އުނޫޝާ: އީދު ހަދިޔާއެއްގެ ގޮތުގައި އޭނާގެ ވީޑިއޯ ލަވައެއް ފެނިގެން ދާނެ.
10 ސެޕްޓެމްބަރ 2016 - 05:09
ކުރިއަށް މިއޮތް ބޮޑު އީދަކީ ފަންނާނުންގެ ހަރަކާތްތައް އެކި ގޮތްގޮތަށް ފެނިގެން ދާނެ އީދެކެވެ. މަޝްހޫރު ލަވަ ކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ގެ ފަރާތުން ވެސް ހާއްސަ އީދު ހަދިޔާއެއް އެބަ އޮތެވެ.
އެއީ އޭނާގެ އަޑުން ކިޔާފައިވާ ލަވައަކާ އެކު ގެނެސްދޭ ވީޑިއޯ ލަވައެކެވެ. ލަވައިގެ ނަން ވެސް އީދާ ވަރަށް ބޮޑަށް ގުޅެ އެވެ. އެއީ "ތެމުނަސް ހެވޭ" އެވެ. އީދަކީ ފެންކުޅީގެ ފޯރި އެންމެ ގަދަ ދުވަސްވަރެވެ.
އުނޫޝާގެ މި ލަވައަކީ ފެންކުޅިއާ ގުޅުވައިގެން ހަދާފައިވާ، މަޖާ އަދި އުފާވެރިކަން ގެނުވައި ދޭނެ ލަވައެކެވެ. ލަވައިގެ ޓީޒާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އުނޫޝާގެ އަޑާ އެކު ބެކިންގެ ގޮތުގައި ލަވައިން ނާނު އާއި މެއިފީގެ އަޑު ވެސް އިވިގެން ދާނެ އެވެ.
"ތެމުނަސް ހެވޭ" ގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ އުނޫޝާގެ މިއުޒިކް ޕާޓްނަރު ބާޗީ އެވެ. ބޮޑުބެރުގެ ބަނޑިތަކާ އެކު ތައްޔާރުކޮށްފައިވާ ލަވަ އަށް ކައެނާ ނައުބެގެ އެހީތެރިކަން ލިބިފައިވެ އެވެ.
ލަވައިގެ ޅެން ހެދީ އިސްމާއީލް މުބާރިކެވެ.
"ތެމުނަސް ހެވޭ" ލަވައިގެ ޝޫޓިން ތެރެއިން.
"ތެމުނަސް ހެވޭ" ގެ ޑައިރެކްޝަން ހަދާފައި ވަނީ އުނޫޝާއި ކޮރިއޯޓިކްސް ކްރޫ ގުޅިގެންނެވެ.
ލަވައިގެ ކެމެރާ އާއި ޕޯސްޓް ޕްރޮޑަކްޝަންގެ ފަހަތުގައި އޮތީ ވަން ޝޮޓް ސްޓޫޑިއޯ އެވެ.
މި ލަވައަކީ ޓެކްނިކަލް ގޮތުން އަނެއްކާ ވެސް އާ ބައެއްގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ދާނެ ލަވައެއްކަން ޔަގީނެވެ.
"ތެމުނަސް ހެވޭ" ގެ ޓީޒާ
އީދުގައި މުޅި ލަވަ ބަލާލަން ލިބުމުގެ ކުރިން މި ހިސާބުން ޓީޒާ ބަލާލަމާ ހިނގާށެވެ. ޔަގީނުން ވެސް އުނޫޝާގެ އަޑުން ލަވަ ކިޔާފައިވާތީ ފޭނުންނަށް ލަވަ ކަމުދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރިޓިކަލް
10 September 2016
ނުތެމުނަސް ހަމީޝްއައް ހެވޭ... ހެހެ..