03 ޖުލައި 2019 - 13:29
ކޯސްޓު ކިރު ރާއްޖޭގައި ވިއްކާތާ 30 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް، މި އުފެއްދުން ރާއްޖެ އަށް އެތެރެކުރާ ބީއެޗްއެމް ޓްރޭޑާސް އިން ބުނެފި އެވެ.
މި ހަރަކާތްތައް ފެށުމުގެ ގޮތުން ބީއެޗްއެމުން ވަނީ ކޯސްޓުގެ 30 ވަނަ އަހަރީ ދުވަހުގެ ލޯގޯ އިފްތިތާހުކޮށްފަ އެވެ. އެގޮތުން މި ލޯގޯ އިފްތިތާހު ކުރުމަށް އެ ފިހާރަ އިން ވަނީ އިއްޔެ ހަފުލާއެއް ބާއްވައިފަ އެވެ.
ރާއްޖެ އަށް ކޯސްޓު ކިރު ތައާރަފްކުރީ 1989 ވަނަ އަހަރު އެވެ އޭގެ ފަހުން މިއަދާ ހަމައަށް ވެސް ކޯސްޓު ކިރުގެ ސޯލް ޑިސްޓްރިބިއުޓާ އަކީ ބީއެޗްއެމް އެވެ.
ބީއެޗްއެމުން ބުނީ ކޯސްޓު ކިރު އެ ފިހާރައިން ވިއްކާތާ 30 އަހަރު ވި އިރު ވެސް މި ޕްރޮޑަކްޓަކީ އަދިވެސް ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެއް ކަަމަށެވެ. އަދި މި ޕްރޮޑަކްޓަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ވެސް ބީއެޗްއެމުުން ބުންޏެވެ.
ކޯސްޓު ކިރަކީ ހަށިގަނޑަށް ފައިދާ ލިބޭ މާއްދާތަކާ އެކު "ފްރީޒް ލޭންޑް ކެމްޕީނާ" އިން އުފައްދާ ކިރެކެވެ. އެގޮތުން ކޯސްޓު ކިރުގެ އެކި ސައިޒުތަކުގެ ދަޅާއި ޕެކެޓްތައް މިހާރު ލިބެން ހުރެ އެވެ.
ކޯސްޓު ކިރު ރާއްޖެ އަށް އެތެރެކޮށް މާކެޓްކުރާ ބީއެޗްއެމް އަކީ ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފުކުރާ ފިހާރަ އެކެވެ. އެގޮތުން "ހޯސެން" "މައިބޭބީ" "ޔޭޔޭ" ފަދަ ބްރޭންޑުތައް ފާހަގަކޮށްލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނީސް
03 July 2019
ތި ކޯސްޓުކިރު ބޯން ބޭނުން ނުވާނެ މީހެއް ހިޔެއްނުވޭ ހުންނާނެހެނެއް.
އެއްކަލަ ގޮލާ
03 July 2019
ވަރަށް ރީތި ދޯ އެ ކިރު ދަޅު.
ގެރިބޯ
03 July 2019
ހެހެހެހެ. ދޯ