ކުޅިވަރު

ސަލާހުގެ ސަބަބުން މިސްރުގެ ސަޕޯޓަރުން ގިނަވޭ: ކޯޗު

މިސްރުގެ މެެޗެއްގެ ތެރެއިން ސަލާހު.-- ފޮޓޯ: އޭއެފްޕީ

ގާހިރާ، މިސްރު (ޖުލައި 1) - އެފްރިކަން ކަޕް އޮފް ނޭޝަންގައި މިސްރު ވާދަކުރާއިރު ކުރިއަށް ވުރެ އެ ޓީމުގެ ސަޕޯޓަރުން ގިނަވާ އެންމެ ބޮޑު ސަބަބަކީ އެ ޓީމުގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ހުރުން ކަމަށް މިސްރުގެ ކޯޗު ހަވިއޭ އަގީރޭ ބުނެފި އެވެ.

މިސްރުގައި ކުރިއަށްދާ އެފްރިކަން ކަޕްގައި ރޭ އެ ޓީމު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ޔޫގަންޑާއާ ވާދަކޮށް މޮޅުވީ 2-0 އިންނެވެ. މިސްރުން ލީޑުނެގީ ސަލާހު ޖެހި ހިލޭޖެހުމުންނެވެ. ޔޫގަންޑާ އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި މިސްރުގެ ދެ ވަނަ ގޯލް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކުރީ އަހުމަދު އެލްމުހައްމަދީ އެވެ.

ރޭގެ މެޗަށް ފަހު އަގީރޭ ބުނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު މިސްރުން ދެ ވަނަ ބުރުގެ ޖާގަ ހޯދުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށާއި އޭގެ އިތުރުން އޮތް އަނެއް ހިތްހަމަޖެހުމަކީ ޓީމުގެ ތަރި ސަލާހު ރަނގަޅު ފޯމެއްގައި ހުރުން ކަމަށެވެ.

"ސަލާހު ހުރީމަ ގިނަ ބަޔަކު މިސްރަށް ސަޕޯޓްކުރޭ. އެއީ ހިތްހަމަޖެހުމެއް. ސަލާހު މި ވަގުތު ހުރީ ރަނގަޅު ފޯމެއްގައި. ފުރަތަމަ މެޗުގައި ޒިމްބާބްވޭއާ ދެކޮޅަށް ނުކުޅެވުނު ނަމަވެސް އޭނާ ފަހުން ކުޅުނު ދެ މެޗުގައި ތަފާތު ދައްކައިފި،" ކުރިން މެކްސިކޯ އާއި ޖަޕާން އަދި އެތުލެޓިކޯ މެޑްރިޑުގެ ކޯޗަކަށް ހުރި އަގީރޭ ބުންޏެވެ.

މިސްރުގެ އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ލީކްވުމާ ގުޅިގެން، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތެރެއިން ގެއަށް ފޮނުވާލި މިސްރުގެ ވިންގް އަމްރު ވަރްދާ އަށް ދެ ވަނަ ފުރުސަތެއް ދީ އަލުން ގައުމީ ޓީމަށް ވަނީ ނަގައިފަ އެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުނު އަމްރު އަލުން ޓީމުގެ ޕްރެކްޓިހަށް ނުކުންނާނީ މިއަދު އެވެ.

މިސްރުގެ ދެ ވަނަ މެޗުގެ ކުރިން އަމްރު އަށް ދެ ވަނަ ފުރުސަތެއް ދޭން ސަލާހު ވަނީ ގޮވާލައިފަ އެވެ. އެއާ އެކު މިސްރުގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ސަލާހަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޓައިމްސް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި މީގެ ކުރިން ސަލާހު ވަނީ އަންހެނުންގެ ހައްގުތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. މިސްރުގެ ބައެއް އެކްޓިވިސްޓުންގެ ނަޒަރުގައި އަމްރުގެ ހައްގުގައި ސަލާހު ވާހަކަ ދެއްކުމުން އެނގިގެންދިޔައީ އެ އިންޓަވިއުގައި ސަލާހު ދެއްކި ވާހަކަ އަށް އޭނާ އަމަލުނުކުރާކަން ކަމަށެވެ.

ރޭގެ މެޗަށް ފަހު ސަލާހު ވަނީ އެ ފަދަ ވާހަކަތަކަށް ޖަވާބުދޭން ބޭނުންނުވާ ކަމަށާއި އޭނާގެ ފޯކަސް ހުރީ 2011 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިސްރަށް މި މުބާރާތް ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ކޮންގޯ ވަނީ ރޭ 4-0 އިން ޒިމްބާބްވޭ ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު ކޮންގޯ އަށް ދެ ވަނަ ބުރުން ފުރުސަތު ލިބުނުއިރު، މިއީ 1978 ވަނަ އަހަރަށް ފަހު އެ ޓީމުން މި މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ފަހަރު އެ ޓީމު ފައިނަލުގައި ބަލިވީ ގާނާ އަތުންނެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

salah fam

02 July 2019

Salah is one of the best player in the world I love him

The name is already taken The name is available. Register?

ާ.ރަދީފް

01 July 2019

ކޮން ގޮތަކުން ހޭ އެޓޫ ލެޖެންޑަކަށް ވީ؟

The name is already taken The name is available. Register?

މީނަ

01 July 2019

ކޮން ގޮތަކުންތަ އެޓޫ ލެޖެންޑަކަށް ނުވަނީ. އަދިވެސް ލެޖެންޑުން ކަނޑައަޅާގޮތެއް ނުބުނަމެއްނު.

The name is already taken The name is available. Register?

ލެޑެންޑު

01 July 2019

ކަލޭ އަޅެ ތިއީ ބޮލަށް ތެޔޮ އަރާފަހުރި މީހެއްތަ؟ މި ޚަބަރުގައި ނެތް އެޓޫގެ ވާހަކަޔެއް. ދެން ކީއްކުރަން އޭނަގެ ވާހަކަ ތިދައްކަނީ. ސަލާހާ ގުޅުންހުރި ކޮމެންޓެއްކުރިނަމަ ތަންކޮޅެއް ރަނގަޅުވީސް. 5 އަހަރުގެ ކުއްޖަކަށްވެސް މިވަރު އިނގޭނެ.

The name is already taken The name is available. Register?

ކައްމަތިން

01 July 2019

ކޮން ޗެނަލަކުން ދައްކަނީ.

The name is already taken The name is available. Register?

ރަދީފް.

01 July 2019

ރަދީފް ގެ ޗެނަލުން!

The name is already taken The name is available. Register?

Thil PH

01 July 2019

ސަލާހް- ދަ އިޖިޕްޝިއަން ކިންގް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454