މޯދީ ވިދާޅުވި އެވެ.
މޯދީ މިރޭ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަނީ - ފޮޓޯ؛ ހުސެއިން ވަހީދު/ މިހާރު
މޯދީ ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ދެން ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއާ އެކު ފުރިހަމަ އަށް އެއްބާރުލުމަށް އިންޑިއާއިން ވައުދުވެ ވަޑައިގަންނަވާ ކަމަށެވެ.
"މި މަސައްކަތްތައް ކުރުމުގައި ފުރިހަމަ އަށް އެއްބާރުލުމަށާއި ރާއްޖެއާ އެކު އޮތް އަގުހުރި ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ އޮތީ ފުރިހަމައަށް ތައްޔާރަށް،" ބޮޑުވަޒީރު ވިދާޅުވި އެވެ.
މޯދީ މިއަދު ހަވީރު ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. މޯދީގެ މި ދަތުރުފުޅުގައި ދެ ގައުމުން ވަނީ ހަ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގުރި
09 June 2019
އިންޑިޔާތަ ނުވާނެ ރަގަޅެއް. މިހާރުވެސް މަލިކު އެވަނީ އަތުލާފަ. ދެންނޭގެ އަތުލާނީ ކޮށްރަށެއްކަން. ކުރިންވެސް ސަރުކާރުން މަލިކުދިނީ. މިހާރުވެސް ސަރުކާރުން ނުހިންގުނޭ ކިޔާފަ ދީފާނެ.
އަބްދޫ
09 June 2019
ދެނީ ދަރަނި ވަނީ އެހީ ހިޅޭ ދެވޭ އެއްޗެއް ނެތް އެކަމަކު ދަރަންޏެއް ނުވާނެ އަރަތުގެ ޖަވާބު ދީބަޅަ
ރައްކާތެރިކަން
09 June 2019
ސަރަހައްދުގެ ރައްކާތެރިކަމަށް ނުރައްކާކުރާޤައުމަކީ އިންޑިޔާ. މައްސަލައަކީ ދިވެހިރާއްޖޭގެ ވެރިކަމުގަ މިހާރުތިބި މީހުން އަޑަށްބާރުލާފަ ގޮވަމުން އައީ ރާއްޖެ ދަރުވާލިވާހަކަވެސް. ޤެކަމަކު ރާއްޖެއިން މީގެކުރިންނަގާފަހުރިހުރިހާލޯނެއްގެ ޖުމްލައަށްވުރެ މިސަރުކާރުން 100 ދުވަހުގެތެރޭގަ އިންޑިޔާއިން ނެގި ލޯނު 7 ގުނަ އިތުރުވީމާ ރާއްޖެ ދަރާތި ކަންބޮޑުވި ބަޔަކު މިހިންގި ޚިޔާނާތުގެ ބޮޑުކަމުން ސަރުކާރުގެ އިތުބާރުގެއްލުން.
ހޮޓްކިންގ
09 June 2019
މޯދީ ދެއްކީ ރާއްޖޭގެ ސްކޫލް ކުދިންގެ ފެރީވެސް ހަމަޖެއްސި ވާހަކަ. އެބުނީ ބ. އަތޮޅުގެ ރަށެއްގެ ސްކޫލް ކުދިން އެއްފަޅެއްގައި އޮތް އެހެން ރަށެއްގެ ސްކޫލަށް ދާފެރީގެ ވާހަކަ. މީތޯ ގައުމެއްގެ ތަރައްގީއާއި ބެހޭގޮތުން ގައުމެއްގެ ވެރިއަކު ދައްކަންޖެހޭ ވާހަކަ؟ މީ ކޮން ވާހަކައެއްތޯ؟ ތިމާގެ އަމިއްލަ ގައުމުގެ މީހުންނަށް ފާޚާނާ ކުރާނެ ގޮތެއް، ސާފު ބޯފެންފޮދެއް ލިބޭނެ ގޮތެއް ނެތްއިރު އެފަދަ ވާހަކަ މިރާއްޖޭގައި ދެއްކުމަކީވެސް ލަދުވެތިކަމެއް. ތަރައްގީކޮބާ؟
ޗުޕްހޯޖާއޫ
09 June 2019
މރ.މޯދީ ޖީ ކުޗް ނާ ކަހޯނ ކުޗް ބީނާ ކަހޯނ! ހަމާރޭ ޕާސް ތުމޭ ދެނޭކޭލިޔޭ ސިންގަލް ވެލިފުކު ބީ ނެހީހޭ! ތުމް ހަމް މާސޫމް ލޯގޯކޭ ބޮލުގަ ބިގް ބިގް ލޯނު އަޅުވަނީ އޯރު ހަމް އެންޑް ހަމާރޭ އާނޭވާލެ ޖެނެރޭޝަން ކޯ ވޯ ލޯން އުޓާނޭ ޕަޅޭގީ އާޚިރު ހާމާރޭ ނިއުޖަރޭޝަންކޭ ޕާސް ވޯ ބިގް ބިގް ލޯނު ދެއްކުން ކޭ ސިވާ ކޮއީ އޯރު މަސައްކަތް ނެހީހޭ! ހަމާރޭ ދޭޝްކީ އޯލް ޕީޕަލް ކޯ ބީފް ކާނޭކީ މަން ކަރްރަހާހޭ އެންޑް ވޯ ތުމާރޭލިޔޭ އީޒިލީ ޑައިޖެސްޓް ކަރްނޭވާލޭ ތިންގް ނެހީހޭ.
ދިވެހިދަރި
09 June 2019
ތިހެންވީޔާ ޗައިނާއިންވެސް އެހީވީ އަޅުވެތި ކުރާކަށްނޫން. ޗައިނާއިން ލޯނު ނެގީމަތޯ ގޯސްވީ. ގައުމު ވިއްކާލި ކަމަށްވީ. މިހާރު މިނަގަނީ ލޯނެއް ނޫންތޯ. ގައުމު ނުވިކޭތޯ. ދަރަނި ނުވާނެތޯ އިންޑިޔާއިން ލޯނު ދިނީމަ. ދިވެހިންނަކަށް ނުވެސްނޭނެ. ލިބޭ ނިޢުމަތްތައް އަތުން ބީވެގެން ދަނީ ހަސަދަވެރިކަމާ ހެދި. ޔާމީން އެއީ ދެވަނައެއް ނެއް ވެރިއެއް. މި ގައުމު ތަރައްގީ މެކުހައް ޖެހި ރައީސް. އެކަން ފެނިފަ އަވަށްޓެރި ގައުމުތަކަށް ކެތް ނުކުރެވުނީ. ގައުމު ވިކި ނިމިއްޖެ.
މަރޭމިތުރު
09 June 2019
ނަފްރަތުގެ ކުލަ ނުޖައްސައި އިންޑިއާއަށް ލޯބި ޖައްސާށެވެ.................... އިންޑިއާދެކެ ލޯބިވަމާތޯ!
ހާދަރު
09 June 2019
އިނޑިއާ އަތްދަށުވެފަ މިހާރުވެސް އޮތްވަރު! ގިނައަދަދަކަށް އައިޖީއެމްއެޗަށް ލެބް ޓެކްނީޝަނުން ހޯދަން އިއުލާން ކޮށްފަ، ގިނައަދަދެއްގަ ދިވެހިން ލާފަ ތއްބާ އެންމެ 2 ކުދިން ނެގީ. އޭގެ ދުވަސްކޮޅެއްފަހުން އިންޑިއާއިން ގިނައަދަދެއގެ ލެބްޓެކުން އެތެރެކޮށްފި. މީބޮޑުވަރު ދޯ! ކީއްކުރަން ދިވެހި ކުދިން ބޮޑު ލޯނު ނަގައިގެން ގައުމީ ޔނިވަސިޓީއިން މި ކިޔަވަނީ؟ އިންފޮމޭޝަން ވެރިފައި ކުރާނެ ބަޔަކު ކުރަންވީ. މިއީ ހިނގި ކަމެއް. މިއީ މަޖުބޫރު ހާލަތު.
ސަނާ
09 June 2019
ފާހާނާ ތަށި އެކަންޏެއްނޫން ބޯނެ ފެންފޮދެއްވެސް ނުލިބިގެން އެތައްބަޔަކު މަރުވަމުން އެދަނީ އެކަމަކާ މިކަލޭގެ އަޅައެއްނުލާ ތިޔަރާޑަރ ސިސްޓަމްއިން ވަރަށްބޮޑު ފައިދާލިބޭނެތީ އެކަން އެކުރީ އެމީހޖނަށް ފައިދާނުވާ ގޮތަށް އެއ ވެސްކަމެއް ނުކުރާނެ
މަރޭމިތުރު
09 June 2019
ގައުމަށް ހެޔޮނޭދޭ މީހުން ބުނާބަހަކީ ވިހަތަކެއް! ގައުމަށް ހެޔޮއެދިގެން ބުނާބަހަކީ ހެޔޮކަމެއް!............. މޯދީއަށް ޝުކުރިއްޔާ!
މޯދީ ގެރިޔާ
09 June 2019
މަރޭމިތުރު އަށް. ވަރަށް ސަލާމާއިއެކު ދަންނަވަަމެވެ. އިންޑިޔާ އަކީ މާ މޮޅު ގައުމަކަށް ހަދައިގެން ދިވެހިންގެ އަގު ވައްޓާލަން މަސައްކަތް ނުކުރެއްވުން ދަންނަވަމެވެ. އިނޑިޔާ އަށް ގިނަ ފަހަރު ދިޔަ އަކަސް އަދި އިންޑިޔާ އެއް ނޭނގޭނެ. ލެދަރު ޖެކެޓް ލާފައި ސަންޖޭދަތު ހެދިގެން ހުރީމަވެސް އިންޑިޔާގެ ފޭނެއްކަން ޔަޤީން ވިއެވެ. އަހަރެން ރާއްޖެއިން ބޭރުގައި އުޅޭ އިރުވެސް ރިހަ އާއި ރޮށި އަދި ގަރުދިޔަ ލިބެން ހުއްޓައި އެހެން އެއްޗެއް ނުކާނަމެވެ.